އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ޑިފެންސް އެޑްޑަވައިޒަރަކަށް މުހައްމަދު އިބްރާހީމް ހަމަޖައްސައިފި

Loading

Facebook
Twitter
WhatsApp

 

ރާއްޖެއިން އަވަށްޓެރި އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ޑިފެންސް އެޑްވައިޒަރުގެ މަގާމަށް ކާނަލް މުހައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ.

އިންޑިއާ އަށް ކަނޑައަޅާ ޑިފެންސް އެޑްވައިޒަރުގެ މަގާމަށް ކާނަލް މުހައްމަދު އިބްރާހީމް  އައްޔަންކުރައްވައި އެ މަގާމުގެ ލިޔުން ހަވާލުކުރެއްވީ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުއްލާ ޝަމާލެވެ.

ކާނަލް މުހައްމަދު އިބްރާހީމް މިހާތަނަށް ހުންނެވީ އެޖުޓަންޓް ޖެނެރަލްގެ މަގާމުއެވެ. އޭގެކުރިން އޭނާ ވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އޭނާ ސިފައިންގެ ހިދުމަތުގައި  މިހާރު 20 އަހަރަށްވުގެ ގިނަ ދުވަސްވެދާނެއެވެ.

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަގާމުގައި ކުރިން ހުންނެވީ ކާނަލް އަހްމަދު ތާހިރުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް