ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

Loading

Facebook
Twitter
WhatsApp

 

ޓީޗަރަކު ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މާލޭ ސްކޫލެއްގެ ޓީޗަރަކު އެ ސްކޫލުގައި ކިޔަވަމުންދިޔަ ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި މަހުގެ 19 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެއީ ކޮން ސްކޫލެއް ކަމެއް ފުލުހުން ހާމައެއް ނުކުރި ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޓީޗަރަކީ އަމީނިއްޔާ ސްކޫލުގައި ކިޔަވައިދެމުންދިޔަ ޓީޗަރެކެވެ.

ޓީޗަރުގެ ފަރާތުން ޖިންސީ ގޯނާ ލިބުނީ ކިތަށް ކުދިންނަށް ކަމެއް ސާފެއް ނުވެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

އެ މައްސަލަ ފުލުހުން ބަލަމުންދާއިރު، މާލޭގެ ޕްރީ ސްކޫލެއްގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކު އެ ސްކޫލުގައި ކިޔަވަމުންދާ ހަތަރު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އަދި މީގެ އިތުރުން ގއ. ކޮލަމާފުށީގައި ކިޔަވަމުންދިޔަ ބިދޭސީ ޓީޗަރެއްގެ މިފަދަ މައްސަލައެއް ވެސް މިދިޔަ މަހު ފެންމަތިވެފައިވާއިރު ނ. ޅޮހީ ސްކޫލުގެ އަންހެން ޓީޗަރެއްގެ މިފަދަ މައްސަލައެއް ޖޫންމަހު ވަނީ ފެންމަތިވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް