ހިބަރެއްގެ ތުންގަނޑު ހެރި ޒުވާނަކު މަރުވެއްޖެ

1129

 

ޒުވާނެއްގެ މެޔަށް ހިބަރެއްގެ ތުންގަނޑު ހެރި އެ ޒުވާނާ މަރުވެއްޖެވެ.

ފުލުހުން ބުނީ ހިބަރެއްގެ ތުންގަނޑު ހެރުމުގެ ސަބަބުން މަރުވެފައިވަނީ ބ. މާޅޮހުން ފީނަންގޮސް އުޅުނު 33 އަހަރުގެ ފިރިހެނެއްކަމަށެވެ.

ފުލުހުން ބުނީ މިހާދިސާގެ މައުލޫމާތު އެ މުއައްސަސާއއަށް ލިބުނީ މިއަދު ހަވީރު 04:10 ހާއިރުކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފީނަން ގޮސް އުޅެނިކޮށް ހިބަރުގެ ތުންގަނޑު ހެރި މަރުވި ޒުވާނާ މިހާރު އޮތީ ބ. އަތޮޅު ހޮސްޕިޓަލުގައެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ