ކައުންސިލްތަކާއި ޖަމިއްޔާތަކުން ބީއެމްއެލް މެދުވެރިކޮށް ފުއްދުންތެރިކަން ކުޑަ އާއިލާތަކަށް އެހީވުމަށް ހުޅުވާލައިފި
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފައިވާ ހައުސިން ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖަމިއްޔާތަކާއި ކައުންސިލްތަކަށް ހުޅުވާލައިފި އެވެ. ބީއެމްއެލް އިން ބުނީ މި ފަންޑަށް އެހީވުމުގެ ފުރުސަތު މި މަހގެ ނިޔަލަށް ހުޅުވާފައވާ ކަމަށާ މި ހިލޭ އެހީގެ ދަށުން ތިން އާއިލާއަކަށް ދިރިއުޅެމުންދާ ގެ އިމާރާތްކޮށް، ފަރުނީޗަރުގެ ހަރަދުތައް ބޭންކުން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި […]
ކޮވިޑާއި ގުޅިގެން އުފެއްދި ކޮވިޑް މަރުކަޒު ހުއްޓާލަނީ
ކޮވިޑް-19 ބަލިމަޑުކަން ރާއްޖޭގައި ފެތުރުމާއި ގުޅިގެން އެ ބައްޔާގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރުމަށް ދަރުބާރުގޭގައި ގާއިމްކުރި ކޮވިޑް މަރުކަޒުގެ މަސައްކަތައް ހުއްޓާލުމަށް ނިންމައިފިއެވެ. އެޗްޕީއޭއިން ބުނީ ދަރުބާރުގޭގައި ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލުމަށްފަހު މާދަމާ ސެންޓަރު ބަންދު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ސެންޓަރަކީ ކޮވިޑާއި ގުޅިގެން ރާއްޖޭގައި އުފެއްދި އެންމެ ބޮޑު ސެންޓަރެވެ. މި ސެންޓަރު ވެގެން ގޮސްފައިވަނީ ކޮވިޑްގެ ހާލަތު ރާއްޖޭގައި ކޮންޓްރޯކް ކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރި ތަނެއްގެ ގޮތުގައިވެސް […]
ރޯދަ އިނާޔަތް އަންނަ ހޯމަ ދުވަހު ދެނީ
މިއަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ފައިސާ އަންނަ ހޯމަ ދުވަހު މުވައްޒަފުންނަށް ދޭން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ. ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ދޭނީ 3000 ރުފިޔާ ކަމަށެވެ. އެގޮތުން މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޢިނާޔަތުގެ ފައިސާ ދޭ އިރު،ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާ […]
ތައިވާނަށް ބާރުގަދަ ބިންހެލުމެއް
ތައިވާނުގެ އިރުމަތީ ފަރާތު ކަނޑު އަޑިއަށް 7.0 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ ރޭ ދަންވަރު ތައިވާނު ގަޑިން 1:41 ހާއިރުއެވެ. މި ބިން ހެލުން އަރާފައިވާކަމަށް ބެލެވެނީ ފިލިޕީން ކަނޑުގެ 10 ކިލޯމީޓަރު އަޑިން ތައިވާންގެ ހުއަލެން ސިޓީގެ 63 ކިލޯމީޓަރު ދުރުގައިވާ ހިސާބަކަށެވެ. ހުއަލެންއަކީ 300،000 މީހުންގެ އާބާދީއެއް ދިރިއުޅޭ ބޮޑު ރަށެކެވެ. ތައިވާނު ސަރުކާރުން ވަނީ ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ގޮވާލައި އެމަޖެންސީ ނޯޓިސްއެއް […]
ޗައިނާގެ މަތިންދާ ބޯޓް ވެއްޓުނު މަންޒަރު 1.24 ބިލިއަން މީހުން ބަލައިފި
ޗައިނާގެ އިރުމަތީ އެއާލައިންސްގެ މަތިންދާބޯއްޓެއް 132 މީހުން ގޮވައިގެން ދަތުރުކުރަމުން ދަނިކޮށް ވެއްޓިއްޖެއެވެ. ހޯމަ ދުވަހު ހިނގި މި ހާދިސާގައި ބޯޓުން ދަތުރުކުރި އެންމެން ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި މަތިންދާ ބޯއްޓުގެ 9 ކްރޫ މެމްބަރުން ވެސް ހިމެނެއެވެ. އެ ހިތާމަވެރި ހާދިސާ ހިނގުމާ އެކު ޗައިނާ ސަރުކާރުން ވަނީ އާދަޔާ ޚިލާފަށް އަވަސް ފިޔަވަޅުތަކެއް އަޅާފައެވެ. ޗައިނާގެ ރައީސް، ޒީ ޖިންގ ޕިންގް ވިދާޅުވި ގޮތުގައި ހާދިސާގެ ސަބަބުން މުޅި ގައުމަށް ވަނީ […]
ލޯބިގިލި ހުޅުވަނީ
ބޮޑެތި މީހުންނަށް ހާއްސަކޮށްގެން މާލެ އަތޮޅުގައި ހުޅުވާ އާ ރިސޯޓް އޮބްލޫ ސެލެކްޓް ލޯބިގިލި އަންނަ ބުރާސްފަތި ދުވަހު ހުޅުވަންނިންމައިފިއެވެ. އެޓްމޮސްފިއާ ހޮޓެލް އެންޑް ރިސޯޓުގެ ލަގްޒަރީ ބްރޭންޑުގެ މި ރިސޯޓްގެ “ ލޯބިގިލި“ ނަން ދީފައިވަނީ ދިވެހިން “ ލޯބި“ އަދި ”ގިލި“ އެއީ “ ރަށް“ މާނަކޮށްފައެވެ. ލޯބިގިލިއަކީ އެ ނަމާ އެއްގޮތަށް ލޯބިވެރިންނަށް ހާއްސަ ރިސޯޓެކެވެ. މި ރިސޯޓް ފަރުމާކޮށްފައިވަނީ ރޮމޭންޓިކް އިހުސާސް ގެނައުވައިދޭ ގޮތަކަށެވެ. މި ރިސޯޓު ހުޅުވުމުގެ […]
ހިޔާ ފްލެޓް ސަރަހައްދަށް އަޅާ ގާކުނި ނެގުން ހުއްޓާލަނީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރަތްކޮސްފައިވާ ހިޔާ ފްލެޓް ތަކުން ނެރޭ ގާކުނިތައް އެ ސަރަހައްދުން ނެގުމުގެ މަސައްކަތް ހުއްޓާލަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ. އެ ކުނިތަށް ނެގުމުގެ މަސައްކަތްކުރިއަށްގެންދާ އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނިން ދެމުން އަންނަ އެ ހިދުމަތް ދޭނީ މި މަހުގެ ނިޔަލަށް ކަމަށެވެ. އަދި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓް ސަރަހައްދުން އުކާލުމަށް […]
ކުރެންދޫގައި 50 ހައުންސިން ޔުނިޓް އަޅަނީ
ޅ. ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އިއުލާންކޮށްފިއެވެ. ހައުސިން މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިޑް އުސޫލުން އިމާރަތްކުރުމަށް ހަމަޖެހިފައިވާ މި ހައުސިން ޔުނިޓްގެ ބީލަމުގައި ބައިވެރިވެވޭނީ ”އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު“ ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށާ، މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 255,000ރ ނުވަތަ އެއަދަދާއި އެއްވަރު އަދަދަކަށް […]
އަފުޣާނިސްތާނުގެ ކުރީގެ ފިނޭންސް މިނިސްޓަރ: މިހާރު އެމެރިކާގައި ޓެކްސީ ޑްރައިވަރެއް
އަފްޣާނިސްތާނުގެ ކުރީގެ ފިނޭންސް މިނިސްޓަރ ޚާލިދު ޕާއިންދާ 40އ ދިރިއުޅުއްވަން މިހާރު ކުރައްވާ މަސައްކަތަކީ އެމެރިކާގައި ޓެކްސީ ޑްރައިވަރެއްގެ ވަޒީފާ އަދާކުރެއްވުމެވެ. އޭނާ ޓެކްސީ ކުރައްވަމުން ގެންދަވަނީ އަދާކުރައްވާނެ ރަނގަޅު އެހެން މަސައްކަތެއް ލިބިވަޑައިގެންފައި ނުވާތީއެވެ. ކުރީގެ މިނިސްޓަރ ޚާލިދު ވިދާޅުވި ގޮތުގައި އޭނާ ޓެކްސީ ޑްރައިވަރެއްގެ ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ އެހެން މަސައްކަތެއް ލިބިވަޑައިގެންފައި ނުވާތީ މަޖުބޫރުވެގެންނެވެ. ”އުޅޭނެ ތަނެއް ނެތް. އަދާކުރާނެ ވަޒީފާއެއް ނެތް. އެހީތެރިވާނެ ބަޔަކުނެތް.“ ޚާލިދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. […]
ޔޫކްރޭން މައްސަލަ: ޗައިނާއިން އަޅަމުން ދަނީ މިނިވަން ފިޔަވަޅުތަކެއް
ޔޫކްރެއިންގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ބެއިޖިންއިން އަޅަމުން ދަނީ ”މިނިވަން“ ފިޔަވަޅުތަކެއް ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރުގެ ތަރުޖަމާނު ޒަހައޯ ލިޖިއަން ވިދާޅުވެއްޖެއެވެ. ހުކުރު ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިދިޔަ ބުދަ ދުވަހު އެމެރިކާގެ ޚާރިޖީ ވަޒީރު ދެއްވި އިންޒާރުތަކަކާ ގުޅިގެންނެވެ. ޔޫކްރެއިންގެ މައްސަލައިގައި ޗައިނާއިން އަބަދުވެސް ގޮތް ނިންމާފައި ވާނީ ވަރަށް ވިސްނުންތެރި ކަމާއެކު ލިބޭނެ ފައިދާއަށް ރިޢާޔަތް ކޮށްފައި ކަމަށާއި އަދި ހުށަހަޅާފައި ވާނީ މިނިވަން ޚިޔާލުތަކެއް […]