މިސްކިތަށް ކުޑަކަމު ދިޔަ މީހާއަށް ދައުވާކުރަން ފޮނުވައިފި
އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ސަރަހައްދަށާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރި މަށްޗަށް ކުޑަކަމު ދިޔަ މީހާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އަށް މައްސަލަ ފޮނުވައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ކުޑަކަމުދިއުމުގެ މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40 އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ ތިންވަނަ ދުވަހު އެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އިސްލާމީ މަރުކަޒުގައި މީހުން މަޣުރިބު ނަމާދަށް ތިއްބާ […]
ޓުއާ ގައިޑެއްކަމަށް ހެދިގެން ވައްކަން ކުރި މީހާ ހައްޔަރުކޮށްފި
ޓުއާ ގައިޑެއްކަމަށް ހެދިގެން ފަތުރުވެރިއެއްގެ ފައިސާ ވަގަށްނެގިކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުން ދިޔަ މީހާ ހައްޔަރުކޮށްފި އެވެ. މި މައްސަލައިގެ ތުހުމަތުގައި ހޯދަމުން ދިޔައީ ބަނގްލަދޭޝް ރައްޔިތެއް ކަށްވާ ތަންވީރު އިސްލާމް (28އ) އެވެ. ފުލުހުން ބުނީ ތަންވީރު މިހާރު ހައްޔަރުކޮށްފައިވާ ކަމަށާ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު މި މަހުގެ 24 ވަނަ […]
އެމްއެންޕީގެ ޕީޖީ ލީޑަރަކަށް ރިޔާޒު
ސިޔާސީ ޕާޓީއެއްގެ ގޮތުގައި މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ރައްޔިތުންގެ މަޖިލީހުން ބަލައިގަތުމާއި ގުޅިގެން އެ ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް އަބްދުއްލާ ރިޔާޒު ހަމަޖައްސަވައިފި އެވެ. އެމްއެންޕީ ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައިވަނީ އިއްޔެއެވެ. އެޕާޓީ ދަފްތަރު ކޮށްފައިވަނީ މަޖިލީހުގެ 3 މެމްބަރުންނާއިއެކުގައެވެ. އެއީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުއްލާ ރިޔާޒު އާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެވެ. އެމްއެންޕީގެ ޕާލިމަންޓްރީ […]
އަނެއްކާވެސް ”އަނދިރި އަނދިރިއެއްގެ“ ހިޔަނީގެ ދަށަށް ރާއްޖެ!
އިންޑީއާގެ ދަރަނީގެ ދަންތުރައިގާ ޖައްސާ ދިވެހިންގެ މިނިވަންކަން ގެއްލުވާލުމަކީ ގައުމަށް ވެވުނުބޮޑު އެންމެބޮޑު ޚިޔާނާތެވެ. އެ ދަރަނީގެ ދަންތުރައެއްގައި ޖައްސުވާ ދިވެހިން މިވަނީ އަނެއްކާވެސް އަނދިރި އަނދިރިއެއްގެ ހިޔަނީގެދަށުން މިނިވަންކަން ގެއްލުވާލާފައެވެ. ޒަމާންތަކަކަށްފަހު މިއަދު ދިވެހި ޤައުމު އަނެއްކާވެސް އަޅުވެތިކަމެއްގެ ތެރެއަށް ގެނބިގެންމިދިޔައީ އެކުވެރިކަމާއި ތަރައްޤީގެ ނަމުގައެވެ. ދަރަނިވެރިކަމުގެ ކަރުމަޅިއެއްގެ ތެރެއަށް މެހިގެންނެވެ. މިހާރު ދިވެހިންނަށް ނޭވާލެވޭނީވެސް އިންޑިއާގެ ހުއްދައާ އެކުގައެވެ. އިންޑިއާގެ ހަތިޔާރުއެޅި ލަސްކަރުގެ ކަޅުއަދިރި ހިޔަނި އެޅިފައިވަނީ ރާއްޖޭގެ އުތުރާއި މެދުތެރެއާއި ދެކުނުގައެވެ. އުތުުރުން […]
ސައިކަލެއް ވަގަށްނެގި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހޯދަނީ
ސައިކަލެއް ވަގަށްނެގިކަމަށް ތުހުމަތުކުރެވޭ ބަޔަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ. ފުލުހުން ބުނީ އާންމުކޮށްފައވާ ވީޑިއޯގައި ފެންނަ ދެ މީހުންނަކީ ފެންނަ ދެމީހުންނަކީ މިދަޔަ މަހުގެ ހަތަރު ވަނަ ދުވަހުގެ ވަގުތެއްގައި ކާނޭޝަންމަގު ފަރީދީ މިސްކިތް ކައިރީގައި ހުރި ސައިކަލެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ތަހުގީގަށް ހޯދަން ބޭނުންވެފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ ދެ މީހުން ކަމަށެވެ. މިމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް […]
ކޮވިޑް ފެސިލިޓީއަކުން ވައްކަން ކުރިމީހަކު ހޯދަނީ
ކޮވިޑް ފެސިޓީއަކުން ވައްކަން ކުރި މީހަކު ހޯދަން މީހެއްގެ ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ. ވީޑިއޯއިން ފެންނަނީ މަގުމަތީގައި މީހަކު ހިނގާފައިދާ މަންޒަރެވެ. ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއަކީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުގެ ވަގުތެއްގައި މަސްވެރިންގެ ޕާކު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީން ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަމުންފާ މީހެއްކަމަށެވެ. ފުލުހުން ބުނީ މިހާތަނަށް ކުރި މައްސައްކަތުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެމީހާ ހޯދިފައި ނުވާކަމަށެވެ. […]
މީދޫ އިސް މެޖިސްޓްރޭޓަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި
އައްޑޫ ސިޓީ މީދޫގެ އިސް މެޖިސްޓްރޭޓް މުހައްމަދު ތައްޔިބަށް ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑިޝިއަލް ސާވިސް ކޮމިޝަނުން ( ޖޭއެސްސީ)ން ނިންމައިފިއެވެ. ޖޭއެސްސީ ތައްޔިބަށް ފިޔަވަޅު އެޅުމަށް ނިންމީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން މައްސަލައިގައި ގޮތެއް ނިންމިއިރު އޭނާ އަމަލުކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް ބުނާ މައްސަލަ އެއް ބެލުމަށް ފަހުއެވެ. މައްސަލަ ބެލުމަށްފަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތައްޔިބުގެ […]
ގާނޫނު އަސާސީ އިސްލާހުކުރަން މަސައްކަތްކުރަނީ ގިނަ ބަޔަކު އެކަމަށް އެދޭތީ: ނަޝީދު
ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ގިނަ ބަޔަކު އެކަމަށް އެދޭތީކަމަށް ގާނޫނު އިސްލާހުކޮށްގެން ވެރިކަމުގެ ނިޒާމް ބަދަކޮށް ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ޖަލްސާ މިއަދު ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީ އިސްލާހުކުރަން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރައްވާފައިވާނެ ކަމަށާ އެކަން ކުރައްވަނީ އެކަމަށް ގިނަ ރައްޔިތުން […]
100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ފަޅުރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުއްޓާ ފުލުހުން އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ލ. ކަލައިދޫ، ޖަނަވަރީމާގެ މުހައްމަދު އަހްމަދު (34އ) އަދި ނ. ވެލިދޫ، ބީޗްހެވެން ޖުމާން މުސްތަފާ (19އ)ގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އިތުރު 15 ދުވަސް ޖަހައިފަ އެވެ. އަދި ގއ. ކޮލަމާފުށި، ސޯސަންގެ އިބްރާހިމް […]
ފުލުހުސް ކާރެއް އެކްސިޓެންޓްވެ ފުލުހަކަށް އަނިޔާވެއްޖެ
ލ. ގަމު ލިންކު ރޯޑުން ދުއްވާފައި ދިޔަ ފުލުހުންގެ ކާރެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓެއް ހިނގައި ފުލުހަކަށް އަނިޔާ ވެއްޖެއެވެ. ފުލުހުން ބުނީ މިހާދިސާގައި އަނިޔާވެފައިވަނީ ކާރު ދުއްވަން އިން ފުލުސް މީހާ އަށް ކަމަށާ ކާރު އެކްސިޑެންޓް ވިރު އޭނާ ފިޔަވައި އިތުރު މީހަކު ކާރުގައި ނެތް ކަމަށެވެ. އެކްސިޑެންޓުގައި ފުލުސް މީހާ އަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެ ހާދިސާގައި އަނިޔާވި ފުލުހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ […]