ކުރެންދޫގައި 50 ހައުންސިން ޔުނިޓް އަޅަނީ

Loading

Facebook
Twitter
WhatsApp

 

ޅ. ކުރެންދޫގައި 50 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިޑް އުސޫލުން އިމާރަތްކުރުމަށް ހަމަޖެހިފައިވާ މި ހައުސިން ޔުނިޓްގެ ބީލަމުގައި ބައިވެރިވެވޭނީ ”އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު“ ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށާ، މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެކަމަށެވެ.

އަދި މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 255,000ރ ނުވަތަ އެއަދަދާއި އެއްވަރު އަދަދަކަށް ޑޮލަރުން ހުށަހަޅަން ޖެހެއެވެ. އަދި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 13  ވާ ބުދަދުވަހުގެ 13:00 ގައި ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

2000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ކުރެންދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމުގެ އެޅުމަށް ހަމަޖެހިފައިވާ މި 50 ހައުސިން ޔުނިޓްތައް އަޅުމަށް ނިންމާފައިވަނީ ރަށުގެ އިރުމަތީ ފަރާތުގައެވެ.

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިދިޔަ މަހު ކުރެންދޫއަށް ކުރެއްވި ދަތުރުގައި މުއައްސަސާތަކާ އެކު ބޭއްވި ބައްދަލުވުމުގައި އެރަށުގައި ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަތޮޅުތަކުގައި ކުރިޔަށްގެންދާ ހައުސިންގ މަޝްރޫއުގެ ދަށުން ކުރެންދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިޔަށް ގެންދަވާނެކަމަށް ވަނީ ވިދާޅުވެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް