ރައްޔިތުން ބަނޑަށް ތިއްބާ ކޮންމެ އަތޮޅެއްގައި އެތައް އެއަރޕޯޓެއް އަޅަނީ ވަކި ބައެއްގެ ޖީބު ބޮޑުކުރަން

މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19ގެ ޢާލަމީ މުސީބާތާ ގުޅިގެން ދިވެހި އެތައްސަތޭކަ ޢާއިލާއެއް ތިބީ ޙާލުގައި ޖެހިފައެވެ. ކާނެ ބޯނެގޮތެއް ނެތިގެންނާއި ގެދޮރުގެ ކުއްޔާއި އަސާސީ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކި ގެން ރައްޔިތުން ދަނީ ސަލާން ޖަހަމުންނެވެ. މިކަން މިހެން އޮތްވާ ރައްޔިތުން ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ނުކޮށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެތައް އެއާރޕޯޓެއް އަޅަން ނިންމުމަކީ ފައިސާއާ ހެދި ހޭބަލިވިޔަސް ބޮޑުވަރެއްތާއެވެ! މިމަޝްރޫޢުތައް ހިންގާ ފަރާތްތައް މަހުޖަނުންނަށް ވެގެންދާއިރު އަންނަނިވި ޖީލުތަކާ ހަމައަށް […]
އުރުމިއާ ކޯރުގެ ފެންގަނޑު ހިކި އެއްކޮށް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވާން ފަށައިފި

މީގެ ދެ ޤަރުނު ކުރިން މެދުއިރުމަތީގެ އެންމެ ބޮޑު ކޯރުގެ ގޮތުގައި މަޝްހޫރު އުރްމިއާ ކޯރަކީ އޭރު ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. އެކޯރަށް 1995 ވަނަ އަހަރު މީހުން އައިސް އުޅުނު އުފާވެރި މަންޒަރުތައް ސީއެންއެން އާއި ހިއްސާކުރައްވަމުން ޝަރަފްޚަނެހްގެ ކުރީގެ ޕޯޓް ޓައުންގެ ނޫސްވެރިޔާ، އަހަދް އަޙްމަދު ވިދާޅުވި ގޮތުގައި އޭރު ފެތުން ފަދަ ކަންކަމަށް މީހުން އައިސް އެތަނުގައި ދުވަސްކޮޅަކަށް މަޑުވެސް ކޮށްލައެވެ. ކޯރު ހިމެނޭ ސަރަހައްދު ކަމަށްވާ އީރާނިއަން ޕްރޮވިންސުގެ ހުޅަނގު […]
ކުޅިވަރުގެ ދުނިޔޭގައި މަގުބޫލު ގައުމަކަށް ވުމަށް ސައުދީން މިސްރާބު ޖަހައިފި

ގްރޯ ޕްރީ ބޭއްވުމަށް ސައުދި އަރަބިޔާ ނިންމި ކަމުގައިވިޔަސް އެޤައުމާ ދެކޮޅަށް އުފުލަމުންދާ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކުގެ އަޑު މާ ގަދައެވެ. އެންތަނީ ޖޮޝުއާ، ގްލޯބަލް ހެވީ ވެއިޓް ޓައިޓްލް ފައިޓް 2019 ގައި ހޯސްޓް ކުރުމުގެ އިތުރުން 2020 ވަނަ އަހަރު ސްޕެނިޝް ސުޕަކަޕް ޕްރެސެންޓް ކުރުމާއެކު ސައުދީ އިން ދަނީ ދުނިޔޭގެ ކުޅިވަރު ދާއިރާގައި ވިދަމުންނެވެ. ނޮވެމްބަރުގައި އޮންނަ 2021 ގެ ކާރު ރޭސް ޖިއްދާގައި ބޭއްވުމަށް ސައުދީއިން ވަނީ ދާދި ފަހުން […]
ކުޑަކުއްޖަކު ބަލިވެއިނުމުގެ މައްސައިގައި ދެން ޝާމިލްވަނީވެސް ކުޑަކުއްޖެއް

މާލެ ސަރަހައްދުން 18 އަހަރުންދަށުގެ ކުޑަކުއްޖަކު ބަލިވެ އިނުމުގެ މައްސަލައެއް ފެންމަތިވެފައިވާއިރު އެ މައްސަލައިގައި ދެން ޝާމިލް ވަނީވެސް 18 އަހަރުން ދަށުގެ ކުއްޖެއްކަމަށް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އިން ހާމަކޮށްފިއެވެ. ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މާލެ ސަރަހައްދުން ކުޑަކުއްޖަކު ބަލިވެ އިން މައްސައެއް އެ ސާވިސްއަށް އިއްޔެ ހަވީރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެކަމުގައި ދެން ޝާމިލް ވަނީ ވެސް ކުޑަކުއްޖެއް […]
ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު އެކުލަވާލައިފި

އަލުން އެކުލަވާލި ތައުލީމުގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ ”ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު“ މިއަދު އެކުލަވާލައްވައިފިއެވެ. މިދިޔަ އަހަރު ފާސްކުރި ތައުލީމުގެ ގާނޫނުގައިވާ ގޮތުން އެ ގާނޫނުނަށް އަމަލުކުރަން ފަށާތާ މަސް ދުވަހުގެ ތެރޭގައި ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ”ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު“ އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލަން ޖެހެ އެވެ. ބޯޑަށް އައްޔަނުކުރެއްވި މެންބަރުން ރަޖިސްޓްރާ: އައިޝަތު އާތިޔާ ނަސީރު (އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު) އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތައުލީމީ ސިޔާސަތުގެ ދާއިރާ: ނަހުޒާ ޝަރީފް […]
ޖާބިރު އާއި ދިއާނާ ކައިވެނި ރުޖޫއަ ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުއްލާ ޖާބިރާއި އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ކައިވެނި ރުޖޫއަ ކުރައްވައިފިއެވެ. ޖާބިރުއާއި ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ ކައިވެނި ރުޖޫއަކުރެއްވީ އަނބިކަންބަލުން ދިޔާނާ އާއި އޭނާ ވެސް ބޭނުންވެގެން ކަމަށާ އެ ދެ ބޭފުޅުންވެސް އެދެނީ އެކީގައި ދިރިއުޅުއްވުން ކުރިއަށް ގެންދިއުމަށް ކަމަށެވެ. ޖާބިރާއި ދިޔާނާގެ ކައިވެނި ރޫޅުނުތާ މާގިނަ ދުވަހެއް އަދި ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ […]
ވޯލްޑް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި

ވޯލްޑް އެކްސްޕޯ ގައި ދިވެހިރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ދިވެހި ފަންނާނުންނަށް ހުޅުވާލައިފިއެވެ. ވޯލްޑް އެކްސްޕޯއަކީ، ބިއުރޯ އޮފް އިންޓަރނޭޝަނަލް އެކްސްޕޮޒިޝަން އިން އިންތިޒާމުކޮށްގެން ކޮންމެ ފަސް އަހަރަކުން އެއް އަހަރު ކަނޑައެޅޭ ވަކި ގައުމެއްގައި ހަމަސް ދުވަހުގެ މުއްދަތަށް ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ މިފަރު ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ބާއްވުމަށް ހަމަޖައްސާފައިވާ މި އެކްސްޕޯ ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ 1 އިން, އަންނަ އަހަރުގެ މާރޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. […]
ގައިންގަޔަށް ނާރާ ބަލިތަށް ޖެހުމަށް މެދުވެރިވާ ކަންތައް ދެނެގަތުމާގުޅޭ ސާވޭ އަލުން ފަށަނީ

ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ދިގު މުއްދަތަށް ބޭސްފަރުވާ ކުރަންޖެހޭ ބަލިތައް ނުވަތަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ކަންތައް ދެނެގަތުމަށް ހިންގާ ”ސްޓެޕް ސާވޭ“ އަލުން ފަށަން ނިންމައފިއެވެ. މި ސާވޭ އަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ ) އިން ބުނީ މި ސާވޭގެ މަސައްކަތް މާދަމާ މާލެ ސިޓީގައ އަލުން ފަށުމަށް ހަމަޖެހިފައިވާކަމަށެވެ. މި ސާވޭ އަކީއެޗްޕީއޭ އިން އިސްނަގައިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީއާ ގުޅިގެން […]
ބޭރު ޔުނިވާސިޓީއަކުން ދިވެހި ބަސް ކިޔަވައިދޭ ފުރަތަމަ ޔުނިވާސިޓީއަކަށް ޗައިނާގެ ޔުނިވާސިޓީއެއް

ޗައިނާގެ ޔުނިވާސިޓީއެއްގައި ދިވެހި ބަސް ކިޔަވައިދޭން ފަށައިފިއެވެ. މިއީ ބޭރުގެ ޔުނިވާސިޓީއެއްގައި ދިވެހި ބަސް ކިޔަވައިދޭން ފެށި ފުރަތަމަ ފަހަރެވެ. ޗައިނާގައި ދިވެހިބަސް ކިޔަވައިދޭން ފަށާފައިވަނީ އެގައުމުގެ ވެރިރަށް ބެއިންޖިންގެ ފޮރިން ސްޓަޑީޒް ޔުނިވާސިޓީގައެވެ. އެ ޔުނިވާސިޓީގައި ދިވެހި ބަސް ކިޔަވައި ދޭން ފެށުމުގެ ގޮތުން ގޮތުން އަންގާރަ ދުވަހު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރުގެ ނައިބު ސޮބާހު ރަޝީދު […]
އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ޑިފެންސް އެޑްޑަވައިޒަރަކަށް މުހައްމަދު އިބްރާހީމް ހަމަޖައްސައިފި

ރާއްޖެއިން އަވަށްޓެރި އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ޑިފެންސް އެޑްވައިޒަރުގެ މަގާމަށް ކާނަލް މުހައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ. އިންޑިއާ އަށް ކަނޑައަޅާ ޑިފެންސް އެޑްވައިޒަރުގެ މަގާމަށް ކާނަލް މުހައްމަދު އިބްރާހީމް އައްޔަންކުރައްވައި އެ މަގާމުގެ ލިޔުން ހަވާލުކުރެއްވީ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުއްލާ ޝަމާލެވެ. ކާނަލް މުހައްމަދު އިބްރާހީމް މިހާތަނަށް ހުންނެވީ އެޖުޓަންޓް ޖެނެރަލްގެ މަގާމުއެވެ. އޭގެކުރިން އޭނާ ވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމު ވެސް […]