ނަޒާކީ އަކީ ނަޒާކީ ކަމެއް ނޭގެ -–މާވީ

1362

ނަޒާކީ އޮންލައިނުން ޕްރީއޯޑަރަށް ތަކެތި ގެނެސްދޭން ބައެއް ކަސްޓަމަރުންގެ އަތުން ފައިސާ ނެގުމަށް ފަހު މުދާ ވެސް އަދި ފައިސާ ވެސް ނުދޭ ކަމަށް ބުނެ ޢައިޝަތު މާވީ އާއި އޭނާގެ ބައިވެރީން ޖެއްސި ސޯޝަލް މީޑިއާ ކެމެޕޭންގައި ޕަބްލިޝްކުރި ޕޯސްޓުތަކަކާ ގުޅިގެން ނަޒާކީ އިން ހިންގަމުންއައި އޮންލައިން ވިޔާފާރި އެއްކޮށް ހުއްޓާލަން ޖެހި އެކުންފުންޏަށް ލިބިދިން ގެއްލުމާއި ހިއްސާދާރުންނަށް ކުރި ދުއްތުރާތަކުގެ ބަދަލުގެ ގޮތުގައި 7.66 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެ ކުންފުނިން ހުށަހެޅި ޝަރީޢަތުގެ އަޑުއެހުމެއް މިދިޔަ އޮގަސްޓް 30 ވަނަދުވަހު ބާއްވައިފިއެވެ.

ކޯޓުގައި މާވީގެ ބަހަކީ ނަޒާކީ އޮންލައިންނަކީ، 1985 ން ފެށިގެން ރާއްޖޭގައި ހިންގަމުން އަންނަ ނަޒީކީ ގެ ވިޔާފާރިއެއްކަމެއް ނުދެނަހުރި ކަމަށެވެ. އަދި އެއީ އެއްގޮތަކަށްވެސް ނަޒާކީ އާއި ގުޅުން ހުރިބައެއްކަންވެސް ނުދެނެހުރިކަމަށެވެ. އެހެންކަމުން ނަޒާކީ އިން އޭނާގެ މައްޗަށް މިދަޢުވާ ނުކުރެވޭނެކަމަށް ނިންމައި ދިނުމަށެވެ.

ނަމަވެސް ދެފަރާތުން ހުށަހަޅައިފަވާ ލިޔެކުޔުންތަކަށް ބައްލަވައި ގާޒީ ޢަލީ ނަސީރު ނިންމެވީ އެމައްސަލަ ހުށަހެޅިފައިވާގޮތަށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނެފަދަ އަމުރެއް ނެރެދެވޭނެ ޖާގައެއްނެތްކަމަށެވެ.

ނަޒާކީއިން މިމައްސަލަ ހުށަހާޅަން ނިންމައި 16 ޑިސެމްބަރު 2020 ގައި އެކަން ވަނީ މީޑިއާ އާއި ޙިއްސާކޮށްފައެވެ. އަދި މައްސަލަ ކުރިއަށް ގެންދަން މާވީ ބޭނުންނުވާނަމަ އެހިންގި ނޭދެވޭ ޢަމަލަށް މަޢާފަށް އެދެން މާވީ އަށް އެންގިކަމަށް ނަޒާކީ އިން ބުނެއެވެ. ނަމަވެސް މަވީ ގެ ޢަމަލު ދެންވެސް ހިންގީ ރުޅިވެރިކަމާއި އެކުގައިކަމާއި މާވީ އާއި އޭނާގެ ބައިވެރީން ކުރިއަށްވުރެވެސް އިތުރަށް ނެގެޓީވް ކެމްޕޭން ގަދަކޮށް ބައެއްނޫސްތަކާއި ސޯޝަލްމީޑިއާގައި ފެތުރީއެވެ. ނަޒާކީ އިން މާވީ ކޮށްގެން އުޅޭ ވިޔާފާރީގެ ޢަދަދަކީ 1400 ރުފިޔާ ކަމުގައިވެސް ވެއެވެ. އަދި އެފައިސާ މާވީ ރިފަންޑަށް އެދުމުން އެއްދުވަހުގެ ތެރޭގައި ރިފަންޑް ކޮށްދެވިފައި ވޭމެއެވެ.

ނަޒާކީއިން ބުނާގޮތުގައި މާވީގެ މިޢަމަލުގެ ސަބަބުން ކަސްޓަމަރުން ޕޭނިކްވެ ދީފައިވާ އޯޑަރުތަށް ގިނަ ކަސްޓަމަރުން ކެންސަލްކުރަންފެށުމާއި ރިފަންޑަށް ޑިމާންޑްކުރަން ފެށީއެވެ. އަދި މާލެއަށް ގެނެވިފައިވާ ބައެއްތަކެތިވެސް ގިނަ ކަސްޓަމަރުން ރިޖެކްޓްކުރިއެވެ.

ކޮވިޑްގެ ދަތިކަމުގައި މެލޭޝިއާ ލޮކްޑައުންވުމުން ނަޒާކީ އޮންލައިންގެ މުޅި ސަޕްލައި ޗޭންނަށް ބޮޑު ދަތިތަކެއް ކުރިމަތިވެ ސަޕްލަޔަރއަތުން އަދިވެސް ތަކެތި ނުވަތަ ފައިސާވެސް ނުލިބިވާކަމަށް ވެއެވެ. ނަމަވެސް ނަޒާކީ އަށް އެއްވެސް ފައިސާއެއް ދައްކަވާފައިވާ ކަސްޓަމަރެއްގެ ފައިސާ ގެއްލިގެން ނުދާނެކަމުގެ ގެރެންޓީ ދީފައިވާނެ ކަމަށް ބުނެއެވެ.

މިގޮތުން މިހާރުވެސް ވަރަށް ގިނަކަސްޓަމަރުންނަށް ރިފަންޑް ދެވިފައިވާނެކަމަށް މެލޭޝިއާގެ ނަޒާކީ އޮންލައިން އޮފީހުގެ މަނޭޖަރ ޒެއިނާ ކިޔައިދިނެވެ.

https://sandhaanu.today/6006/

https://mihaaru.com/news/96772

4 ހިޔާލުތައް

  1. މާވީ ގަދަ. ކޮން މަޢާފަކަށް އެދެންވީ. ހަމަ ޑާޓާ އަޅައިގެން މީހުނާދިމާކުރީމާ ނިމުނީނު. ދެރައީ ނަޒާކީ އަކީ ނަޒާކީ ކަން ނޭގުނީތީއެވެ. ވެދާނެ އެއީ މާވީގެ ލޯޔަރު ޖައްސަން ނިންމި ސްޓަންޓެއްކަމަށްދޯ؟

  2. ދިވެހިންގެ އޮންނަ ސްޓައިލަކީ މީސްމީޑިއާ މަންސަތަކުގައި މީހަކާ ދިމާކޮށްލަން ވެއްޖިއްޔާ ޙައްދެއްނެތް މިންވަރަށް އެކަމަށް ވަގުތު އޮވެއެވެ. އެކަން ނުކުރަންޏާ އެއީ ފުރިހަމަ ދިވެއްސަކަށް ނުވެއެވެ. ބައިގަނޑު ގިނަކޮށްގެން ދިމާކުރުންވެސް ޙައްދެއް، ސުމާރެއް ނޯވެއެވެ. އާޚިރުގައި އެންމެ ފަހުވަގުުތު ވާގޮތަކީ މައްސަލަ ގޯސްވެ، އަތަށް ގޮވާ ހިސާބަށް ދިޔައީމާ މިބުނަނީ “ބައްލަވާ ނަޒާކީ އަކީ ނަޒާކީ ކަމެއް، އަދި ޒަކީ އަކީ ޒަކީކަމެއް އަޅުގަނޑުވާ ނުވެސް ދެނަހުރީމެވެ. އަދި ހިނގައިގެން މިއުޅެނީ ކޮންކަމެއްކަން ޚުދު އަޅުގަނޑަށްވެސް ނޭނގެއެވެ. ތިޔަ ހިނގި ކަންކަމުން އަޅުގަނޑު ބަރީއަ ވެގެން ވަމެވެ.”
    ނޫނެކެވެ. ހިންހަމަނުޖެހޭ ކަމެއް ދިމާވާއިރަށް ފޯނުން ޕެކޭޖުތައް ނަގައިގެން ތާކުން ފެންނަހާ ބަޔަކާ އަދިވެސް ފޮށިގަންނާށެވެ. ލަނޑު ލިބޭނީ އުމުރުން އެއްފަހަރުއެވެ…..

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ