ކޮވިޑް19: މިއަދު ފައްސިވީ 149 މީހުން!

Loading

Facebook
Twitter
WhatsApp

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 149 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 85 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 25 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 39 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.

 

މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 87,071 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,550 އެކްޓިވް ކޭސް ހިމެނޭއިރު 22 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ .

 

މިހާތަނަށް ރާއްޖެ އިން 240 މީހަކުވަނީ މި ބަލީގައި މަރުވެފައެވެ. އަދި 85,268 މީހަކު ވަނީ މިބަލިން ރަނގަޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް