ކައުންސިލްތަކާއި ޖަމިއްޔާތަކުން ބީއެމްއެލް މެދުވެރިކޮށް ފުއްދުންތެރިކަން ކުޑަ އާއިލާތަކަށް އެހީވުމަށް ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp
rrem

 

 

 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފައިވާ ހައުސިން ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖަމިއްޔާތަކާއި ކައުންސިލްތަކަށް ހުޅުވާލައިފި އެވެ.

ބީއެމްއެލް އިން ބުނީ މި ފަންޑަށް އެހީވުމުގެ ފުރުސަތު މި މަހގެ ނިޔަލަށް ހުޅުވާފައވާ ކަމަށާ މި ހިލޭ އެހީގެ ދަށުން ތިން އާއިލާއަކަށް ދިރިއުޅެމުންދާ ގެ އިމާރާތްކޮށް، ފަރުނީޗަރުގެ ހަރަދުތައް ބޭންކުން ހަމަޖައްސައިދޭނެ ކަމަށެވެ.

އަދި ހައުސިންގ ގްރާންޓް މެދުވެރިކޮށް ދިރިއުޅުމުގައި ދަތިކަން ތަހައްމަލު ކުރަމުންދާ އާއިލާތަކަށް ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

ހައުސިންގ ގްރާންޓަކީ މިއަހަރުގެ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް