ނަޒާކީ އިން މާވީގެ މައްޗަށް ދަޢުވާ އުފުލައިފި

Facebook
Twitter
WhatsApp
Maavee & Husband

އެމްވީ ކުރައިސިސް އާއީ ފޭސްބުކް އަދި އެހެނިހެން ޝޯސަލްމީޑިއާ ޕްލެޓްފޯރަމް  މީޑިއާ ތަކުގައި ނަޒާކީ އޮންލައިން ކުރަމުންދާ ވިޔާފާރިއަކީ  ” ސްކޭމް” އެއްކަމަށް ބުނެ، ނުކުރާ ވިޔާފާރިއެއް ކުރާކަމަށް ދައްކާ އިޝްތިހާރުކޮށް ކަސްޓަމަރުންގެ އަތުން އޮޅުވާލައިގެން ފައިސާތަކެއް ފޭރިގަނެފައިވާކަމުގައި ތަކުރާރުކޮށްބުނެ ދޮގުމަޢުލޫމާތު ގަސްދުގައި އެކުންފުންޏާއި އެކުންފުނީގެ ޙިއްސާދާރުން ފަލީޙަތް ކުރުމަށްޓަކައި ޢައިޝަތު މާވީ ހ.ފާރުވާދީ ފަތުރަމުންދާތީ އޭނާގެ މައްޗަށް ދަޢުވާއުފުލީކަމުގައި ނަޒާކީން ބުނެއެވެ.

ނަޒާކީ ސަރވިސަސް ޕލ އިން މާވީގެ އެވާހަކަތައް  ކަނޑައެޅިގެން ދޮގުކުރެއެވެ. އަދި މާވީ ގެ އެ ޢަމަލަކީ ފޮރުވިފައިވާ މަގުސަދެއް ޙާސިލުކުރުމަށްޓަކައި ރާވައިގެން ނަޒާކީގެ ވިޔާފާރިއަށް ގެއްލުންތަކެއް ދިނުމަށް ގަސްދުގައި ހިންގަމުންދާ ޙަރާކާތެކެވެ. ނަޒާކީގެ އޮންލައިން މެލޭސިއާގެ މެނާޖަރ ޒެއިނާ ބުނިގޮތުގައި އެވާހަކަތަކަކީ ކަނޑައެޅިގެން ދޮގެކެވެ. އޮންލައިންގެ ވިޔާފާރި ހިންގޭގޮތް ސަންދާނަށް ކިޔައިދެމުން ޒެއިނާ ބުނީ އޮންލައިން އޯޑަރު ކުރެވެނީ އެގްރީމެންޓެއްގެ ދަށުންކަމުގައެވެ. އެއީ އޮންލައިން ކޮށް ފޯމެއްފުރުމަށްފަހު ޓާމްސް ތަކަކަށް އެއްބަސްވެ އެ މުދަލެއް ގަތުމެވެ. އެގޮތުން 60 ދުވަހުގެ ތެރޭގައި ޑެލިވަރީ ކުރުމާއި އެގޮތަށް ނުކުރެވިއްޖެނަމަ ފުލް ރިފަންޑް ރިފަންޑަށް އެދޭ ދުވަހުންފެށިގެން 14 ދުވަހުގެ ތެރޭގައި ރިފަންޑް ލިބިދިނުމަށެވެ. އެގޮތުން ދަޢުވާ އުފުލިފައިވާ ޢައިޝަތު މާވީ ގަނެފައިވާ 1397 ރުފިޔާގެ އޯޑަރު ލަސްވެގެން ރިފަންޑްއަށް އެދިފައިވަނީ 13 ޑިސެމްބަރު 2020 ގައެވެ. އަދި އޭނާގެ ރިފަންޑް 14 ޑިސެމްބަރ 2020، މާނައަކީ ރިފަންޑަށް އެދުނުތާ 24 ގަޑިއިރު ނުވަނީސް ފުލްރިފަންޑް ދެވިފައިވާވުން، ޒެއިނާ ނުންޏެވެ.

ނަޒާކީ އޮންލައިން އިން ބުނިގޮތުގައި މިދިއަ 3 މަސްދުވަހަކީ އެވިޔާފާރިއަށް ވަރަށް ދަތިދުވަސްވަރެކެވެ. އެހެނީ އޮންލައިން ވިޔާފާރި މައިގަނޑުގޮތެއްގައި ބަރޯސާވަނީ މެލޭސިއާގެ ސަޕުލަޔަރުންނާއި ޓްރާންސްޕޯޓު އަދި ޝިޕިންއަށެވެ. މިހާރުވެސް މެލާސިއާގެ ޕުތުރާޖާޔާއި، ސެލެންގޯރު އަދި ކުއަލަ ލަމްޕޫރު ވަނީ މޫވްމަންޓް ރިސްޓުރިކްޝަންގައެވެ. އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ. ހަމަ އެހެންމެ ޝިޕިންގް އަށް ވެސް ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ. މުދާ ބަރުކުރާ ބޯރުފަހަރުވެސް ބަރުކުރާ މުއްދަތު ދެވިފައިވެސް އެބޯޓެއް ކޯލް ނުކޮށް އޮމިޓްކޮށްފައިވެއެވެ. އަދި ހަމަ އެހެންމެ މާލެ ޑޮލަރ ކުރައިސަސްއަކީވެސް ވަރަށްބޮޑު ޗެލެންޖެކެވެ.

މިހުރިހާ ދަތިތަކާއިއެކުވެސް ނަޒާކީއިން ބަލަމުންގެންދިއައީ މާލަސްތަކެއްނުވެ މިދަތިތަށް ޙައްލުވާނެކަމަށެވެ. ވަރަށް ގިނަ ދިވެހި ކަސްޓަމަރުންނަށް އަޅުގަނޑުމެންވާނީ ގަބޫލުކުރެވޭ ހިތްހަމަޖެހޭ ސަރވިސްއެއް ފޯރުކޮށްދެވިފަ. އަދިވެސް ކުރިއަށްއޮތް ދުވަސަތަކުގައި އޮންލައިން ވިޔާފާރި ކުރިއަށްގެންދާނެކަމުގަޔާއި ނަމަވެސް ވަގުތީގޮތުން އޮންލައިން ސޭލްސް މަޑުޖައްސާލެވިފައިވާކަމަށް ޒެއިން ބުންނެއެވެ.

ގަސްދުގައި ޙަގީގަތް އެނގިހުރެ މާވީ އާއި އޭނާގެ ފިރިމީހާއާއި އޭނާގެ ބައިވެރީންގެ މިނުބައި ޢަމަލުގެ ސަބަބުން ނަޒާކީ އޮންލައިންގެ ކަސްޓަމަރުންގެ ހިތް ނުތަނަވަސްވެ ޝައްކުތައް އިތުރުކުރުވައި އަދިވެސް ދޮގު މަޢުލޫމާތު ފަތުރަމުންދާތީ މާވީ އާއި މެދު ޝަރުޢީމަރުޙަލާއަށް ދާން މަޖުބޫރުކުރުވީކަމުގައި ނަޒާކީން ބުނެއެވެ.

9 Responses

 1. އޯރޑަރ ކޮށްފަ އިނީ އޮކްޓޯބަރ 5ގަ ހެން ހީވަނި އިންވޮއިސް ބަލައިލީމަ.. އެހެންވީމަ ޑިސެމްބަރ 5ހަކަށް 60 ދުވަސް ވީ ދޯ… ރީފަންޑަށް އެދުނު ތާރީޚާ އަދި ރިފަންޑް ކުރި ތާރީޚު އެކަނި ހިމަނާފަ އޮތީމަ އޮޅުވާލުމެއްހެން އެބަ ހީވެ ހަމަ މިއީ.. ހުރިހާ ގެއްލުމެއް ނިކަމެތި މީހާއަށް ވިއްޔާ ދޯ!

 2. އޯރޑަރ ކޮއްފަ އިނީ 05 އޮކްޓޯބަރ 2020 ގައި ރީފަންޑް ބޭނުން ކަމަށް ބުނެފަ އިނީ 13 ޑިސެމްބަރ 2020 ގައި ދެން މިތަނުން ދައުވާ އަފިވެސް ކުރަންވީ މާވީ އަށްތަ ؟

 3. ލޮލް. ސަންދާނުވެސް ހާދަ ހެއްވަޔޭ. މާވީ ބޮޑު ކްރިމިނަލް އަކަށް ހަދާ، އޭނަ ފޮޓޯ ޖަހާ. އޭނަގެ ޕޯސްޓް ގަހުރި ކޮމެންޓްއާއި، ޓްވީޓަރ ބަލާލީމަ ވެސް އެނގޭ އެހަދަނީ ތެދު ކަން. ނަޒާކީ ލާރި ދީފާ ގަތީމަ ބޭނުން އާޓިކަލް އެ ލިޔެވޭނެ ތާ. ނިކަމަތި މީހާ ހަމަ ނިކަމަތި ކަން މަތީ.

 4. އަޞްލު މާވީގެ ލިޔުންތަކުން ދޭހަވަނީ އޭނާ ބަޔަކު ބުނެގެން ކުރާކަމެއްހެންމީ . އޭނާގެ ކޭހުގައި އޮންލައިން ވިޔަފާރީގެ އުޞޫލުތަކާއި ޚިލާފަށް ނަޒާކީން މިމައްސަލާގައި ޢަމަލުކޮށްފައި އޮތްކަމަކަށް ނުފެނޭ. ޢަމުދުން މުޅި ދުނިޔެ ލޮކްޑައުންވެފައި އޮތްދުވަސްވަރެއްގައި މިފަދަ ވިޔަފާރިތައް ލަސްވުމަކީ ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެއް.މިކޭހުގައި މާލީއަށް ލިބިފައިވާ ގެއްލުމެއްނެތް.
  މާލީގެ ފުރެންޑުންގެ ލިޔުންތަކަށް ބެލުމުން އެއިން އެއްވެސް މީހަކު ނަޒާކީން އޮންލައިންކޮށް އޯޑަރުކޮށްފައި އޮތްކަން އެނގޭ ހެއްކެއް ފެންނަން ނެތުމުން މަބުނެލަން އޮތީ .ޗީ .ޗީ. އޭ.
  ދިވެހިންނަށް އެނގޭ ސުންބަމެންނަކީ ކޮންބައެއްކަން އަދީބު ބުރޯދިވެހި ރައްޔިތުންގެ ފައިސާތައް ކޭއިރު އެއިން ބަރާބަަރަށް ހަރާމު ރުފިޔާކޭ ގުރޫޕްގެ މެންބަރެކޭ ސުންބަ ބޯއިއަކީ.ތޮށިގަނޑެއްގެ ތެރެއަށް ވަދެފިލާ އިނަސް ޙަޤީޤަތް ދިވެހިންނަށް އެނގޭ.

 5. މިކަހަލަ ދޮގު ހަބަރު ނުޖެހުން އެދެން. މި ދެން ނޫސްވެރިކަމައް ހުރި ލަދެއްނު. މި އާރޓިކަލް އައް ބަލާލީމަވެސް އިނގޭ ނަޒާކީއަން ސްޕްންސާރ ކޮއްފައި އިން ނޫހެއްކަން، އާޓިކަލް ތިރީގަ އެމީހުންގެ އިސްރިަހާރު ޖަހާ. މާވީ މިމީހުން ޖަކާ ސަކަރާތްތައް އެންމެނައް ފާޅުކުރިކަން ހަމަ ރަނގަޅު. ސާބަސް!

  1. ދޮގު ޚަބަރެކޭ ބުނާއިރު ކޮންމެވެސް ވަރެއްގެ އޮށްޓަރު ހުރި ގަބޫލުކުރެވޭނެ ވާހަކަ ކޮޅެއްވެސް ބުނެލާންޖެހޭ. އެހެނީ މާވީ އެވަނީ ޝަރިޢަތަށް ޖަވާބުދޭން ޖެހިފާ. ތިބުނެދޭ އުސޫލުން ޝަރިޢަތުގެ މަޖިލިސްގައި ކަންކަމެއް ނުނިމޭނެ. ވީމާ ކޮންމެވެސް ހެޔޮވިސްނުމެއްގައި ވިސްނާފަ އެކަނބުލޮޔަށް ގައިޑުކޮށްދެއްވާށެވެ. ހަމަ ފޯނުގައި ޑާޓާ ހުރީތީ ކުރާނެ މާބޮޑުމެއްނުތުނީމާ މަޖާކޮށްލާއުސޫލުން އެންމެންގެ ވިޔާފާރިތަކަށް އަރައިގަނެ މީހުންގެ އަބުރުކަތި ނުލެވޭނެ ދޯއެވެ. ކޮންމެވެސް ޒިންމާއެއް ނަގަން ޖެހޭނެދޯ؟ ދެން ބަލަމާ ހިނގާ ޝަރިޢަތް ފެށުނީމާ ދާގޮތެއް. އޭރުން މައިތިވެދާނެ.

 6. މާވީއާއި އޭނާގެ ބައިވެރީން ވަރަށް ކާމިޔާބު. މިކޮވިޑުގެ އުދަގުލުގައި ވިޔާފާރިވެރިން ތެޅެނިކޮސް ހަމަ ޖެއްސިޖެއްސީނުން އެއޮތީ ނަޒާކީ އޮންލައިންގެ އަގުދުއްވާލައިފަ. ކަސްޓަމަރުން ޕެނިކުކޮށްލެވި އެވިޔާފާރި އެވަނީ ހުއްޓުވިފައި ނުވަތ ވަގުތީގޮތުންނަމަވެސް ހުއްޓުވާލެވިފައެވެ. ސާބަސް މާރީ. ނޫނޭ ތީ ވަރެއްގެ ގޮއްޔެއެކެވެ. ވަރަށްގަދަ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް