ރައްޔިތުން ބަނޑަށް ތިއްބާ ކޮންމެ އަތޮޅެއްގައި އެތައް އެއަރޕޯޓެއް އަޅަނީ ވަކި ބައެއްގެ ޖީބު ބޮޑުކުރަން

Loading

Facebook
Twitter
WhatsApp

މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19ގެ ޢާލަމީ މުސީބާތާ ގުޅިގެން ދިވެހި އެތައްސަތޭކަ ޢާއިލާއެއް ތިބީ ޙާލުގައި ޖެހިފައެވެ. ކާނެ ބޯނެގޮތެއް ނެތިގެންނާއި ގެދޮރުގެ ކުއްޔާއި އަސާސީ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކި ގެން ރައްޔިތުން ދަނީ ސަލާން ޖަހަމުންނެވެ.

މިކަން މިހެން އޮތްވާ ރައްޔިތުން ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ނުކޮށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެތައް އެއާރޕޯޓެއް އަޅަން ނިންމުމަކީ ފައިސާއާ ހެދި ހޭބަލިވިޔަސް ބޮޑުވަރެއްތާއެވެ! މިމަޝްރޫޢުތައް ހިންގާ ފަރާތްތައް މަހުޖަނުންނަށް ވެގެންދާއިރު އަންނަނިވި ޖީލުތަކާ ހަމައަށް ގައުމު އޮންނާނީ ދަރައި ވިކި ބޯހިކެން ނެތިފައެވެ.

ގައުމެއް ރައްޔިތުމީހާއާ ނުލައި ތަރައްގީ އެއްނުވާނެއެވެ. ރައްޔިތުންގެ ފައިސާ ރައްޔިތުމީހާ ބަނޑަށް ހުއްޓާ އެހެން ކަންކަމަށް ޚަރަދުކޮށް ރައްޔިތުމީހާ ދަރުވާލުމަކީ ތަރައްގީއެއްނޫނެވެ. އެއީ ވަރަށް ބޮޑު އަނިޔާއެކެވެ.

ރައްޔިތުން ބޮޑުތަނުން ދަރުވާލާފައި ތަރައްގީގެ ނަމުގައި މަޝްރޫޢްތައް ހިންގަނީ ވައްކަން ކުރަންވެގެންނެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އިން ރައްޔިތުންގެ ފެންބިލް، ކަރަންޓް ބިލް ދައްކަން ފައިސާ ދެއެވެ. މިފައިސާ ވެސް ދެއްވަނީ ބައްލަވާފައި މަގުސަދު ހާސިލު ނުވާގޮތަށް ކަން ފާހަގަ ކުރަމެވެ. މިގޮތުން 40 ހާސް ރުފިޔާ ނުދެއްކިގެން އެހީއަކަށް އެދޭ މީހާއަށް ދެއްވާ 10 ހާސް ރުފިޔާ އިން ބިލްތައް ނުދެއްކެއެވެ. އެހެންކަމުން ސަލާންޖެހުމަށް ހުޅުވިފައިވާ އެއްވެސް ދޮރެއް ބަންދެއް ނުވެއެވެ. މިހާލުގައި ރައްޔިތުމީހާ ހުއްޓާ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެތައް އެއަރޕޯޓެއް އަޅާ ވާހަކަ ގައުމުގެ ނޫސްތަކުގެ ސުރުޚީތަކުން ފެނުމުން ހިތަށް ތަދު ނުވާނީ ކާކުތޯއެވެ؟

މިއީ ސަރުކާރުތަކުން ގައުމު ތަރައްގީ ކުރަން ހެޔޮވާނެ ގޮތެއްނޫނެވެ. ރައްޔިތުމީހާ ބަނޑަށް ޖެހިފައިވާ ވާހަކަ ދެންނެވުމުން ރައްޔިތުމީހާ ހާލުގައި ޖެހިފައި ވަނީ ކޮން މިންވަރަކަށްތޯ ބަލާލަން ވެސް އެންމެ ރަނގަޅުތާއެވެ!

ދުވާލަކު އެއްފަހަރު ކައިގެން އަނެއް ދެއިރު ނުކައި އެތައް އާއިލާއެއް އެބައުޅެއެވެ. ދުވާލަކު އެވްރެޖްކޮށް-/15 ރުފިޔާ ނުލިބޭ ރައްޔިތުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިހާރަކަށް އައިސް ރާއްޖޭގައި ބޯހިމެނުމެއް ވެސް ނެތެވެ. ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ހައްދަވާ ބަޔަކު ނެތެވެ. ރައްޔިތުން ތިބީ ބަނޑަށޭ ބުނުމުން ސަރުކާރުން އޭގެ ދޮގުތެދު ބައްލަވާލަންވެސް އެންމެ ރަނގަޅުތާއެވެ!

ހޯރަފުށީ އެއާރޕޯޓު: އެއާރޕޯޓަށް ރާޅުއަޅައި ބޮޑެތި ގެއްލުން ލިބެމުންދޭ

މިދުވަސްވަރަކީ ދެވަނަ ބޮޑުހަނގުރާމައިގެ ފަހުންދިވެހި އުންމަތް ނުދެކޭފަދަ ތަދުމަޑުކަމެއް ތަޙައްމަލު ކުރަމުން އަންނަ ދުވަސް ވަރެކެވެ. މާލޭގައި ދިރިއުޅޭ ރާއްޖޭގެ އެތަކެއް ޢާއިލާއެއް މާލެ ދޫކޮށް ރަށްރަށަށް އެނބުރި ހިޖުރަކުރަން ބޭނުންވެފައިވެސް އެބަތިއްބެވެ. އެހެނަސް ދައުލަތުން ދެއްވާ ޓިކެޓަކުން އެނބުރި ރަށަށް ނުދެވޭނެކަން ދައުލަތަށް ނޭނގެއެވެ.

ހަމަރަނގަޅަށްވެސް މާލެ ސަރަޙައްދުގައި ކުއްޔަށް ދިރިއުޅޭ އާބާދީގެ %80 އިންސައްތަ ރައްޔިތުން މިއަދު ތިބީ ނުހަނު ދަތިޙާލުގައެވެ. މީގެ ތެރޭގައި ގެދޮރު ނެތް މާލޭގެ އެތައް ރަށް ވެހިންވެސް ހިމެނޭކަން ފާހަގަ ކުރަމެވެ. އެހެނަސް ސަރުކާރުން އުޅެނީ ރިޔާސީ ވަޢުދު ފުއްދުމާއިގެން އަވަދިނެތިއެވެ. ރައްޔިތުމީހާ ދިރިއުޅެނީ ކޮން ޙާލެއްގައިތޯއެއް ނުބަލައެވެ.

ގައުމު ވެސް ތަރައްގީ ކުރަން ވާނެއެވެ. އެހެނަސް އެކަން ކުރަން ވާނީ ރައްޔިތުންނަށް ލިބޭ މިންވަރަކުންނެވެ. ރައްޔިތުންގެ ޟަރޫރީ ބޭނުންތައް ފުއްދައި ހައިހޫނުކަމުން ސަލާމަތް ވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށްފަހު މެނުވީ ބޮޑުހިލައާއި ތާރުއަޅައިގެން ގައުމު ތަރައްގީކުރުމުގެ ބޭނުމެއް ނުއޮންނާނެއެވެ.

ކޮންމެ އަތޮޅެއްގައި އަޅާ އެއާރޕޯޓަށް ވައިގެ މަގުން ދަތުރުކުރާން ރައްޔިތުންގެ ޖީބުގައި ލާރިއެއް ނެތެވެ. ސަރުކާރުން ވެސް ކަމެއް ކުރަންޏާ ރައްޔިތުންގެ ޖީބަށް ތަނަވަސްކަން ވަންނަ ފަދަ ކަމެއް ކުރެވޭތޯ ބަލާށެވެ. ތަރައްގީގެ އެފަދަ މަޝްރޫޢުތަކާ ދެކޮޅު ހަދާނެ ބަޔަކު ނުތިބޭނެއެވެ.

ހަގީގީ މުއްސަނދި ކަމަކީ ރައްޔިތުންގެ މުއްސަނދިކަމެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް