ކޮވިޑް19: މިއަދު ފައްސިވީ 115 މީހުން!

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 115 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 85 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 8 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 22 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 87,186 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,553 އެކްޓިވް ކޭސް ހިމެނޭއިރު 20 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]

ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

  ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުން ބުނީ މާލޭ ސްކޫލެއްގެ ޓީޗަރަކު އެ ސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެއީ ކޮން ސްކޫލެއް ކަމެއް ފުލުހުން ހާމައެއް ނުކުރި ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޓީޗަރަކީ އަމީނިއްޔާ ސްކޫލުގައި ކިޔަވައިދެމުންދިޔަ ޓީޗަރެކެވެ. ޓީޗަރުގެ ފަރާތުން ޖިންސީ ގޯނާ ލިބުނީ ކިތަށް […]

އެމްއެމްޕީއާރުސީގެ ހިޔާނަތް ބަލަން 12 މުއައްޒަފުންނާއި ހަތަރު މިލިއަން ރުފިޔާ ބޭނުންވޭ: އޭސީސީ

  ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތައް ނިންމަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުރު 12 މުވައްޒަފުންނާއި ހަތަރު މިލިޔަން ރުފިޔާ ބޭނުންވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ބަލަން ޖެހޭ މައްސަލަތަކުގެ މަސައްކަތް ކުރިއަށް […]

އުތުރު ތިލަފަޅު އެއްބަސްވުމުގެ ބައެއް މައުލޫމާތު ހާމަކުރަން ނިންމައިފި

  މައްސަލަ ހޫނުވެފައިވާ އުތުރުތިލަފަޅު ނުވަތަ ޔޫޓީއެފް އެއްބަސްވުމުގައި ހުރި ބައެއް މައުލޫމާތުތައް ހާމަކުރަން ޑިފެންސް މިނިސްޓްރީއިން އެއްބަސްވެފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން ބުނެފިއެވެ. އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހެދުމަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު ”ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު“ އެއްބަސްވުމާއި ގުޅޭގޮތުން  މައުލޫމާތުތަކެއް ހޯދަން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅީ “ ދިޔަރެސް“ ނޫހުންނެވެ. އެ […]

ހިޔާ މަޝްރޫއުގައި ކަރަޕްޝަން ހިމެނޭކަމަށް ބުނެ ތަހުގީގު ހިންގުމަށް އެދި ހުށަހަޅައިފި

  ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއު، ހިޔާ މަޝްރޫގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ. މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި މި މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަތީ 33 މެމްބަރުންގެ ވޯޓާ އެކުއެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. މައްސަލަ ހުށަހަޅުއްވަމުން ފަލާހު ވިދާޅުވީ ކުރީ ސަރުކާރުން ހިޔާ […]

 ދެ މަސްކުރިން ސައިކަލަކުން ފޯނެއް ވަގަށްނެގި މީހަކު ހޯދުމަށް މިއަދު ވީޑިއޯ އާންމުކޮށްފި

އޯގަސްޓް މަހު 11 ވަނަދުވަހު މަގުމަތީގައި ޕާކް ކޮށްފައިހުރި ސައިކަލަކުން ފޯނެއް ވަގަށްނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް މިއަދު އެމީހާގެ ވީޑިއޯ ފުލުހުން އާންމު ކޮށްފި އެވެ. ފުލުހުން އާންމުކުރި ވީޑިއޯގައި ފެންނަނީ ނޫކުލައިގެ ޖިންސަކާއި އަތްކުރު ގަމީހެއް ލައިގެން ހުރި ޒުވާން ފިރިހެނަކު މާލޭ މަގުމަތިން ހިނގާފައި ދަނިކޮށެވެ. އެމީހާގެ އަތުގައި ފޯނެއް ކަމަށް ބެލެވޭ އެއްޗެއް އޮތެވެ. އެމީހާގެ މާސްކް އަނގައާއި ނޭފަތުގައި އެޅުމުގެ ބަދަލުގައި އޮތީ ކަރުގައި އެލުވާލާފައެވެ. ފުލުހުން ބުނީ […]

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި  މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

  ކުޑަކުއްޖަކާ ބަދުއަހްލާގީ އަމަލު ހިންގި  ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. ފުލުހުން ހޯދަމުން އަންނަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 36 އަހަރުގެ އިބްރާހިމް މުހައްމަދެވެ. ފުލުހުން ބުނީ އޭނާ ހޯދަމުން އަންނަނީ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އުޅޭ […]

ޒުވާން ގައުމީ ޓީމު ​އިރާގު އަތުން ބަލިވެއްޖެ!

23 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން އިރާގު އަތުން 4-0 އިން ބަލިވެއްޖެ އެވެ. ​މިއީ ކޮލިފައިންގައި ރާއްޖެ ކުޅެން ހަމަޖެހިފައިވާ ދެ މެޗުގެ ތެރެއިން އެއް މެޗެވެ. ކޮލިފައިންގައި ރާއްޖެ ކުރިން ކުޅެން އޮތީ ތިން މެޗެވެ. އެއީ އިރާގާއި ބަހްރޭނާއި އަފްގާނިސްތާނާއި ދެކޮޅަށް ކުޅޭ މެޗެވެ. ނަމަވެސް އެންމެ ފަހު ވަގުތު އަފްގާނިސްތާނު މުބާރާތުގައި ވާދަނުކުރުމުން ރާއްޖެއަށް ޖެހުނީ ގްރޫޕުގައި ދެ މެޗު ކުޅޭށެވެ. ​ބަހްރޭންގެ އަލް މުހައްރައްގު […]

ކޮވިޑް19: މިއަދު ފައްސިވީ 149 މީހުން!

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 149 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 85 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 25 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 39 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.   މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 87,071 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,550 އެކްޓިވް ކޭސް ހިމެނޭއިރު 22 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .   މިހާތަނަށް […]

އުތުރުތިލަފަޅު އެއްބަސްވުން އޮތީ ގާނޫނާއި ހިލާފަށް: އިނދިކޮޅު

  އުތުރުތިލަފަޅު ނުވަތަ ޔޫޓީއެފް އެއްބަސްވުން އޮތީ ރާއްޖޭގެ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށާ އެ އެގްރިމެންޓް ހަދާފައިވަނީ ގައުމުގެ މިނިވަންކަމާ ސިޔާދަތު ގެއްލޭގޮތަށް ކަމަށް އިނދިކޮޅު ކޯލިޝަން ޕީޕީއެމް/ ޕީއެންސީން ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ވަނީ އުތުރުތިލަފަޅު އެއްބަސްވުން ދިރާސާކުރުމަށް އަސްކަރިއްޔާގެ އިސް ބޭފުޅުންނާ އެކު އިއްޔެ ބައްދަލުވުމެއް ބާއްވާފައެވެ. ސިއްރުން ބޭއްވި އެ ބައްދަލުވުމުގައި އެމްއެންޑީއެފުން ވަނީ އެއްބަސްވުމުގެ ކޮޕީއެއް ދައްކައިފައެވެ. އެކަމާ ގުޅިގެން މިއަދު އިނދިކޮޅު ކޯލިޝަން ނެރުނު ބަޔާނެއްގައި […]