އިމްތިހާން ހެދުމެއްނެތި ބަންގްލަދޭޝް މީހުންނަށް ލައިސަންސް ދޫކުރަނީ

Loading

Facebook
Twitter
WhatsApp

އިމްތިހާން ހެދުމަކާ ނުލައި ރާއްޖޭގެ ލައިސަންސް ބިދޭސިންނަށް ދޫކުރަން ހަމަޖެއްސި ގައުމުތަކުގެ ތެރެއަށް ބަންގްލްދޭޝް އިތުރުކޮށްފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހާއެކު ޓްރާސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދިނުމަށް ޓްރާސްޕޯޓް މިނިސްޓްރީއަށް އިހްތިޔާރު ދީފައިވެއެވެ.

އެ އިހުތިޔާރުގެ ދަށުން އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ލިސްޓެއް އެކުލަވާލާ އެ މިނިސްޓްރީން އާންމުކުރީ އޮގަސްޓް މަހުއެވެ.  ކުރިން 25 ގައުމެއް ހިމަނާފައި އޮތް މި ލިސްޓަށް ބަދަލު ގެނައުމަށްފަހު މިހާރު އިތުރުކޮށްފައިވަނީ ރާއްޖޭގައި އެންމެ ގިނައަދަދަކަށް ބިދޭސީން ނިސްބަތްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އެވެ.

އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސަންސް ދޫކުރާ އިތުރު ގައުމުތަކަކީ އޭޝިއާ ސަރައްދުން ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ބްރޫނާއީ، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ޕިލިޕީސް، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް، އަދި ޖަޕާން އެވެ.

މީގެ އިތުރުން  އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ، ޔުނައިޓެޑް އެރެބް އެމިރެޓްސް، ސްވިޒަލޭންޑް، ސައުދީ އަރަބިއްޔާ، ބެލްޖިއަމް، އަދި ޖަރުމަންގެ ރައްޔިތުންނަށް ވެސް އިމްތިހާނަކާ ނުލައި ލައިސަންސް ދޫކުރަން ވަނީ ނިންމާފައެވެ. މި ގައުމުތަކުގެ ތެރެއަށް ބަންގުލަދޭޝް އިތުރުކުރުމާއި ގުޅިގެން މިހާރު މިލިސްޓްގައި 26 ގައުމު ހިމެނޭނެއެވެ.

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް