ޒުވާން ގައުމީ ޓީމު ​އިރާގު އަތުން ބަލިވެއްޖެ!

Loading

Facebook
Twitter
WhatsApp

23 އަހަރުންދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން އިރާގު އަތުން 4-0 އިން ބަލިވެއްޖެ އެވެ.

​މިއީ ކޮލިފައިންގައި ރާއްޖެ ކުޅެން ހަމަޖެހިފައިވާ ދެ މެޗުގެ ތެރެއިން އެއް މެޗެވެ.

ކޮލިފައިންގައި ރާއްޖެ ކުރިން ކުޅެން އޮތީ ތިން މެޗެވެ. އެއީ އިރާގާއި ބަހްރޭނާއި އަފްގާނިސްތާނާއި ދެކޮޅަށް ކުޅޭ މެޗެވެ. ނަމަވެސް އެންމެ ފަހު ވަގުތު އަފްގާނިސްތާނު މުބާރާތުގައި ވާދަނުކުރުމުން ރާއްޖެއަށް ޖެހުނީ ގްރޫޕުގައި ދެ މެޗު ކުޅޭށެވެ.

​ބަހްރޭންގެ އަލް މުހައްރައްގު ސްޓޭޑިއަމްގައި ކުޅޭ އޭޝިއަން ކަޕް ކޮލިފިކޭޝަނުގެ މެޗްތަކުގެ ގައުމީ ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ސީނިއާ ޤައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހައިޝަމް ހަސަން (ބިޑި) އެވެ.

​އުމުރުން 22 އަހަރުގެ ހައިޝަމް އަކީ ނިމިދިޔަ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައި ގިނަ ބަޔެއް ސަމާލުކަން ހޯދާފައިވާ ހުނަރުވެރި ކުޅުންތެރިއެކެވެ.

​އިރާގާއި ދެކޮޅަށް ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ލީޑުނެގިއެވެ. މި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ޖެހީ މޯމެލް އަބްދުލްރިޒާ އެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްްދިނީ އަހްމަދު ސާޓިޕް އަގާ އެވެ. އެ ޓީމުގެ ބާކީ ދެ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވަކާ ރަމަދާން އެވެ.

ކޮލިފައިންގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ 8 ވަަނަ ދުވަހު ބަހްރޭނާއެވެ.​މި މުބާރާތުގެ ކޮލިފައިން މެޗުތައް ބަހްރޭނުގައި ކުރިޔަށްދާނީ މި މަހުގެ 27 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް