އެމްޑީޕީ އޮފީހުގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

    މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީގެ އޮފީހުގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ. އެމްޑީޕީގެ އޮފީހުގައި ހިންގި މާރާމާރީއާއިގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމްޑީޕީ އޮފީހުގައި ހިންގި މި މާރާމާރީގައި  ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމަ މަރިޔަމް ޒުބައިރު ( މަންދީ) އާއި އިތުރު މީހަކުވެސް ވަނީ ޒަހަމްވެފައެވެ. އެ މައްސަލަ […]

ނިއުޒިލޭންޑްގައި މަރާލެވުނު ”ހަރުކަށި ފިކުރުގެ“ މީހާއަކީ ސްރީލަންކާގެ ރައްޔިތެއް

ނިއުޒިލޭންޑް ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ހަރުކަށި ފިކުރުގެ މީހަކު ބަޑި ޖަހައި މަރާލާފައި ވަނީ، ފިހާރައެއްގެ ތެރޭގައި ހަ މީހެއްގެ ގަޔަށް ވަޅިޖަހައި ޒަހަމްކޮށްލުމާ ގުޅިގެންނެވެ. ”މި ޓެރަރިސްޓް ހަމަލާގައި ކުށެއް ނެތް ނިއުޒީލޭންޑް ރައްޔިތުންނަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައި.“ ނިއުޒިލޭންޑްގެ ބޮޑުވަޒީރު އާރޑެން ވިދާޅުވިއެވެ. ހަމަލާ ދިން މީހާއަކީ އޭނާގެ ކަންކަން ފުލުހުންގެ ސަމާލުކަމަށް އައިސްގެން ބަލަމުންދާތާ ފަސް އަހަރު ވެފައިވާ ސްރީލަންކާގެ ރައްޔިތެކެވެ. ބޮޑުވަޒީރު އާރޑެން ވިދާޅުވި ގޮތުގައި އޭނާ މަރާލެވިފައިވަނީ ހަމަލާ […]

އަންހެނުންގެ ހައްގުތަކަށް އާ ފަތިހެއްގެ ފެށުމެއްބާ!

ޠާލިބާނުން އަފްޣާނިސްތާނު ފަތަހަ ކުރުމަށްފަހު މި ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހު ބައިނަލްއަގުވާމީ ނޫސްތަކުގެ ފަލަ ސުރުޚީ ތަކަށް ބަލާލުމުން ސުރުޚީގައި މިބުނިފަދަ ސުވާލުތަކެއް އަޅުގަނޑުގެ ހިތުގައި އުފެދެން ފަށައިފިއެވެ. އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ އިންތަކާ މިންތަކާބެހޭ ގިނަ ލިއުންތަކެއް މިހާރު އެބަފެނެއެވެ. ބައެއް ލިއުންތަކުގައި ޖަވާބު އެނގިހުރެމެ ސުވާލު ކޮށްފައިވެސް އެބަހުރެއެވެ. އިންސާނީ މުޖުތަމާތަކުގެ އެއްބައިވަންތަކަން ދެމެހެއްޓުމާއި އެއްބައިވަންތަކަން ނަގާލުމުގައި ނޫސްތަކުން އަދާކުރަމުންގެދާ ދައުރަކީ ވަރަށް ހާމަކަމާއެކު ފާޅުވަމުންދާ ހަގީގަތެކެވެ. ހަގީގަތާ އެއްގޮތަށް ޚަބަރުތަކާއި މައުލޫމާތު […]

ޝިލްޕާ ޝެޓީއާއި ފިރިމީހާއަށް އިތުރު މައްސަލަތަކެއް: ވިޔަފާރިވެރިޔަކު އެ ދެމަފިރިން ގޮވައިގެން ކޯޓަށް

މަޝްހޫރު ހިންދީ ފިލްމީ ތަރިއެއްކަމުގައިވާ ޝިލްޕާ ޝެޓީއާއި އޭނާގެ ފިރިމީހާއަށް ގާނޫނީ އިތުރު މައްސަލައެއް ކުރިމަތިވެ ކަންބޮޑުވާން ޖެހިއްޖެއެވެ. ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖު ކުންދަން އޮރިޔާން ފިލްމުތަކެއް އުފައްދައި އޭގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުގައި ޖަލަށް ލާފައިވަނިކޮށް އެ ދެމަފިރިންނަށް އަލަށް ކުރިމަތިވި މައްސަލައަކީ ދިއްލީގެ ވިޔަފާރިވެރިޔަކަށް މަކަރާއި ހީލަތް ހެދިކަމަށް ބުނެ އެ މީހާ ކޯޓަށް މައްސަލަ ހުށަހެޅުމެވެ. މައްސަލަ ހުށަހެޅި މީހާގެ ވަކީލު ބުނިގޮތުގައި ޝިލްޕާގެ ދެމަފިރިން ވިޔަފާރިއެއް ކުރުމަށް ބުނެ 41 […]

ނަޒާކީ އަކީ ނަޒާކީ ކަމެއް ނޭގެ -–މާވީ

ނަޒާކީ އޮންލައިނުން ޕްރީއޯޑަރަށް ތަކެތި ގެނެސްދޭން ބައެއް ކަސްޓަމަރުންގެ އަތުން ފައިސާ ނެގުމަށް ފަހު މުދާ ވެސް އަދި ފައިސާ ވެސް ނުދޭ ކަމަށް ބުނެ ޢައިޝަތު މާވީ އާއި އޭނާގެ ބައިވެރީން ޖެއްސި ސޯޝަލް މީޑިއާ ކެމެޕޭންގައި ޕަބްލިޝްކުރި ޕޯސްޓުތަކަކާ ގުޅިގެން ނަޒާކީ އިން ހިންގަމުންއައި އޮންލައިން ވިޔާފާރި އެއްކޮށް ހުއްޓާލަން ޖެހި އެކުންފުންޏަށް ލިބިދިން ގެއްލުމާއި ހިއްސާދާރުންނަށް ކުރި ދުއްތުރާތަކުގެ ބަދަލުގެ ގޮތުގައި 7.66 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެ ކުންފުނިން ހުށަހެޅި […]

ރައީސް ޔާމީންގެ ޝަރީޢަތް: ގާޒީންގެ އިތުރަށް ޗީފް އޮފް ސްޓާފް ޢަލީ ޒާހިރަށް ޝައްކު؟

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައި، ފަސް އަހަރަށް ޖަލަށް ލާން ޙުކުމް ކުރި ބެންޗުގައި ހިމެނިވަޑައިގަންނެވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީއަކު އެ ޝަރީޢަތާ ގުޅޭ ގޮތުން ދެއްކެވި ކަމަށް ބެލެވޭ އޯޑިއޯއެއް ވަނީ ބޭޒާރުވެ، ރައީސް ޔާމީންގެ ޝަރީޢަތާއި އަދި ހުކުމާ މެދު ރާއްޖޭގެ އެތައް ހާސް ބައެއްގެ ހިތުގައި ޝައްކާއި ވަހުމު އުފެދިފައެވެ. އަދި އެ އޯޑިއޯއިން ޢަދާލަތު ޕާޓީގެ ކުރީގެ […]

އިންޑިއާގައި ނުވަ އަހަރުގެ އަންހެންކުއްޖަކު ރޭޕުކޮށް މަރާލި މައްސަލައިގައި ދައުވާކޮށްފި

ނުވަ އަހަރުގެ ތުއްތު އަންހެންކުއްޖަކު ރޭޕުކޮށް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިންޑިޔާގެ ހަތަރު ފިރިހެނުންނަށް ދައުވާކޮށްފިއެވެ. މި ހަތަރު ފިރިހެނުންގެ ތެރޭގައި ފައްޅިއެއްގައި މަސައްކަތްކުރާ ފާދިރީއެއްވެސް ހިމެނެއެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ނެރުނު ބަޔާނެއްގައި ވާގޮތުން ކުޑަކުއްޖަކު ރޭޕުކޮށް މަރާލިކަމުގެ ތުހުމަތުގައި، އަދި ހެކި ނައްތާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މިދިޔަ އޮގަސްޓު މަހުގެ ދެވަނަ ދުވަހު ހައްޔަރު ކުރި ފިރިހެނުންނަށް މިހާރުވަނީ ރަސްމީކޮށް ދައުވާކޮށްފައެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތު […]

2023ވަނައަހަރުގެ ރިޔާސީއިންތިޚާބަށް ޖޭޕީ ތައްޔާރުވަމުން އަންނަކަމަށް އެޕާޓީ އިންހާމަކޮއްފި.

އެޕާޓީއިން މިކަން ހާމަކުރެއްވީ މިއަދު ހަވީރު ޖުމްހޫރީ ޕާޓީގެ މައި އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ އެޕާޓީގެ ކައުންސިލްގެ ފަރާތުންނެވެ، މިޕްރެސް ގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން ހާމަކުރެއްވި ގޮތުގައި، މިފަހަރު ޖުމްހޫރީ ޕާޓީ މަސައްކަތް ކުރަމުން ދަނީ ރައްޔިތުންްގެ އިހުސާސްތައް ދެނެ ގަނެ ރައްޔިތުން ހިންހަމަޖެހޭފަދަ މެނިފެސްޓޯއަކާއެކު ރައްޔިތުންގެ ގާތަށް ދިއުމަށެވެ، ޖުމްހޫރީ ޕާޓީއިން ރިޔާސީ އިންތިޚާބުގައި ބައިވެރިވާނެ ކަމަށާއި ޕާޓީގެ ފަރާތުން ނެރޭނި ކޮންބޭފުޅެއްކަން އަދިފަހުން އިޢްލާނު ކުރައްވާނެ ކަމުގައިވެސް ހާމަކުރެއްވިއެވެ މީގެ އިތުރުން ޖުމްހޫރީ […]

އެމްޑީޕީ އޮފީހުގައި މާރާމާރީއެއް ހިންގައި މީކާއިލްގެ މަންމަގެ ބޯފަޅާލައިފި

  ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އޮފީސްތެރޭގައި މާރާމާރީއެއް ހިންގައި މީކާއިލްގެ މަންމަގެ ބޯފަޅާލައިފިއެވެ. ފުލުހުން ބުނީ އެމްޑީޕީގެ ރަސްމީ އޮފީހުގެ ތެރޭގައި މާރާމާރީއެއް ހިނގި ކަމުގެ މައުލޫމާތު 12:30 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ.   ފުލުހުން ބުނީ އަނިޔާވީ 50 އަހަރުގެ އަންހެނެއް ކަމަށާ އެ މީހާ އަށް އޭޑީކޭގައި ފަރުވާ ދެމުންމާ ކަމަށެވެ. މި މާރާމާރީގައި އަންހެނަކަށް އަނިޔާވެފައިވާއިރު މައުލޫމާތު ލިބޭގޮތުގައި އެ އަންހެން މީހާއަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނުދާއިރާގެ މެންބަރު […]

ވޯކް ޕާމިޓްފީ ދެއްކޭނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިންސުއަރެންސް ހުށަހެޅުމުން

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ ދެއްކޭނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިންޝުއަރެންސް ހުށަހެޅުމުން ކަމަށް އިކޮންމިކް މިނިސްޓްރީން ބުނެފިއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ  ބިދޭސީންނަށް ވޯކް ޕާމިޓް ފީ މިމަހުގެ 15 ވަނަދުވަހުގެ ފަހުން ދެއްކޭނީ އެ މިނިސްޓްރީގެ މިނިމަމް ރިކުއާމަންޓާ އެއްގޮތަށް، އިންޝުއަރެންސް ޕެކޭޖުގެ މައުލޫމާތު އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުން ކަމަށެވެ.   އިކޮނޮމިކް މިނިސްޓްރީން ވަނީ އެ މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ އިންޝުއަރެންސް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެ ފަރާތްތަކުގެ މައުލޫމާތު އެ […]