ސިވިލްސާވެންޓުންނަށް މުސާރަ ބޮޑުކުރުމަށް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

48

 

 

ސިވިލް ސާވިސް މުއައްޒަފުންގެ  މުސާރަ ބޮޑުކުރުން އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ތަޅުމަށް ހުށަހަޅާފައިވަނީ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ހަލީމް ވިދާޅުވީ ދިވެހިރާއްޖެ ހިންގުމުގައި އަބަދުވެސް އެންމެ އިސް ދައުރެއް އަދާ ކުރަމުން އަންނަ އެއް ބަޔަކީ ދިވެހި ސިވިލް މުވައްޒަފުން ކަމަށާ ސިވިލްސާވިސް މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމައި މުއައްޒަފުންގެ ފުސާރައަށް އެކަށީގެންވާ އުޖޫރައެއް ދޭންޖެހޭ ކަމަށެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުމުން މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް ފާސްކުރީ 33 މެންބަރުންގެ އިއްތިފާގުންނެވެ.

މުސާރަ ބޮޑުކުރުމަށް މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވާފައި މިވަނީ މުސާރަތައް ބޮޑު ކުރުމަށް ގޮވާލައި ސިވިލް ސާވިސްގެ މުވައްޒަފުން އިހްތިޖާޖު ކުރަމުންދާ ވަގުތެއްގަ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުން އިއްޔެ ވަނީ ކަޅު ހެދުން ލައިގެން އޮފީސްތަކަށް ނިކުމެ އިހްތިޖާޖުކޮށްފަ އެވެ. މި އިހްތިޖާޖުގައި މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސިވިލް ސާވެންޓުން ވަނީ ބައިވެރިވެފައެވެ. ބައެއް މުވައްޒަފުން ގެންދަނީ މަސައްކަތް ހުއްޓާލައިގެން ވެސް އިހްތިޖާޖު ކުރަމުންނެވެ.

އިހުތިޖާޖްކުރާ މުއައްޒަފުން އެދެމުން އަންނަނީ މުއައްޒަފުންނަށް އިތުރު އެލަވަންސާއި ޕްރޮމޯޝަން ތައް ދިނުމަށެވެ. އަދި މީގެ އިތުރުން މިނިމަން ވޭޖެއް ކަނޑައެޅުމަށް ވެސް އެމީހުންދަނީ އެދެމުންނެވެ.

ސިވިލް ސާވިސްގެ މުސާރަތައް ބޮޑުކުރުމާއި އެކު އަވަހަށް މިނިމަމް ވޭޖު ކަނޑައެޅުމަށްވެސް މަޖިލިސް  މެންބަރުން ދަނީ ގޮވާލައްވަމުންނެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ