ރައީސްގެ އަނބިކަބަލުން ތުރުކީގެ ރައީސްގެ އަނބިކަބަލުން ލިއުއްވި ފޮތެއް ނެރެދެއްވުމުގައި ބައިވެރިވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ރައީސްގެ އަނބިކަބަލުން ތުރުކީގެ ރައީސްގެ އަނބިކަބަލުން ލިއުއްވި ފޮތެއް ނެރެދެއްވުމުގައި  ބައިވެރިވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ އަރިހުގައި ނިއުޔޯކް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހަމަދު، ތުރުކީގެ ރައީސްގެ އަނބިކަނބަލުން އެމިނެ އެރޑޮގަން ނެރުއްވި ”މައި ޓްރެވަލްސް ޓު އެފްރިކާ“ ފޮތް ނެރުމުގެ ހަފްލާގައި ބައިވެރިވެވަޑައިގެންފިއެވެ.

ނިއުޔޯކް ސިޓީގައި ހުންނަ ޓަރކިޝް ހައުސްގައި ބޭއްވެވި މި ހަފްލާގައި ގައުމުތަކުގެ ވެރިންގެ އަނބިއަނބި ކަނބަލުންނާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތައް ތަމްސީލުކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތުރުކީގެ ރައީސްގެ އަނބިކަނބަލުން ލިޔުއްވާފައިވާ މިފޮތަކީ އެކަމަނާގެ މަންމާފުޅަށް ހާއްސަކޮށްގެން 2014 އާއި 2020 ދެމެދު އެކަމަނާ އެފްރިކާއަށް ކުރެއްވި ޒިޔާރަތްތަކުގެ މައްޗަށް ބިނާކޮށް ލިޔުއްވާފައިވާ ފޮތެކެވެ. މިފޮތުން ލިބޭ ފައިސާ ހަރަދުކުރުމަށް ނިންމާފައިވަނީ އެފްރިކާގެ އަންހެނުންނާއި ކުޑަކުދިންނަށް އެހީތެރިވުމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ސަބްރާ އިބްރާހީމް ނޫރައްދީން މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް