ގައިދީ މަރުވި މައްސަލަ ބެލުމަށް އެމްނެސްޓީން ގޮވާލައިފި

    ހުޅުމާލޭ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް މަރުވި ގައިދީގެ މަރުގެ މައްސަލަ މިނިވަން ތަހުގީގެއް ކޮށް ބެލުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ގޮވާލައިފި އެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދިޔަ ގދ. ވާދޫ، ޖަނަވަރީގެ މުހައްމަދު އަސްލަމް (40 އަހަރު) މަރުވީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަސްލަމް މަރުވި މައްސަލާގައި ހޮސްޕިޓަލުން ދީފައިވާ މަރު […]

ސީއެޗްއެސްސީގެ ޓީޗަރަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

    ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި  ސުއޫދު މުހައްމަދުފުޅު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސުއޫދު ނިޔާވީ ރޭ ނިދާފައި އޮއްވާ ނޭވާލުމަށް އުނދަގޫތަކެއް ވުމުން ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. ނިޔާވިއރު އުމުރުން 52 އަހަރެވެ. ސުއޫދުވަނީ 22  އަހަރުގެ ދިގު މުއްދަތަކަށް ތައުލީމީ ދާއިރާގައި ހިދުމަތް ކުރައްވާފައެވެ. އެ ބޭފުޅާ ސީއެޗްއެސްސީގައި ކިޔަވައި ދެމުންގެންދާތާ 19 އަހަރުވެފައިވާއިރު […]

ޖިންސީގޯނާގެ މުޑުދާރު ތުހުމަތު އިންސާފް ކުރިމަށްޗަށް ގެނައުމާއެކު ރައީސުލް ޖުމްހޫރިއްޔާ ގޯސްވެއްޖެ: އަނދުން ހުސައިން

  ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީވަހީދުގެ މަށްޗަށް މުއައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ މުޑުދާރު ތުހުމަތުތައް ކުރުމުން އެކަން އިންސާފްގެ ކުރިމަށްޗަށް ގެނައުމާއެކު ގޯސްވީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ. އަލީ ވަހީދު އަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ ގިނަ މައްސަލަތަކުން ރެކެން ފިއްލަވައިގެން ރާއްޖޭން ބޭރަށް ވަޑައިގެން އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަނިކޮށް ވިސާގެ މައްސަލައެއްގައި އެގައުމުގެ ފުލުހުން ވަނީ މިދިޔަ […]

ޝާހިދު ރާއްޖެއަށް ރަސްމީދަތުރުފުޅެއް ކުރެއްވުމަށް ރައީސް ސާލިހު ދައުވަތު ދެއްވައިފި

    ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އ.ދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްލާ ޝާހިދު އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު ދެއްވައިފިއެވެ.   ރައީސް ސާލިހު ޝާހިދަށް މި ދައުވަތު ދެއްވާފައިވަނީ އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައި އެ ދެބޭފުޅުން ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހުރިއްޔާ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އ.ދ. ގެ 76 […]

ރައީސްގެ އަނބިކަބަލުން ތުރުކީގެ ރައީސްގެ އަނބިކަބަލުން ލިއުއްވި ފޮތެއް ނެރެދެއްވުމުގައި ބައިވެރިވަޑައިގެންފި

ރައީސްގެ އަނބިކަބަލުން ތުރުކީގެ ރައީސްގެ އަނބިކަބަލުން ލިއުއްވި ފޮތެއް ނެރެދެއްވުމުގައި  ބައިވެރިވަޑައިގަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ އަރިހުގައި ނިއުޔޯކް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހަމަދު، ތުރުކީގެ ރައީސްގެ އަނބިކަނބަލުން އެމިނެ އެރޑޮގަން ނެރުއްވި ”މައި ޓްރެވަލްސް ޓު އެފްރިކާ“ ފޮތް ނެރުމުގެ ހަފްލާގައި ބައިވެރިވެވަޑައިގެންފިއެވެ. ނިއުޔޯކް ސިޓީގައި ހުންނަ ޓަރކިޝް ހައުސްގައި ބޭއްވެވި މި ހަފްލާގައި ގައުމުތަކުގެ ވެރިންގެ އަނބިއަނބި ކަނބަލުންނާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތައް ތަމްސީލުކުރައްވާ ބޭފުޅުން […]

ސިވިލްސާވެންޓުންނަށް މުސާރަ ބޮޑުކުރުމަށް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

    ސިވިލް ސާވިސް މުއައްޒަފުންގެ  މުސާރަ ބޮޑުކުރުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ތަޅުމަށް ހުށަހަޅާފައިވަނީ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ. ކުއްލި މައްސަލަ ހުށަހަޅުއްވަމުން ހަލީމް ވިދާޅުވީ ދިވެހިރާއްޖެ ހިންގުމުގައި އަބަދުވެސް އެންމެ އިސް ދައުރެއް އަދާ ކުރަމުން އަންނަ އެއް ބަޔަކީ ދިވެހި ސިވިލް މުވައްޒަފުން ކަމަށާ ސިވިލްސާވިސް މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމައި މުއައްޒަފުންގެ […]

ސިމެންތި ބަރުކޮށްގެން ދިޔަ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފި

  ސިމެންތި ބަރުކޮށްގެން މާލެ އިން ފުރައިގެން ދިޔަ ކޮޅުވެއްޓި އެއް ބަންޑުން ޖަހާލައިފިއެވެ. އެމްއެންޑީއެފްއިން ބުނީ މި ކޮޅު ވެއްޓިއަކީ ޅ.މާބިންހުރައަށް ދަތުރު ކުރި ޗަމްޕާ ހޯލްޑިންގްސްގެ ކޮޅުވެއްޓިއެއް ކަމަށާ ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލައިފައިވަނީ މާލެއިން ޅ.މާބިންހުރާއަށް ދެ  ކޮންޓެއިނާ ސިމެންތި ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލި އިރު އޭގައި  ހަތަރު މީހަކުވެސް ތިއްބެވެވެ. އެއީ ދިވެއްސެއްގެ އިތރުން ބަންގްލަދޭޝްގެ […]

އިމްތިހާން ހެދުމެއްނެތި ބަންގްލަދޭޝް މީހުންނަށް ލައިސަންސް ދޫކުރަނީ

އިމްތިހާން ހެދުމަކާ ނުލައި ރާއްޖޭގެ ލައިސަންސް ބިދޭސިންނަށް ދޫކުރަން ހަމަޖެއްސި ގައުމުތަކުގެ ތެރެއަށް ބަންގްލްދޭޝް އިތުރުކޮށްފި އެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހާއެކު ޓްރާސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ޓްރާސްޕޯޓް މިނިސްޓްރީއަށް އިހްތިޔާރު ދީފައިވެއެވެ. އެ އިހުތިޔާރުގެ ދަށުން އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ލިސްޓެއް އެކުލަވާލާ އެ މިނިސްޓްރީން އާންމުކުރީ […]

ގައިދީއެއްގެ ގަޔަށް ހޫނު ފެން ޖެހުމުގައި ކަރެކްޝަން މުއައްޒަފެއްގެ ނުހިމެނޭކަމަށް ބުނެފި

  މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ގައިދީ އެއްގެ ގަޔަށް ހޫނުފެން ޖެހި މައްސަލައިގައި ޖަލު ބަލަހައްޓަމުން ގެންދާ މޯލްޑިވްސް ކަރެކްޝަން ސާވިސްގެ މުވައްޒަފެއްގެ އަތެއްވާކަމަށް ދެކެވޭވަހަކަ ކަރެކްޝަން އިން ދޮގުކޮށްފިއެވެ. މާފުށީ ޖަލުގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ހުކުމް ތަމްފީޒު ކުރަމުންދިޔަ ގައިދީއެއް ގަޔަށް ހޫނުފެންޖެހި މައްސަލައެއް ފެންމަތިވެފައިވާއިރު އެ ގައިދީގެ ގަޔަށް ހޫނު ފެން ޖެހުމުގައި ކަރެކްޝަން މުއައްޒަފެއްގެ އަތެއްވާކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ވާހަކަ ފަތުރަމުންނެވެ. މައުލޫމާތު […]

އިހުތިޖާޖުގައި ފުލުހުން މީޑިއާއަށް ހުރަސް އަޅާފައިވާތީ އިނދިކޮޅުން އެކަން ކުށްވެރިކޮށްފި

  އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިރޭ ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖުގައި ފުލުހުންގެ ފަރާތުން ނޫސްވެރިންނަށާއި، އާންމުންނަށް ލިބުނު އަނިޔާ އެ ކޯލިޝަނުން ކުށްވެރިކޮށްފިއެވެ. އެ ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސުލްހަވެރިކަމާއެކު މިރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖު ރޫޅާލުމަށް ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކޮށްފައިވާ ކަމަށާ އެކަމުގެ ސަބަބުން ނޫސްވެރިންނަށާއި އިހުތިޖާޖުގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. ”އެގޮތުން މުޒާހަރާގެ ދެ ބައިވެރިއެއްގެ ފައި މަތީ ޝީލްޑުން ޖެހުމުގެ ސަބަބުން […]