ސީއެޗްއެސްސީގެ ޓީޗަރަކު ކުއްލިގޮތަކަށް ނިޔާވެއްޖެ

Loading

Facebook
Twitter
WhatsApp

 

 

ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި އިސްލާމް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި  ސުއޫދު މުހައްމަދުފުޅު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސުއޫދު ނިޔާވީ ރޭ ނިދާފައި އޮއްވާ ނޭވާލުމަށް އުނދަގޫތަކެއް ވުމުން ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

ނިޔާވިއރު އުމުރުން 52 އަހަރެވެ.

ސުއޫދުވަނީ 22  އަހަރުގެ ދިގު މުއްދަތަކަށް ތައުލީމީ ދާއިރާގައި ހިދުމަތް ކުރައްވާފައެވެ. އެ ބޭފުޅާ ސީއެޗްއެސްސީގައި ކިޔަވައި ދެމުންގެންދާތާ 19 އަހަރުވެފައިވާއިރު ޕާޓް ޓައިމްކޮށް ލެކްޗަރާއެއްގެ ގޮތުގައި އިސްލާމިކް ޔުނިވަސިޓީގައި ވެސް ކިޔަވައި ދެއްވަމުން ގެންދެވިއެވެ. އަދި ކުރީގައި އަމީނިއްޔާ ސްކޫލާއި އެމްއީއެސް ސްކޫލުގައި ވެސް ޓީޗަރެއްގެ ގޮތުގައި ސުއޫދު ވަނީ މަސައްކަތް ކުރައްވާފައިވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސުއޫދު ނިޔާވުމަކީ ތައުލީމީ ދާއިރާ އަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

 

Loading

2 Responses

  1. أنا لله وأنا إليه راجعون
    اللهم اغفر له ورحمه
    اللهم ثبته عند السؤال في القبر
    ويوم القيامة امين يارب العالمين

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް