ގައިދީއެއްގެ ގަޔަށް ހޫނު ފެން ޖެހުމުގައި ކަރެކްޝަން މުއައްޒަފެއްގެ ނުހިމެނޭކަމަށް ބުނެފި

Loading

Facebook
Twitter
WhatsApp

 

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ގައިދީ އެއްގެ ގަޔަށް ހޫނުފެން ޖެހި މައްސަލައިގައި ޖަލު ބަލަހައްޓަމުން ގެންދާ މޯލްޑިވްސް ކަރެކްޝަން ސާވިސްގެ މުވައްޒަފެއްގެ އަތެއްވާކަމަށް ދެކެވޭވަހަކަ ކަރެކްޝަން އިން ދޮގުކޮށްފިއެވެ.

މާފުށީ ޖަލުގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ހުކުމް ތަމްފީޒު ކުރަމުންދިޔަ ގައިދީއެއް ގަޔަށް ހޫނުފެންޖެހި މައްސަލައެއް ފެންމަތިވެފައިވާއިރު އެ ގައިދީގެ ގަޔަށް ހޫނު ފެން ޖެހުމުގައި ކަރެކްޝަން މުއައްޒަފެއްގެ އަތެއްވާކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ވާހަކަ ފަތުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި ފިހިފައިވަނީ މީގެ ހަ އަހަރު ކުރިން އަނިޔާވެރި ގޮތަކަށް މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު، ހއ. ހޯރަފުށީ ސީވިއު ހުސައިން މުހައްމަދު މަނިކު (ހުސޭނުބޭ)ގެ މައްސަލައާ ގުޅިގެން އުމުރު ދުވަހަށް ޖަލަށް ހުކުމް ކޮށްފައިވާ އެރަށު އުންމީދީ މަންޒިލް އަހްމަދު އިބްރާހީމްއެވެ.

އޭނާގެ އާއިލާ މީހަކު ބުނީ އެ ގައިދީ ނިދާފައި އޮއްވާ އޭނާގެ ގަޔަށް މީހަކު ހޫފެން އެއްޗެއް ޖެހީކަމަށެވެ.

މި މައްސަލައާއި ގުޅިގެން ކަރެކްޝަނުން ބުނީ ގައިދީއެއްގެ ގަޔަށް ހޫނުފެން ޖެހުމުގެ ހާދިސާއެއް މީގެ ތިން ދުވަސް ކުރިން ހިނގާފައިވާ ކަމަށާއި އެ ހާދިސާ ހިނގުމުގައި ތަނުގެ އެއްވެސް މުއައްޒަފެއްގެ އަތެއް ނުވާކަމަށެވެ.

އަދި މި ހާދިސާ ހިނގާފައިވަނީ ދެ ގައިދީންގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިން ކަމަށް ވެސް ކަރެކްޝަނުން ބުނެއެވެ. އަދި މި ހާދިސާގެ ސަބަބުން ފިހުނު މީހާއަށް ފަރުވާދެމުން ދާ ކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.

ހޫނުފެން ޖެހުމުގެ ސަބަބުން އެ ގައިދީ ފިހިފައިވަނީ ކިހާވަރަކަށްކަމެއް ސާފެއް ނުވެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް