ލޯބިގިލި ހުޅުވަނީ

Loading

Facebook
Twitter
WhatsApp

 

 

ބޮޑެތި މީހުންނަށް ހާއްސަކޮށްގެން މާލެ އަތޮޅުގައި ހުޅުވާ އާ ރިސޯޓް އޮބްލޫ ސެލެކްޓް ލޯބިގިލި އަންނަ ބުރާސްފަތި ދުވަހު ހުޅުވަންނިންމައިފިއެވެ.

އެޓްމޮސްފިއާ ހޮޓެލް އެންޑް ރިސޯޓުގެ ލަގްޒަރީ ބްރޭންޑުގެ މި ރިސޯޓްގެ “ ލޯބިގިލި“ ނަން ދީފައިވަނީ ދިވެހިން “ ލޯބި“ އަދި ”ގިލި“ އެއީ “ ރަށް“ މާނަކޮށްފައެވެ. ލޯބިގިލިއަކީ އެ ނަމާ އެއްގޮތަށް ލޯބިވެރިންނަށް ހާއްސަ ރިސޯޓެކެވެ. މި ރިސޯޓް ފަރުމާކޮށްފައިވަނީ ރޮމޭންޓިކް އިހުސާސް ގެނައުވައިދޭ ގޮތަކަށެވެ.

މި ރިސޯޓު ހުޅުވުމުގެ ގޮތުން ހުރިހާ ތައްޔާރީ ތަކެއް މިހާރު ވެފައިވާއިރު މި ރަށަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 15 މިނެޓުން ދެވޭހާ ކައިރީގައި އޮތް  ރިސޯޓެކެވެ.

މޫދު އަޑީގެ ރެސްޓޯރެންޓެއް ހުންނަ މި ރިސޯޓުގައި ޕްރައިވެޓް ބީޗް ވިލާތަށް ވަނީ ހަދާފައެވެ. އަދި ދިވެހި ކެއުމުގައި ބޭނުންކުރާ ތަކެއްޗާއެކު ގާޑިޔާތައް ރިސޯޓްގެ އެކި ހިސާބުތަކުގައި ބަހއްޓާފައި ވެއެވެ.

 

މި ރިސޯޓް ހަދާފައިވަނީ ފަޅެއް ހިއްކައިގެން ހަދާފައިވާ މި ރިސޯޓް ހަދާފައިވަނީ އެ ރިސޯޓާއި އެއްފަޅެއްގައި އޮންނަ އޮބްލޫ އެކްސްޕީރިއަންސް އާއިލާފުށި ރިސޯޓް އާއި ދެ މެދު  ގުޅާލައިގެންނެވެ. އާއިލާފުއްޓަކީ ރާއްޖޭގެ ރަށެއްގެ ސްޓޭއެއްގެ އިހުސާސް އެންމެ ފުރިހަމަ ގޮތުގައި ގެނުވައިދޭ ގޮތަށް ހަދާފައިވާ ރިސޯޓެކެވެ.

އެޓްމޮސްފިއާގެ ކުންފުނިން ރާއްޖޭގައި ހަ ރިސޯޓެއް ހިންގަމުންދެ އެވެ. އެކުންފުނިން އޮބްލޫ ސިލެކްޓް އެކްސްޕީރިއަންސް އަލިފުށި ނަމުގައި ހަދާ ރިސޯޓް މި އަހަރުގެ މެއި މަހު ހުޅުވުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެޓްމޮސްފިއާއިން އަންނަނީ އަވަށްޓެރި ސްރީލަންކާ އަދި ބޫޓާނުގައި ވެސް އިތުރު ރިސޯޓްތަކެއް ތަރައްގީ ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް