ތުރުކީއަށް އެމެރިކާގެ އިންޒާރެއް

އެމެރިކާއާއި ނޭޓޯ އާއި އެހެން ގައުމުތަކުން ނުރުހުން ފާޅުކުރި ކަމުގައިވިޔަސް ތުރުކީއިން ގަންނަ ދެވަނަ ރަޝިޔަން މިސައިލް ޑިފެންސް ސިސްޓަމް ގަންނާނެކަމަށް ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެއްޖެއެވެ. އެމެރިކާގެ ސީބީއެސްއަށް ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ތުރުކީވިލާތުގެ ދިފާއީ ނިންމުންތައް ނިންމާނީ އެހެން ގައުމު ތަކަކަށް ބެލުމެއްނެތި އެ ގައުމުން އަމިއްލައަށް ކަމަށެވެ. މި އިންޓަވިއުގައި އުރްދުޣާން ވަނީ އެމެރިކާއިން އުފައްދާ ޕެޓްރިއޮޓް މިސައިލް ގަތުމުގެ ފުރުސަތު ތުރުކީވިލާތަށް ލިބިފައި ނުވާ ކަމާއި […]

ޠާލިބާނުން ހިރާތުގައި އެންމެނަށް ފެންނާނޭހެން ހަތަރު މީހުންގެ ހަށިގަނޑު އެލުވައިފި

ކުށް ކުރާ މީހުން ކުށުން ދުރުކުރުމަށް ކަމަށް ބުނެ މީހުން ރަހީނު ކުރުމަށް މަސައްކަތް ކުރި ހަތަރު މީހުން މެރުމަށްފަހު ޠާލިބާނުން އެންމެނަށް ފެންނަ ގޮތަށް އަފްޣާނިސްތާނުގެ ހިރާތުގައި އެލުވައިފިއެވެ. އެ ހަތަރު މީހުން ކުރެ އެކަކުގެ ހަށިގަނޑު ވަނީ ކުރޭނެއްގައި އެލުވާފައެވެ. އަފުޣާނިސްތާން ރައްޔިތެއް ކަމަށްވާ މުޙައްމަދު ނަޒީރު ބުނި ގޮތުގައި އޭނާ ވިޔަފާރިކުރަން ގޮސް އުޅެނިކޮށް ލައުޑް ސްޕީކަރަކުން އެންމެންގެ ސަމާލު ކަމަށް ގޮވަން ފެއްޓިއެވެ. އެވަގުތު އޭނާއަށް ފެނުނި ޕިކަޕެއްގައި މީހެއްގެ ހަށިގަނޑު […]

ކޮވިޑް19: އިތުރު 122 މީހަކު ފައްސިވެއްޖެ!

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 122 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 78 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 2 މީހަކާއި ސަފާރިއަކުން 4 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 38 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 84,484 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,564 އެކްޓިވް ކޭސް ހިމެނޭއިރު 16 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . […]

މިހާރު ދުނިޔެ ހޫނުވަމުން ދަނީ ސައިންސްވެރިން ލަފާކޮށްފައިވާ މިންވަރަށް ވުރެ ހަލުއި މިނެއްގައި

މިދިޔަ އޮގަސްޓުމަހު އދ. އިން ނެރުނު ސްޓޭޓް އޮފް ދަ ސައެންސް ރިޕޯޓުގައި ވާގޮތުން މިހާރު ދުނިޔެ ހޫނުވަމުން މި ދަނީ ސައިންސްވެރިން ލަފާކޮށްފައިވާ މިންވަރަށް ވުރެ ހަލުއި މިނެއްގައެވެ. ފާއިތުވެ ދިޔަ އަހަރުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރިމަތިވި ފެން ބޮޑުވުމުގެ ހާދިސާތަކާއި، އަލިފާނުގެ ކާރިސާތަކުގެ ސަބަބުން މޫސުމަށް އައަންނާނެކަމަށް ސައިންސްވެރިން ލަފާ ކޮށްފައިވާ ބަދަލުތަކާ ކުރިމަތިލާން ޖެހުނީ ކަމުގައިވެސް ހީވެއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް މިދިޔަ އަންގާރަ ދުވަހު ވަނީ […]

ސުލްތާނުގެ ޖަނާޒާ މައުރިބަށް ފަހު އާ ސަހަރާގައި

ތަމްރީނެއް ހެދުމަށް އިންޑިއާގައި ހުއްޓާ ނިޔާވި ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމްގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މިއަދު މައުރިބް ނަމާދަށްފަހު އާސަހަރާ މިސްކިތުގައި  ބޭއްވުމަށް ނިންމައިފިއެވެ. ސުލްތާންގެ ހަށިގަނޑު މިއަދު މެންދުރު ރާއްޖެ ގެނެސް މިހާރުވަނީ އާސަހަރާގައެވެ. ސުލްތާން ނިޔާވެފައިވަނީ އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސާ ކެޑޭޓް ތަމްރީނު ހަރަކާތުގައި ދުވުމެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އޭނާ ދުވަމުންދަނިކޮށް ވެއްޓުމާއެކު ވަގުތުން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާ، ހޮސްޕިޓަލަށް […]

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން  ވިއްކާ ބިންތައް ގަތުމަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

    ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން މާލެއިން ދައުލަތަށް މިލްކް ވެފައިވާ ބިންތައް  ގަތުމަށް އެދުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ހައުސިން މިނިސްޓްރީން ވަނީ  ވެށިފަހި ޕްރްގްރާމްގެ ދަށުން ވިއްކާ 80 ބިމެއް އަކަފޫޓަކަށް 2000 ރުފިޔާގެ މަގުން ވިއްކުމަށް އިއުލާން ކޮށްފައެވެ. ހައުސިން މިނިސްޓްރީން ބުނީ ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލުގެ ދަށުން، ވިއްކުމަށް ކަނޑައަޅާފައިވާ ބިންތައް ގަތުމަށް ފުރުސަތު ހުޅުވާފައި ވަނީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ […]

ސުލްތާނުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މިއަދު ބާއްވާނެ

  ތަމްރީނެއް ހެދުމަށް އިންޑިއާގައި ހުއްޓާ ނިޔާވި ލާންސް ކޯޕްރަލް މުހައްމަދު ސުލްތާންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި މިއަދު ބޭއްވުމަށް ނިންމައިފިއެވެ. އެމްއެންޑީއެފްއިން ބުނީ ސުލްތާންގެ ހަށިގަނޑު މިއަދު މެންދުރު ރާއްޖެ ގެނެސް މިހާރުވަނީ އާސަހަރާއަށް ގެންގޮސްފައެވެ. އަދި މިއަދުގެ އަސުރު ނަމާދަށްފަހު ޖަނާޒާގެ ކަންކަން ކުރިއަށްގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނައިރު ޖަނާޒާ ބާއްވާނީ ރަސްމީ އިއްޒަތުގައި ކަމަށް އެމްއެންޑީއެފްން  މައުލޫމާތު ދެއެވެ. ސުލްތާން ނިޔާވެފައިވަނީ އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސާ ކެޑޭޓް […]

ޤައުމީ ޓީމު އެނބުރި މާލެއަށް!

​އަންނަ މަހު ރާއްޖޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކޭމްޕުކުރި ޤައުމީ ޓީމު ފަރިތަކުރުންތައް ނިންމާލުމަށްފަހު މާލެ އައިސް ފިއެވެ. ރާއްޖެ އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު 2018 ވަނަ އަހަރު ވެސް ގައުމީ ޓީމު ވަނީ މުބާރާތް ފެށުމުގެ ކުރިން ގަތަރުގައި ކޭމްޕު ކޮށްފަ އެވެ. ރާއްޖެ ޓީމް އިން މާލެ އައިސް ކޭމްޕް ކޮށްފައިވަނީ ހޮޓެލް ޖެންގައެވެ. މުބާރާތް ނިމެންދެން ގައުމީ ޓީމު ތިބޭނީ ޖެންގައެވެ. ރާއްޖޭގެ އިތުރުން ބަންގްލަދޭޝް […]

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީ

  މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް އޭނާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ފުލުހުން ހޯދަމުންދަނީ ސ. ހުޅުދޫ / ކޯޒީކޯނަރ، މޫސާ މަނިކު (33އ) އެވެ. ފުލުހުން ބުނީ މޫސާ މަނިކު ހޯދަމުން ދަނީ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ މީހެއް ކަމަށެވެ. އަދި އޭނާ […]

މަސްވެރިންނަށް ހަމަ އަގު ހޯދައި ދިނުމުގެ ވައުދު ފުއްދޭނީ 2023ގައި: މިނިސްޓަރު

  މި ސަރުކާރުން ވެފައިވާ މަސްވެރިންނަށް ހަމަ އަގު ދިނުމުގެ ވައުދު ފުއްދޭނީ 2023ވަނަ އަހަރުގައި ކަމަށް ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވަނީ ސަރުކާރުގެ ވައުދެއް ކަމަށްވާ މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމުގެ ވައުދު ފުއްދައިދެވޭނީ ކޮން އިރަކުތޯ މިނިސްޓަރާއި ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށް ހަމަ އަގު ލިބޭނީ ޅ. […]