ދެ މަސްކުރިން ސައިކަލަކުން ފޯނެއް ވަގަށްނެގި މީހަކު ހޯދުމަށް މިއަދު ވީޑިއޯ އާންމުކޮށްފި

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
 ދެ މަސްކުރިން ސައިކަލަކުން ފޯނެއް ވަގަށްނެގި މީހަކު ހޯދުމަށް މިއަދު ވީޑިއޯ އާންމުކޮށްފި

އޯގަސްޓް މަހު 11 ވަނަދުވަހު މަގުމަތީގައި ޕާކް ކޮށްފައިހުރި ސައިކަލަކުން ފޯނެއް ވަގަށްނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް މިއަދު އެމީހާގެ ވީޑިއޯ ފުލުހުން އާންމު ކޮށްފި އެވެ.

ފުލުހުން އާންމުކުރި ވީޑިއޯގައި ފެންނަނީ ނޫކުލައިގެ ޖިންސަކާއި އަތްކުރު ގަމީހެއް ލައިގެން ހުރި ޒުވާން ފިރިހެނަކު މާލޭ މަގުމަތިން ހިނގާފައި ދަނިކޮށެވެ. އެމީހާގެ އަތުގައި ފޯނެއް ކަމަށް ބެލެވޭ އެއްޗެއް އޮތެވެ. އެމީހާގެ މާސްކް އަނގައާއި ނޭފަތުގައި އެޅުމުގެ ބަދަލުގައި އޮތީ ކަރުގައި އެލުވާލާފައެވެ.

ފުލުހުން ބުނީ އެ ވީޑިއޯއިން ފެންނަ މީހާއަކީ މި އަހަރުގެ އޯގަސްޓްމަހުގެ 11 ވަނަ ދުވަހުގެ ވަގުތެއްގައި މާވެޔޮމަގު އެވަކޯ ފިހާރައިގެ ކުރިމަތީގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ ޕޮކެޓްގައި ބޭއްވިފައި އޮތް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކަށް، ތަހުގީގަށް ހޯދަން ބޭނުންވާ މީހެއް ކަމަށެވެ.

އަދި ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ވެސް އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެމީހާ ހޯދިފައި ނުވާކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައި އިންސިޑެންޓް ނަންބަރު ބުނުމަށްފަހު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

އެ މައްސަލައިގެ އިންސިޑެންޓް ނަންބަރަކީ 494671 ކަމަށް ވެސް ފުލުހުން ބުނެއެވެ.

 

ފަހުގެ އަޕްޑޭޓް