ސިމެންތި ބަރުކޮށްގެން ދިޔަ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފި

Loading

Facebook
Twitter
WhatsApp

 

ސިމެންތި ބަރުކޮށްގެން މާލެ އިން ފުރައިގެން ދިޔަ ކޮޅުވެއްޓި އެއް ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ މި ކޮޅު ވެއްޓިއަކީ ޅ.މާބިންހުރައަށް ދަތުރު ކުރި ޗަމްޕާ ހޯލްޑިންގްސްގެ ކޮޅުވެއްޓިއެއް ކަމަށާ ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލައިފައިވަނީ މާލެއިން ޅ.މާބިންހުރާއަށް ދެ  ކޮންޓެއިނާ ސިމެންތި ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލި އިރު އޭގައި  ހަތަރު މީހަކުވެސް ތިއްބެވެވެ. އެއީ ދިވެއްސެއްގެ އިތރުން ބަންގްލަދޭޝްގެ ތިން ފަޅުވެރިންނެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާގައި ކޮޅުވެއްޓީގައި ދަތުރު ކުރި އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ލިބިފައިނުވެއެވެ.
ބޮޑުމިނުގައި 35 ފޫޓު ހުންނަ  މި ކޮޅުވެއްޓި ބަންޑުން ޖަހާލީ ޅ.މާފިލާފުށި ކައިރިންކަމަށާއި އަދި މިއަދު ހެނދުނު 6:51 ހާއިރު މި ކޮޅުވެއްޓި ވަނީ އެއްކޮށް އަޑިއަށް ގޮސްފައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ ދަންވަރު 2:45 ހާއިރުކަމަށް ވެސް ސިފައިން ބުނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް