ޤައުމީ ޓީމު އެނބުރި މާލެއަށް!

Loading

Facebook
Twitter
WhatsApp

​އަންނަ މަހު ރާއްޖޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ކޭމްޕުކުރި ޤައުމީ ޓީމު ފަރިތަކުރުންތައް ނިންމާލުމަށްފަހު މާލެ އައިސް ފިއެވެ.

ރާއްޖެ އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު 2018 ވަނަ އަހަރު ވެސް ގައުމީ ޓީމު ވަނީ މުބާރާތް ފެށުމުގެ ކުރިން ގަތަރުގައި ކޭމްޕު ކޮށްފަ އެވެ.

ރާއްޖެ ޓީމް އިން މާލެ އައިސް ކޭމްޕް ކޮށްފައިވަނީ ހޮޓެލް ޖެންގައެވެ. މުބާރާތް ނިމެންދެން ގައުމީ ޓީމު ތިބޭނީ ޖެންގައެވެ. ރާއްޖޭގެ އިތުރުން ބަންގްލަދޭޝް ގައުމީ ޓީމުވެސް ކޭމްޕު ކުރާނީ ޖެންގައެވެ.

​މިފަހަރުގެ މުބާރާތް އޮންނާނީ ލީގު އުސޫލުންނެވެ. އަދި ފައިނަލުގައި ވާދަކުރާނީ ހުރިހާ ޓީމެއް ބައްދަލުކުރުމަށްފަހު އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެކެވެ. މިގޮތަށް މުބާރާތުގެ އޮނިގަނޑު ބަދަލު ކުރީ މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމު ތަކުގެ އަދަދު މަދުވުމުންނެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިވާނީ ފަސް ގައުމެކެވެ. އެއީ ދިވެހިރާއްޖެ، ނޭޕާލް، އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާ އެވެ.

​މުބާރާތުގެ ފުރަތަމަ މެޗުގައި އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު ވާދަކުރާނީ ސްރީ ލަންކާ އާއި ބަންގްލަދޭޝްއެވެ. އެރޭ ކުޅޭ މެޗުގައި ރާއްޖެ ބައްދަލުކުރާނީ ނޭޕާލް އާއި ދެކޮޅަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް