އިންޑިއާގެ އިންޓެލިޖެންސްގެ ކުރީގެ އޮފިސަރަކު ޒުވާން އަންހެން ކުއްޖަކަށް ޖިންސީ އަނިޔާ ކޮށްފި

Loading

Facebook
Twitter
WhatsApp

އިންޑިއާގެ ތަހުގީގީ އެޖެންސީ، އިންޓެލިޖެންސް ބިއުރޯގައި ކުރީން މަސައްކަތް ކުރި އޮފިސަރަކު އުމުރުން އެންމެ 17 އަހަރުވީ އަންހެން ކުއްޖަކަށް ވަޒީފާ ހޯދައިދޭނޭކަމުގެ ކުލަ ހުވަފެން ދައްކައިގެން އެ ކުއްޖާއަށް ޖިންސީ ގޮތުން އަނިޔާތަކެއް ކޮށްފިއެވެ.

އިންޑިއާގެ ނިއުސް އެޖެންސީއަކުން ޚަބަރުދިން ގޮތުގައި އުމުރުން 60 އަހަރުގެ އެ ފިރިހެން މީހާ އަންހެންކުއްޖާއަށް ޖިންސީ ގޮތުން އަނިޔާކޮށްފައި ވަނީ އަންހެން ކުއްޖާއަށް އޮޅުވާލައިގެން އޭނާ އެކަހެރި ތަނަކަށް ގެންގޮސްގެންނެވެ.

ވެރިރަށް ނިއުދިއްލީގެ ފުލުހުން ހާމަކުރިގޮތުގައި އަންހެން ކުއްޖާއަށް ޖިންސީ އަނިޔާ ކޮށްފައި ވަނީ ކުރޯލް ބާޣް ސަރަހައްދުގެ ހޮޓަލަކުން އަންހެން ކުއްޖާއަށް ވަޒީފާއެއް ހޯދައިދޭނޭކަމަށް ބުނެ ގެންގޮސްގެންނެވެ. އަންހެން ކުއްޖާއަށް ޖިންސީ އަނިޔާ ކުރުމަށް ފަހު އެމީހާ ވަނީ ފިލާފައެވެ.

އަންހެންކުއްޖާ އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުސް އޮފީހަކަށް މިހާރު ވަނީ ހުށަހަޅާފައެވެ.

ފުލުހުން ބުނި ގޮތުގައި އެ ޒުވާނާއަށް ޖިންސީ އަނިޔާ ކުރި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

އިންޑިއާއަކީ އަންހެނުންނާ ގަދަކަމަށް ޒިނޭކުރުމާއި ޖިންސީ ގޯނާ ކުރުމުގެ ރޮނގުން މުޅި ދުނިޔެއަށް މަޝްހޫރު ގައުމެކެވެ. އަދި ޚާއްޞަކޮށް ވެރިރަށް ނިއު ދިއްލީއަކީ މުޅި ދުނިޔެއިންވެސް އަންހެނުންނަށް އެންމެ ނުރައްކާތެރި އެއް ސިޓީއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް