ތައިވާނަށް ބާރުގަދަ ބިންހެލުމެއް

Loading

Facebook
Twitter
WhatsApp

ތައިވާނުގެ އިރުމަތީ ފަރާތު ކަނޑު އަޑިއަށް 7.0 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ ރޭ ދަންވަރު ތައިވާނު ގަޑިން 1:41 ހާއިރުއެވެ. މި ބިން ހެލުން އަރާފައިވާކަމަށް ބެލެވެނީ ފިލިޕީން ކަނޑުގެ 10 ކިލޯމީޓަރު އަޑިން ތައިވާންގެ ހުއަލެން ސިޓީގެ 63 ކިލޯމީޓަރު ދުރުގައިވާ ހިސާބަކަށެވެ.

ހުއަލެންއަކީ 300،000 މީހުންގެ އާބާދީއެއް ދިރިއުޅޭ ބޮޑު ރަށެކެވެ. ތައިވާނު ސަރުކާރުން ވަނީ ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ގޮވާލައި އެމަޖެންސީ ނޯޓިސްއެއް ނެރެފައެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެމެރިކާގެ ހުޅަނގު ގޮނޑުދޮށާއި، އަލަސްކާގެ އިތުރުން ކޮލަމްބިއާއަށް ސުނާމީ އެރުމުގެ ފުރުސަތެއް ނެތެވެ.

ތައިވާނަކީ ޗައިނާ ކައިރީގައި ވަކިން އޮންނަ ރަށެކެވެ. 1949ވަނަ އަހަރު ޗައިނާގައި ހިނގި ދާހިލީ ހަނގުރާމައަށް ފަހު ތައިވާނުގައި ވެރިކަން ކުރަމުން އަންނަނީ ޗައިނާ ސަރުކާރާ ދެކޮޅަށް ނިކުން މީހުންނެވެ. ޗައިނާއިން ދެކޭ ގޮތުގައި ތައިވާނަކީ ޗައިނާގެ ހައްގު ބިމެކެވެ. އަދި ޗައިނާއިން ދަނީ ތައިވާން އަނބުރާ ޗައިނާއަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް