އަތޮޅު ކައުންސިލްގެ ނައިބު ރައީސުންގެ މުސާރަ ބޮޑު ކުރުމަށް ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

 

 

އަތޮޅު ކައުންސިލްތަކުގެ ނާއިބު ރައީސުންގެ މުސާރަ މާލިއްޔަތުކޮމިޓީން ނިންމި ގޮތަށް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ނައިބު ރައީސުންގެ މުސާރަ ބޮޑުކުރުމަށް ތަޅުމުން ފާސްކޮށްފައިވަނީ 41 މެމްބަރުންގެ ވޯޓުންނެވެ.

އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނާއި އާންމު މެންބަރުންގެ މުސާރަ އެއްވަރެއްގައި ހުރުމުން މެންބަރުންނާއި ނައިބު ރައީސްގެ މުސާރައާއި އިނާޔަތްތަކުގައި ފަރަގެއް ހުންނަންޖެހޭނެކަމަށް ބުނެ، މުސާރަ މުރާޖައާކުރުމަށް މަޖިލީހަށް ހުށަހެޅީ ލޯކަލް ގަވަރމަންޓް އޮތޯރިޓީންނެވެ.

އެއާ ގުޅިގެން މާލިއްޔަތު ކޮމިޓީން ނިންމީ  އަތޮޅު ނައިބް ރައީސްކަމަށް 1000 ރުފިޔާގެ އެލަވަންސެއް ދިނުމަށެވެ.

މިއާއެކު އަތޮޅު ކައުންސިލްގެ ނާއިބުންނަށް ކުރިން ލިބެމުން ދިޔަ 20000 ރުފިޔާގެ ބަދަލުގައި މިހާރު މުސާރައާއި އިނާޔަތުގެ ގޮތުގައި 21000 ރުފިޔާ ލިބޭނެއެވެ.

އަތޮޅު ކައުންސިލްގެ ރައީސުންނަށް މުސާރައާއި އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 28000 ރުފިޔާއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް