ބޭރު ޔުނިވާސިޓީއަކުން ދިވެހި ބަސް ކިޔަވައިދޭ ފުރަތަމަ ޔުނިވާސިޓީއަކަށް ޗައިނާގެ ޔުނިވާސިޓީއެއް

Loading

Facebook
Twitter
WhatsApp

 

 

 

 

ޗައިނާގެ ޔުނިވާސިޓީއެއްގައި ދިވެހި ބަސް ކިޔަވައިދޭން ފަށައިފިއެވެ. މިއީ ބޭރުގެ ޔުނިވާސިޓީއެއްގައި ދިވެހި ބަސް ކިޔަވައިދޭން ފެށި ފުރަތަމަ ފަހަރެވެ.

ޗައިނާގައި ދިވެހިބަސް ކިޔަވައިދޭން ފަށާފައިވަނީ އެގައުމުގެ ވެރިރަށް ބެއިންޖިންގެ  ފޮރިން ސްޓަޑީޒް ޔުނިވާސިޓީގައެވެ.

އެ ޔުނިވާސިޓީގައި ދިވެހި ބަސް ކިޔަވައި ދޭން ފެށުމުގެ ގޮތުން ގޮތުން އަންގާރަ ދުވަހު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

އެ ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރުގެ ނައިބު ސޮބާހު ރަޝީދު ވެސް ބައިވެރިވެ ވަޑައިގަތެވެ.

އެ ޔުނިވާސިޓީގައި ދިވެހި ބަސް ކިޔަވައިދޭނީ އެ ޔުނިވާސިޓީގެ ސްކޫލް އޮފް އޭޝިއަން ސްޓަޑީޒްގައި ދިވެހި ކިޔަވައިދޭ ޓީޗަރު ޝޫ ފަންގްފަންގް އެވެ. އޭނާ ވަނީ ގިނަ ފަހަރެއްގެ މަތިން ރާއްޖެ އައިސް ދިވެހިބަސް ދަސްކޮށްފައިވާ މީހެކެވެ.

 

ދިވެހި ބަސް ކިޔަވައި ދޭން ފެށުމުގެ ގޮތުން ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާއޯ ގަންގް ވިދާޅުވީ މިއީ އެ ޔުނިވާސިޓީއަށް ފާހަގަކޮށްލެވޭ މުހިންމު ކޯހެއްކަމަށެވެ. ހަމައެއާއެކު މިއީ ރާއްޖޭގެ ސަގާފަތާ އާދަކާދަ ޗައިނާގެ ޒުވާނުންނަށް އިތުރަށް ދެނެގަތުމަށް ހުޅުވިގެންދާނެ ދޮރެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބެއިންޖިން ފޮރިން ސްޓަޑީޒް ޔުނިވާސިޓީ އަކީ ދުނިޔޭގެ ވަރަށްގިނަ ބަސްތަކެއް  މިހާރުވެސް ކިޔަވައިދެމުން އަންނަ ޔުނިވާސިޓީއެކެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް