ރޯދަ އިނާޔަތް އަންނަ ހޯމަ ދުވަހު ދެނީ

Loading

Facebook
Twitter
WhatsApp

 

މިއަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ފައިސާ އަންނަ ހޯމަ ދުވަހު މުވައްޒަފުންނަށް ދޭން ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

 

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ދޭނީ 3000 ރުފިޔާ ކަމަށެވެ. އެގޮތުން މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ޢިނާޔަތުގެ ފައިސާ ދޭ އިރު،ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި އަދި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށް މިނިސްޓްރީން ނެރުނު ސާކިއުލާގައި އަންގާފައިވެއެވެ.

އަދި އިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒަފަކު ރަމަޟާންމަހުގެ ތިންބައިކުޅަ އެއްބައި ފާއިތުނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ ވަކިވި ދުވަހާއި ހަމައަށްވާ ފައިސާ ފިޔަވާ އިތުރުވާ ފައިސާ އެ މުވައްޒަފެއްގެ އަތުން ހޯދާ އެ ފައިސާ ދައުލަތަށް ނަގަންވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ސާކިއުލަރގައިވެއެވެ.

މީގެއިތުރުން ރޯދަ މަހުގެ ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރަންފަށާ ދުވަހުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި އިނާޔަތުގެ ފައިސާ ދިނުމަށާއި ރޯދަ މަހުގެ ތެރޭގައި ވަޒީފާއިން ވަކިވުމަށް ހަމަޖެހިފައިވާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭނީ އެ މަހުގައި އެމީހަކު މަސައްކަތްކުރި ދުވަހަށް ކަމަށް ވެސް ސަރކިއުލާ ބުނެފައިވެއެވެ.

އެ ސާކިއުލާގައި ބުނެފައިވާގޮތުން  ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް، ”ޑޭ ލީވް“ (ސްކޮލަރޝިޕްމުވައްޒަފުން) އަދި ”ނޯޕޭ ލީވް“ ގައި ތިބޭ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާއެއް ނުލިބޭނެއެވެ. އެހެންނަމަވެސް މިފަދަ ”ލީވް“ އެއްގައި ހުންނަ މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އެނބުރި ހިދުމަތަށް ނުކުމެއްޖެ ނަމަ އެދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ލިބޭނެ އެވެ.
ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ ބޭނުންކުރާ އޮފީސްތަކުން މާދަމާ ރޯދަ އިނާޔަތުގެ ވައުޗަރުތައް ޕޯސްޓް ކުރަން ޖެހޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް