ކޮވިޑް 19 ޖެހުމުން ސިކުޑި ކުޑަ ވޭތަ ؟

Loading

Facebook
Twitter
WhatsApp

އިގިރޭސި ސައިންޓިސްޓުންގެ ގްރޫޕް އަކުންހެދި ސްޓަޑީއަކުން ހާމަވެފައިވާ ގޮތުގައި، ކޮވިޑް 19ބަލި ޖެހުމުން ސިކުޑިއަށް ބަދަލު ތަކެއް އަންނަކަން ބަލި ޖެހުމުގެ ކުރިންނާ ފަހުން ހެދި އެމްއާރުއައި ތަކުން ހާމަވެފައިވެއެވެ.

މިގޮތުން މައިލްޑް އިންފެކްޝަން އެއް ނުވަތަ ކުޑަކޮން އަލާމަތްތައް ފެނުނު މީހުންގެވެސް ސިކުޑީގެ ސައިޒް،ކޮންމެވެސް ވަރަކަށް ކުޑަވާ ކަމަށާ އަދި ވަސްދުވުމާ ހަނދާން ކުރުމާބެހޭބަޔަށް ބަދަލުތައް އަންނަކަން ހާމަވެފައިވެއެވެ.

މިއީ ދާއިމީ ބަދަލެއްކަން ނުވަތަ ނޫންކަން ނޭގޭކަމަށް ރިސަރޗަރުން ބުނެފައިވެއެވެ. ހަމަ އެއާއެކު ސިކުޑިއަކީ އަމިއްލަ ޒާތުގައިވެސް ”ހީލް ވާ“ ނުވަތަ ރަގަޅުވާ އެއްޗެއް ކަން ރިސަރޗަރުން ފާހަގަ ކޮށްފައި ވެއެވެ.

މި ސްޓަޑީ މިހާރުވަނީ ނޭޗަރ ޖަރނަލްގައި ޝާއިއުކޮށްފައެވެ.

ޔުނިވަރސިޓީ އޮފް އޮކްސްފޯޑްގެ ޕްރޮފެސަރެއްކަމަށްވާ،ސްޓަޑީގެ ލީޑް އޯތަރ ވިދާޅުވެފައިވާ ގޮތުގައި މައިލްޑް އިންފެކްޝަން އެއް ޖެހުމުން ވެސް ސިކުޑިއަށް އަންނަ ބަދަލުތައް ފެނި އޭނާ ހައިރާންވިއެވެ.

ޔޫކޭގެ ބަޔޯބޭންކް ޕްރޮޖެކްޓުން، ކޮވިޑް19 ފެނުގެ ކުރިން، ފަނަރަވަރަކަށް އަހަރުގެ ތެރޭ ފަސްލައްކައެއްހާ މީހުންގެ ސިކުޑީގެ އެމްއާރުއައި ސްކޭންތައް އެއްކޮށްފައި ވެއެވެ. މިއާއެކު ވައިރަސް ޖެހުމުން ދެން އަންނަ ބަދަލުތައް އަޅާ ކިޔާލުމުގެ ފުރުސަތު އެމީހުން ލިބިފައި ވެއެވެ. މިގޮތުން ކުރިން ސްކޭން ކުރެވިފައިވާ މީހުންގެތެރޭން 401 މީހަކު މައިލްޑް އިންފެކްޝަން އެއް ޖެހުނުތާ ހަތަރެއް ނުވަތަ ފަސް މަސް ފަހުން އަލުން ސްކޭން ކުރެވުނެވެ.

އަދި ކޮވިޑް ނުޖެހޭ 384 މީހުން އަލުން ސްކޭންކުރެވުނެވެ. މިޓެސްޓް ތަކުގެ ނަތީޖާ ދެއްކި ގޮތުން،

– ބަލިޖެހުނު މީހުންގެ ސިކުޑީގެ ސައިޒް 0.2 އާ 2 އިންސައްތަ ވަރު ކުޑަ ކަމަށް ދައްކައެވެ.

– ސިކުޑީގެ ވަސްދުވުމާ އަދި ހަނދާންކުރުމާ ބެހޭ ބައިގަ ”ގްރޭ މެޓަރ“ މަދުކަން ފާހަގަ ކޮށްފައި ވެއެވެ.

– ކޮވިޑް 19 ޖެހި ރަގަޅުވިތާ އަދި އެހާ ގިނަ ދުވަސް ނުވާ މީހުންނަށް ހިސާބު ހެދުން ފަދަސިކުޑީގެ އެކި މަސައްކަތްތައް ކުރަން އުދަގޫ ކަން ފާހަގަ ކޮށްފައި ވެއެވެ.

ނަމަވެސް މިބަދަލުތަކަކީ ދާއިމީ ކަމެއް ކަން ނުވަތަ ނޫންކަން އެމީހުންނަށް ބުނަން އަދި ނޭގޭ ކަމަށްވެއެވެ. އަދި ކޮވިޑް 19 ގެ އެކި ވޭރިއަންޓް ތަކުން ހަށިގަޑަށް އެކި އަސަރު ކުރުން އެކަށީގެންވާކަމަށް ވެސް ރިސަރޗް ޓީމުން ބުނެފައި ވެއެވެ.

އިގިރޭސި ވިލާތުގެ ބަޔޯބޭންކްގެ ޑޭޓާ ބޭސްގައި ފަސްލައްކަ މީހުންގެ މެޑިކަލް އިމޭޖް ތަކާ ޖެނެޓިކް ޑޭޓާ އަދި އެއިންކޮންމެ މީހެއްގެ ސިއްހަތާބެގޭއެހެނިހެން މައުލޫމާތު އެއްކުރެވިފައި ވެއެވެ. އެތަނުގެ ޗީފް ސައިންޓިސްޓް ޕްރޮފެސަރ ނައޯމީ އެލަން ވެސް ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ ހީކުރެވުނީ ކޮވިޑްއަކީ ހަމައެކަނި ނޭވާލުމުގެ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށެވެ.ނަމަވެސް މިހާރު ކޮވިޑްގެ ސަބަބުން ހިތް،ލިވަރ، ކިޑްނީ، އަދި ސިކުޑިއަށްވެސް ނޭދެވޭއަސަރުތަކެއްކުރާކަން ޓެސްޓް ތަކުންވަނީ ހާމަވެފައެވެ.

ބަޔޯބޭންކް ގެ ދިރާސާ ތަކުގައި ބަލި ނުޖެހޭ 1500 މީހުންންގެ އިތުރުން ކުޑަކޮން ބަލި ޖެހުނު މީހުންނާ ބަލީގަ ސީރިއަސްވި ގިނަބަޔެއްގެ ސްކޭންތަކާ އެހެންވެސް މައުލޫމާތު އެއްކޮށްފައި ވެއެވެ.މިމަސައްކަތުގެ ތެރޭން މިހާތަނަށް ފާހަގަ ކޮށްފައިވާ ގޮތުގައި ކޮވިޑް 19 ޖެހުމުން ލިބޭ ގެއްލުންތަކުގެތެރޭގައި ފުއްޕާމޭގަ ލަކުނު ލުމާ،ހިތުގެ މަސްގަޑަށް ބަދަލުތައް އައުމާ އަދި ކިޑްނީ އަށް ގެއްލުން ލިބޭކަން ސައިންޓިސްޓުން ފާހަގަ ކޮށްފައިވެއެވެ. ސިކުޑިއަށް އަންނަ ބަދަލުތަކުގެ ސަބަބުން ”ބްރެއިން ފޮގް“ ނުވަތަ ސީދާކޮން ކަމަކާމެދު ވިސްނަން އުދަގޫވުމާ، ބޯއަބުރާގޮތް ވުން އަދި ޑިޕްރެޝަންގެ އަލާމާތްތައް ހިމެނެއެވެ.

ކޮވިޑް 19 ޖެހުމުންހަޑިގަޑަށް ކުރާ އަސަރުތައް ދެނެގަންނަން އަދި ކިރިޔާ މިފެށުނީ ކަމަށާ، ސްކޭންތައް ތަކުރާރު ކޮށް، ފެންނަ ބަދަލުތައް ނޯޓުކޮށް އަދި ދުނިޔޭގެ އެހެން ރިސަރޗަރުންނަށް ލިބި ދެވޭނެ ކަމަށް ޔޫކޭގެ ބަޔޯ ބޭންކުން ބުނެފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް