ކޮވިޑާއި ގުޅިގެން އުފެއްދި ކޮވިޑް މަރުކަޒު ހުއްޓާލަނީ

Loading

Facebook
Twitter
WhatsApp

 

 

ކޮވިޑް-19 ބަލިމަޑުކަން ރާއްޖޭގައި ފެތުރުމާއި ގުޅިގެން އެ ބައްޔާގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރުމަށް ދަރުބާރުގޭގައި ގާއިމްކުރި ކޮވިޑް މަރުކަޒުގެ މަސައްކަތައް ހުއްޓާލުމަށް ނިންމައިފިއެވެ.

އެޗްޕީއޭއިން ބުނީ ދަރުބާރުގޭގައި ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލުމަށްފަހު މާދަމާ ސެންޓަރު ބަންދު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ސެންޓަރަކީ ކޮވިޑާއި ގުޅިގެން ރާއްޖޭގައި އުފެއްދި އެންމެ ބޮޑު ސެންޓަރެވެ. މި ސެންޓަރު ވެގެން ގޮސްފައިވަނީ ކޮވިޑްގެ ހާލަތު ރާއްޖޭގައި ކޮންޓްރޯކް ކުރުމަށް އެންމެ މުހިންމު ދައުރެއް އަދާކުރި ތަނެއްގެ ގޮތުގައިވެސް މެއެވެ.

މި ސެންޓަރު ބަންދުކުރަން ނިންމާފައިވަނީ ކޮވިޑާއި ގުޅިގެން ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު  މިދިޔަ ހަފްތާގައި އުވާލާފައި ވަނިކޮށެވެ.

ކޮވިޑާއި ގުޅިގެން އާންމު ސިއްހިތުގެ ކުއްލި ނުރައްކުގެ ހާލަތު އެންމެ ފުރަތަމަ އިއުލާން ކުރީ 2020 ވަނަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހުއެވެ. އާންމު ސިިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައި މި ވަނީ 2 އަހަރަށްފަހު ކޮވިޑްގެ ހާލަތު ރަގަޅުވުމާއި ގުޅިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް