އަފުޣާނިސްތާނުގެ ކުރީގެ ފިނޭންސް މިނިސްޓަރ: މިހާރު އެމެރިކާގައި ޓެކްސީ ޑްރައިވަރެއް

Loading

Facebook
Twitter
WhatsApp

އަފްޣާނިސްތާނުގެ ކުރީގެ ފިނޭންސް މިނިސްޓަރ ޚާލިދު ޕާއިންދާ 40އ ދިރިއުޅުއްވަން މިހާރު ކުރައްވާ މަސައްކަތަކީ އެމެރިކާގައި ޓެކްސީ ޑްރައިވަރެއްގެ ވަޒީފާ އަދާކުރެއްވުމެވެ. އޭނާ ޓެކްސީ ކުރައްވަމުން ގެންދަވަނީ އަދާކުރައްވާނެ ރަނގަޅު އެހެން މަސައްކަތެއް ލިބިވަޑައިގެންފައި ނުވާތީއެވެ.

ކުރީގެ މިނިސްޓަރ ޚާލިދު ވިދާޅުވި ގޮތުގައި އޭނާ ޓެކްސީ ޑްރައިވަރެއްގެ ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ އެހެން މަސައްކަތެއް ލިބިވަޑައިގެންފައި ނުވާތީ މަޖުބޫރުވެގެންނެވެ.

”އުޅޭނެ ތަނެއް ނެތް. އަދާކުރާނެ ވަޒީފާއެއް ނެތް. އެހީތެރިވާނެ ބަޔަކުނެތް.“ ޚާލިދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. ”މި ވަގުތު ޓެކްސީ ކުރިޔަސް ކުރިއަށް އޮތްތަނުގައި ހާލަތު ބަދަލުވާނެ.“

ކުރީން މިނިސްޓަރކަން ކުރައްވާފައިވާ ޚާލިދު ވިދާޅުވި ގޮތުގައި އޭނާ ޓެކްސީ ކުރައްވަނީ އޭނާއާއި އާއިލާގެ މީހުންގެ ބަނޑުފުރާނަ މުއްތި ކުރުމަށެވެ.

“ އަޅުގަނޑު 50 ދަތުރު ކުރުމުން ބޯނަސްގެ ގޮތުގައި 95 ޑޮލަރު ލިބޭ.“ އޭނާ ވިދާޅުވިއެވެ. ”މިއީ ބުރަޔަސް ރަނގަޅު މަސައްކަތެއް.“

ޚާލިދު ވިދާޅުވި ގޮތުގައި އޭނާ މަސައްކަތުގައި ހޭދަ ކުރައްވަނީ ހަ ގަޑިއިރެވެ.

”ބައެއް ދުވަސްދުވަހު 150 ޑޮލަރު އަދި އަނެއްބައި ދުވަސް ދުވަހު އެއަށްވުރެ ގިނައިން ވެސް ލިބޭ.“ އޭނާ ވިދާޅުވިއެވެ.

ވޮޝިންޓަން ޕޯސްޓްގައި ވާގޮތުން ޚާލިދުގެ މަންމާފުޅު ވަނީ އެމެރިކާގައި 2020ގެ ފަހުކޮޅު ކޮވިޑް ބަލީގައި އަވާހާރަވެފައެވެ.

ޚާލިދު އަފްޣާނިސްތާނުން އެމެރިކާއަށް ހިޖުރަކުރެއްވީ ޠާލިބާނުން އަފްޣާނިސްތާން ހިފުމާ ގުޅިގެންނެވެ. އޭނާއަކީ ރައީސް އަޝްރަފް ޣަނީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް