މިސްކިތަށް ކުޑަކަމު ދިޔަ މީހާއަށް ދައުވާކުރަން ފޮނުވައިފި

Loading

Facebook
Twitter
WhatsApp

 

 

އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ސަރަހައްދަށާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރި މަށްޗަށް ކުޑަކަމު ދިޔަ މީހާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އަށް މައްސަލަ ފޮނުވައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

 

ކުޑަކަމުދިއުމުގެ މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40 އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ  މި މަހުގެ ތިންވަނަ ދުވަހު އެވެ.

މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އިސްލާމީ މަރުކަޒުގައި މީހުން މަޣުރިބު ނަމާދަށް ތިއްބާ އިމާމާގެ ކުރިމައްޗަށް އަރައި އޭނާ ވަނީ ކުޑަކަމުގޮސްފައެވެ.  އަދި ރައީސް އޮފީސް ކުރިމަށްޗަށް ކުޑަކަމުދިޔަ މަންޒަރު ފެންނަ ވީޑިއޯ ވެސް ސޯޝަ މީޑިއާގައިވަނީ އާންމު ވެފައެވެ.

ހަސަންގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން މައްސަލަ ފޮނުވާފައިވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ. އަދި މިމަހުގެ 25 ވަނަ ދުވަހު ފުލުހުން ވަނީ އޭނާ ބަންދުން ދޫކޮށްލާފަ އެވެ.

ފުލުހުން މީގެކުރިން ބުނެފައިވަނީ އެމީހާ އަކީ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް އެނގިފައިވާ ކަމަށެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް