އެމްއެމްޕީއާރުސީގެ ހިޔާނަތް ބަލަން 12 މުއައްޒަފުންނާއި ހަތަރު މިލިއަން ރުފިޔާ ބޭނުންވޭ: އޭސީސީ

Loading

Facebook
Twitter
WhatsApp

 

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތައް ނިންމަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުރު 12 މުވައްޒަފުންނާއި ހަތަރު މިލިޔަން ރުފިޔާ ބޭނުންވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ބަލަން ޖެހޭ މައްސަލަތަކުގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް މަޑުން ކަމަށެވެ.

ޝިއުނާ އެމްއެމްޕީއާރުސީގެ ހިޔާނާތާގުޅިގެން ތަހުގީގުގައި 338 ފަރާތެއްގެ މައްސަލަ ބަލަންޖެހޭ ކަމަށާ  އޭގެ ތެރެއިން  މިހާތަނަށް ނިމިފައި އޮތީ އެންމެ 38 މައްސަލަ ކަމަށެވެ. އަދި މިއިން ކޮންމެ މަސައްލައަކަށް އެވްރެޖްކޮށް އަށް މަސް ދުވަސް ހޭދަވާ ކަމަަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ މި ހިޔާނާތުގެ މައްސަލަތަށް ތަހުގީގުކުރުމަށް އިތުރު 12 މުއައްޒަފުން ބޭނުންވާކަން ފިނޭންސަށް އަންގަން ނިންމާފައިވާ ކަމަށެވެ.

”އަޅުގަނޑުމެންގެ ތަގުގީގު ޓީމަށް އިތުރު 12 މުވައްޒަފުން ބޭނުންވާ ކަމަށް އަޅުގަނޑުމެން މިހާރު ފިނޭންސް މިނިސްޓްރީއަަށް ޕްރޮޕޯސަލް އެއް ހުށަހަޅަން ޕްރޮޕޯސަލް ޑްރާފްޓްްކޮށް ނިމްމާފައި ވާނީ،“ ޝިއުނާ ވިދާޅުވި އެވެ.

އަދި ތަހުގީގު އަވަސްކުރުމަށް އޭސީސީގެ ބަޖެޓަށް ގާތްްގަނޑަކަށް ހަަތަރު މިލިޔަން ރުފިޔާ އިތުރަށް ބޭނުންވާ ކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާ އިތުރަށް ވިދާޅުވީ އޭސީސީގައި މަސައްކަތްކުރި ބައެއް މުއައްޒަފުން މިހާރު ވަޒީފާއިން ކެނޑިގެން ގޮސްފައިވާ ކަމަށެވެ. އަދި އެގޮތަށް ކެނޑިގެން ދަނީ ވަޒީފާގެ ކުރިއެރުމާއި މުސާރައިގެ މައްސަލަތަކެއް ވެސް ހުރުމުންކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ.

އަދި މީގެ އިތުރުން ކޮވިޑާއި ގުޅިގެން ވެސް ބޮޑު ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރުމަށް ދަތިތަކެއް ކުރިމަތިވިކަމަށް ޝިއުނާ ވިދާޅުވިއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް