އިންތިހާބުގައި މަހްލޫފަށް ވާދަކުރެވޭނެކަމަށް ނިންމައިފި

  ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް އެމްޑީޕީގެ އިސްތިއުނާފް މަޖިލީހުން ނިންމައިފި އެވެ. އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މަހުލޫފަށް އިންތިހާބުގައި ވާދަކުރެވޭނެކަމަށް ނިންމާފައިވަނީ އިންތިހާބުގައި އޭނާ އަށް ވާދަކުނުކުރެވޭނެކަމަށް ނިންމުމުން އެ މައްސަލަ އެ މަޖިލީހަށް އިސްތިއުނާފަށް ހުށަހެޅުމުންނެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި މަހުލޫފް ވާދަ ކުރައްވަން ނިންމަވާފައި ވަނީ މެދު އުތުރު ޕްރޮވިންސް (ކ، އއ، އދ، އަދި ވ)ގެ ރައީސް ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީ […]

ހިބަރެއްގެ ތުންގަނޑު ހެރި ޒުވާނަކު މަރުވެއްޖެ

  ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރި އެ ޒުވާނާ މަރުވެއްޖެވެ. ފުލުހުން ބުނީ ހިބަރެއްގެ ތުންގަނޑު ހެރުމުގެ ސަބަބުން މަރުވެފައިވަނީ ބ. މާޅޮހުން ފީނަންގޮސް އުޅުނު 33 އަހަރުގެ ފިރިހެނެއްކަމަށެވެ. ފުލުހުން ބުނީ މިހާދިސާގެ މައުލޫމާތު އެ މުއައްސަސާއއަށް ލިބުނީ މިއަދު ހަވީރު 04:10 ހާއިރުކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފީނަން ގޮސް އުޅެނިކޮށް ހިބަރުގެ ތުންގަނޑު ހެރި މަރުވި ޒުވާނާ މިހާރު އޮތީ ބ. އަތޮޅު ހޮސްޕިޓަލުގައެވެ.

އަތޮޅު ކައުންސިލްގެ ނައިބު ރައީސުންގެ މުސާރަ ބޮޑު ކުރުމަށް ފާސްކޮށްފި

    އަތޮޅު ކައުންސިލްތަކުގެ ނާއިބު ރައީސުންގެ މުސާރަ މާލިއްޔަތުކޮމިޓީން ނިންމި ގޮތަށް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ނައިބު ރައީސުންގެ މުސާރަ ބޮޑުކުރުމަށް ތަޅުމުން ފާސްކޮށްފައިވަނީ 41 މެމްބަރުންގެ ވޯޓުންނެވެ. އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނާއި އާންމު މެންބަރުންގެ މުސާރަ އެއްވަރެއްގައި ހުރުމުން މެންބަރުންނާއި ނައިބު ރައީސްގެ މުސާރައާއި އިނާޔަތްތަކުގައި ފަރަގެއް ހުންނަންޖެހޭނެކަމަށް ބުނެ، މުސާރަ މުރާޖައާކުރުމަށް މަޖިލީހަށް ހުށަހެޅީ ލޯކަލް ގަވަރމަންޓް އޮތޯރިޓީންނެވެ. އެއާ ގުޅިގެން މާލިއްޔަތު ކޮމިޓީން ނިންމީ  އަތޮޅު ނައިބް ރައީސްކަމަށް […]

މާލޭގައި ވައި ނުސާފްވާ މިންވަރު ބެލޭނެ ނިޒާމެއް ގާއިމު ކޮށްފި

މާލޭގައި ވައި ނުސާފްވާ މިންވަރު ދެނެގަނެވޭނެ ނިޒާމެއް އެންވަޔަރަމަންޓް މިނިސްޓްރީން ގާއިމްކޮށްފި އެވެ. އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ނިޒާމުން ކޮންމެ މީހަކަށްވެސް މާލެސިޓީގައި ވައި ނުސާފްވާ މިންވަރު ދެނެގަނެވޭނެކަމަށެވެ. ބައިނަލްއަގުވާމީ ”ކްލީން އެޔާ ޑޭ ފޯ ބްލޫ ސްކައިސް“ ފާހަގަ ކުރވައި ކުރެއްވި ޓްވީޓެއްގައި އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ މާލޭގައި ވައިގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމް ކުރެވިފައިވާ ކަމަށާ މާލޭ ނޫން […]

ކަޅުދިޔަފުށި ވިއްކާލަން އަނެއްކާވެސް އިއުލާން ކޮށްފި

    ކުރެޑިޓް ފެސިލިޓީއަކަށް ފައިސާ ނުދައްކައިގެން ތ. ކަޅުދިޔަފުށި ވިއްކާލުމަށް އަނެއްކާ އިއުލާން ކޮށްފި އެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ވަނީ ކަޅުދިޔަފުށި ވިއްކާލުމުގެ ގޮތުން އެރަށް ގަންނަން ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. ބީއެމްއެލްއިން ކޮށްފައިވާ އިއުލާނުގައިވާގިތުން މި ރަށަށް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 10 ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަންޖެހެއެވެ. އަދި ބިޑް ހުށަހަޅާ ބިޑް ކާމިޔާބު ކުރާ ފަރާތަކުން ބިޑް […]

”އަހަރެންގެ ދެވަނަގެ“ ޕްރޮގުރާމް ދެމި އޮންނާނެ ކަމުގެ ޔަޤީން ކަމެއް ނެތް

އަހަރެންގެ ދެވަނަ ގެ (MM2HA)“ ޕްރޮގްރާމް އަކީ އެހެން ގައުމުތަކުގެ ރައްޔިތުން މެލޭޝިޔާގައި ވަޒަންވެރިވުން ފަސޭހަ ކޮށްދިނުމަށްޓަކައި ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އަހަރަކަށްވުރެ ގިނަދުވަސް ވަންދެން ހުއްޓާލާފައި އޮތުމަށް ފަހު އަލުން މި ވަނީ ފަށާފައެވެ. މެލޭޝިޔާ ސަރުކާރުން މިފަދަ އެހެން ސްކީމްތަކަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން އެމްއެމް2 އެޗްއޭ ސްކީމްގައި ބައިވެރި ވެފައިވާ ގިނަ އަދަދެއްގެ ރައްޔިތުންނަށް ވަނީ މެލޭޝިޔާގައި ކުރިޔަށް އޮތް ތާނގައި އުޅެވޭނެ ކަމާމެދު ގިނަ ޝައްކު ތަކެއް އުފެދިފައެވެ. މި […]

ސާސްކޮވް 2 ޖެހި ރަނގަޅުވުން ފައިޒާ ވެކުސިން ޖެހުމަށްވުރެ 30 ގުނަ ރަނގަޅު

ސާސްކޮވް 2 ޖެހިފައި، ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި ކޮވިޑް-19 ޑެލްޓާ ވޭރިއަންޓާ ކުރިމަތިލާ ނިޒާމް ފައިޒާ ވެކްސިން ޖަހާ މީހުނަށް ވުރެ 30 ގުނަ ރަނގަޅުކަން ފާހަގަ ކުރެވިއްޖެއެވެ. މި ދިރާސާ ކޮށްފައިވަނީ އިޒްރޭލުގެ ވެރިރަށް ޓެލްއަވީވްގައި 700،000 މީހުން ތިން ބަޔަކަށް ބަހައިގެންނެވެ. އެއީ ވެކްސިން ޖެހުމެއް ނެތި ބަލިޖެހި ރަނގަޅު ވެފައިވާ ފަރާތްތަކާއި، ވެކްސިންގެ އެއް ޑޯޒް ޖަހައި އަދި ބަލިޖެހި ރަނގަޅުވެފައިވާ ފަރާތްތަކާއި، ހަމަ އެކަނި ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ފަރާތްތަކެވެ. […]

އެޕާޓްމަންޓާ ހަމައިން ކުނި ނަގާގޮތަށް ހަމަޖައްސަނީ

    ގޭގެއިން އުކާލާ ކުނި އެޕާޓްމަންޓާ ހަމައަށް ގޮސް ކުނި ނަގާގޮތަށް ހަމަޖައްސަން ނިންމާފައިވާ ކަމަށް ވެމްކޯއިން ބުނެފިއެވެ. ވެމްކޯ އިން މިއަދު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ އެކުންފުނީގައި ރަޖިސްޓްރީ ކޮށްފައިވާ ގޭބީސީތަކުގެ ކުނިތައް މިމަހުގެ 15 އިން ފެށިގެން ކުރިއެކޭ ވެސް އެއްގޮތައް ކޮންމެ އެޕާޓްމަންޓަކާއި ހަމައަށް ވެމްކޯގެ މުވައްޒަފުން ގޮސް ކުނި ނަގުމަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އާދަމް ވިދާޅުވީ ކުނި […]

ދަރިވަރުންގެ ނާސްތާ ޕްރޮގްރާމް ޖެނުއަރީގައި އަލުން ފަށުމަށް ތައްޔާރުވަނީ

      އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް ކުރިއަށްގެންދާ ނާސްތާ ޕްރޮގްރާމް އަންނަ ޖެނުއަރީމަހު އަލުން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިއްޔެ ވިދާޅުވީ އަންނަ ޖެނުއަރީމަހު ހުއްޓާލުމަށް އުޅޭކަމަށް ބައެއް ނޫސްތަކުން ހަބަރުފަތުރާފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން އެކަން ދޮގުކޮށްފިއެވެ. ދުޅަހެޔޮ ސިއްޙަތެއްގެ މަތީގައި ދަރިވަރުންނަށް ތިބެވޭނެ ޕްރޮގްރާމެއްގެ ގޮތުން ހެނދުނު ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށް ނާސްތާ ޕްރޮގްރާމް ފެށީ 2019 އަހަރުގެ ޖޫން 11 ގައެވެ. […]

ރައީސުލް ޖުމްހޫރިއްޔާ ށ އަދި ރ އަތޮޅުގެ ރަށްތަކަށް ދަތުރުފުޅު ފަށްޓަވައިފި

  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ށ އަދި ރ އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި، ށ އަތޮޅުގެ ހަތަރު ރަށަކަށާއި ރ އަތޮޅުގެ ހަތަރު ރަށަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ށ. ފުނަދޫ، ށ. ޅައިމަގު، ށ. ފޯކައިދޫ، ށ. މާއުނގޫދޫ، ރ. ވާދޫ، ރ. އަލިފުށި، ރ. ރަސްގެތީމު އަދި ރ. އޮނގޮޅިތީމެވެ. ރައީސް އޮފީހުން ބުނީ ރައީސުލް […]