އަޅުންގެ ގޮތުގައި ޕާކިސްތާން ބޭނުންކުރާ ކަމަށް ވިދާޅުވެ ޢިމްރާން ޚާން ނުރުހުން ފާޅުކުރައްވައިފި

Loading

Facebook
Twitter
WhatsApp

ރަޝިއާ އާ ދެކޮޅަށް އެކުލަވާލާފައިވާ އދ. ގެ އެއްބަސްވުމެއްގައި ބައިވެރިވުމަށް ޕާކިސްތާނަށް ސިޓީ ފޮނުވުމާ ގުޅިގެން ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން ނުރުހުން ފާޅުކުރައްވައިފިއެވެ. އެކަމާ ގުޅިގެން ޢިމްރާން ޚާން ވަނީ ހުޅަނގުގެ ގައުމުތަކުން ޕާކިސްތާނުގެ ރައްޔިތުން އަޅުންގެ ގޮތުގައި ބޭނުންކުރަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރައްވާފައެވެ.

ރަޝިއާ ކުށްވެރިކުރުމަށް އެދި 22 ގައުމަކުން ޕާކިސްތާނަށް ސިޓީ ފޮނުވާފައިވާ ކަމަށް ވިދާޅުވެ، އާދިއްތަ ދުވަހު ޕާކިސްތާނުގައި ބޭއްވި އެއްވުމެއްގައި އެކަމާ ނުރުހުން ފާޅުކުރައްވައި އިމްރާން ޚާން ވަނީ ވާހަކަ ދައްކަވާފައެވެ. ޕާކިސްތާނަކީ ހުޅަނގުގެ ގައުމުތަކަށް ތަބާވާ އަޅު ގައުމެއް ކަމަށް ދެކެނީތޯ އަދި އިންޑިއާއަށް ވެސް މިފަދަ ސިޓީތައް ފޮނުވިތޯވެސް ޢިމްރާން ޚާން ވަނީ ސުވާލުކުރައްވާފައެވެ. ޕާކިސްތާނަށް ސިޓީ ފޮނުވާފައިވާ ގަމުތަކުގެ ތެރޭގައި އީ.ޔޫއަށް ނިސްބަތްވާ ބައެއް ގައުމުތަކުގެ އިތުރުން އިނގިރޭސިވިލާތާއި، ޖަޕާނު، ސްއިޒާލޭންޑްވެސް ހިމެނެއެވެ.

މި އެއްވުމުގައި ވާހަކަދައްވަމުން ޢިމްރާން ވަނީ ނޭޓޯ ކުރިން އަފްޣާނިސްތާނުގައި ކުރިޔަށް ގެންދިޔަ އަސްކަރީ ހަރަކާތްތަކާ ގުޅިގެން ޕާކިސްތާނަށް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަން ފާހަގަކުރައްވާފައެވެ. އަދި ރަޝިއާއާއި ޕާކިސްތާނުގެ މެދުގައި ގާތް ގުޅުމެއް އޮންނަ ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ހަމަ އެފަދަ ގުޅުމެއް ޕާކިސްތާނާއި އެމެރިކާގެ މެދުގައިވެސް އޮންނަކަމަށް ޢިމްރާން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާކިސްތާނަކީ ރަޝިޔާ-ޔޫކްރޭން ހަމަނުޖެހުމުގައި ވަކި އެއް ފަރާތަކަށް ތާއީދު ކުރާ ގައުމެއް ނޫނެވެ.

ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ދެމުންދާ ޢަސްކަރީ ހަމަލާތަކުގެ ސަބަބުން ރަޝިއާ ކުށްވެރިކުރުމަށް ޕާކިސްތާނުގެ އިތުރުން 34 ގައުމަކުން ވަނީ ދެކޮޅުހަދާފައެވެ. އޭގެތެރޭގައި ޕާކިސްތާނުގެ އިތުރުން، އިންޑިއާ، ބަންގްލަދޭޝް، އީރާން އަދި ޗައިނާވެސް ހިމެނެއެވެ.

ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ފިޔަވަޅު އަޅަން ފެށި ދުވަހު ޕުޓީންއާއި ޢިމްރާން ޚާން ވަނީ ދެ ގައުމުގެ މެދުގައި އޮންނަ ގުޅުންތަކާމެދު ރަޝިއާގައި މަޝްވަރާ ކުރައްވާފައެވެ.

ރަޝިއާއިން ބުނަމުން ދަނީ ޔޫކްރޭނަށް ދެމުންދާ ހަމަލާތަކުގެ މަގުސަދަކީ އިރުމަތީ ޔޫކްރޭންގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ކުރިމަތިވެފައިވާ އުނދަގޫތަކުން ސަލާމަތްކޮށްދިނުންކަމަށެވެ. ނަމަވެސް ޔޫކްރޭނުން ބުނާ ގޮތުގައި އިރުމަތީ ޔޫކްރޭނުގައި އޮންނަ ޑޮނެޓްސްކް އަދި ލުގަންސްކް ބާރުގެ ބޭނުންކޮށްގެން އަތުލައިގަތުމުގެ އެއްވެސް ނިޔަތެއް ނެތެވެ.

 

Loading

2 Responses

  1. އިމްރާން ޖީ އަށް ލަނޑެއްދޭނެއެވެ. އެމީހުން އެހާ ފަސޭހައިން ދުލެއްނުކުރާނެ. އެ ގައްދާރުންނަށް ނޫނެކޭ ބުނާބަޔަކު ނުވަތަ ގައުމެއް ފުނޑާލާނެއެވެ. ތިކަމުގެ ކޮޅުމަތި އެފެށުނީނޫންހެއްޔެވެ. ނަވާޒް ޝަރީފް ޖީ ގެ ޕާޓީން ބޮޑުވަޒީރު އިމްރާން ޚާނަށް ނޯ ކޮންފިޑެންސް ވޯޓް ނެގުމަށް މިއަދު އެގޮލޯއެވެ. އަދި ބުނާގޮތުގައި 100 އެމްޕީންގެ ސޮއި ލިބިފައިވެއެވެ. ވީއުރު ޗައްކަރު އެ ފެށުނީކަމަށް ބަލާށެވެ.

  2. ރަނގަޅަށް ވިއްޔާ ކޮވިޑް ދެ ޑޯޒް ދިނީމާ ސިނކުނޑި އަށް ތިހެން ތިވަނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް