ހިޔާ ފްލެޓް ސަރަހައްދަށް އަޅާ ގާކުނި ނެގުން ހުއްޓާލަނީ

Loading

Facebook
Twitter
WhatsApp

 

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރަތްކޮސްފައިވާ ހިޔާ ފްލެޓް ތަކުން ނެރޭ ގާކުނިތައް އެ ސަރަހައްދުން ނެގުމުގެ މަސައްކަތް ހުއްޓާލަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

 

އެ ކުނިތަށް ނެގުމުގެ މަސައްކަތްކުރިއަށްގެންދާ އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެކުންފުނިން ދެމުން އަންނަ އެ ހިދުމަތް ދޭނީ މި މަހުގެ ނިޔަލަށް ކަމަށެވެ.

 

އަދި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓް ސަރަހައްދުން އުކާލުމަށް އެއްކުރާ ގާކުނި އުކާލަންޖެހޭނީ އެ ފުލެޓެއްގެ ވެރިފަރާތުން އެކަމަށް ހާއްސަ ކުރެވިފައިވާ މުއައްސަސާ ތަކާއި ގުޅިގެން ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

 

އެކުންފުނިން ބުނީ އެ ކުންފުނިން ގާކުނި އުކާލުމުގެ ހިދުމަތް ހުއްޓާލާތީ އަންނަ މަހުގެ  އެއްވަނަ ދުވަހުން ފެށިގެން ގާކުނި އެޅުމަކީ މަނާ ކަމެއް ކަމަށެވެ.

ހިޔާ ފްލެޓްތަކުން ބޭރުކުރާ ގާކުނިތައް އުކާލާދިނުމުގެ ގޮތުން ދެމުން ގެންދިޔަ ހިދުމަތް ހުއްޓާލުމަށް ނިންމާފައި މިވަނީ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ނިންމަން އެޗްޑީސީން މިމަހުގެ ނިޔަލަށް ދީފައިވާ މުއްދަތު ހަމަވާ ދުވަހާ ދިމާކޮށެވެ. ފްލެޓުތަކުން ބޭރުކުރާ ގާ ކުންޏަކީ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްކުރާ މީހުން އެތަނަށް އަޅާފައި ހުރި ކުންޏެވެ.
ހިޔާ ފްލެޓްތަކުން ދުވަހުން ދުވަހަށް އުފެދޭ ކުނިތައް އަޅަނީ އެ ފްލެޓްތައް ކައިރީގައި އެޗްޑީސީން ކަނޑައަޅާފައިވާ ސަރަހައްދަކަށެވެ. އެޗްޑީސީން ބުނީ ގާކުނިތައް އުކާލުމަށް ބަދަލުތަކެއް ގެނައި ނަމަވެސް ދުވަހުން ދުވަހަށް ގޭގޭގައި އުފެދޭ ކުނިތައް އުކާލުމުގެ އުސޫލަށް އަދި ބަދަލު ގެނެސްފައި ނުވާ ކަމަށެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް