ކޮވިޑް19: އިތުރު 138 މީހަކު ފައްސިވެއްޖެ!

އިއްޔެ ކޯވިޑް19 އަށް ފައްސިވެފައިވަނީ 138 މީހުންނެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 72 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 15 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 51 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 82,822 އަށް އަރައިފައެވެ. އޭގެ ތެރޭގައި 2,037 އެކްޓިވް ކޭސް ހިމެނޭއިރު 17 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]
ބޯ ފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރު ކޮށްދޭނެ ބަޔަކު ހޯދަނީ

ހޫނުމޫސުމުގައި ބޯފެނަށް ޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް އެންވަޔަރަންމަންޓްން މިނިސްޓްރީން ފަށައިފިއެވެ. ބޯފެން ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް އެ މިނިސްޓްރީން އިއުލާނެއް ކޮށްފައިވާއިރު ފެންފޯރުކޮށްދިނުމަށް ރާއްޖޭގެ ރަށްތަށް ވަކި ވާނެ ހެން ލޮޓް ތަކަށް ވަނީ ބަހާލާފައެވެ. ލޮޓް ތަކަށް ބަހާފައިވާ ގޮތް : ލޮޓް 1: ހއ.އުލިގަން، ހއ.މުޅަދޫ، ހއ.ކެލާ، ހއ.ވަށަފަރު، ހއ.ފިއްލަދޫ، ހއ.މާރަންދޫ، ހއ.ތަކަންދޫ، ހއ.އުތީމް، ހއ.މުރައިދޫ، ހއ.ބާރަށް، ހދ.ފިނޭ، ހދ.ނާވައިދޫ، ހދ.ހިރިމަރަދޫ، ހދ.ނޮޅިވަރަންފަރު، ހދ.ކުރިނބި، […]
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމް ދެ މުނާސަބަތެއްގައި ދިނުމަށް ނިންމަވައިފި

މިދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމް ދެ މުނާސަބަތެއްގައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ ދައުލަތަށް ހިދުމަތްކުރުމުގެ އިނާމް ދެ މުނާސަބަތެއްގައި ދެއްވުމަށް ނިންމެވީ މި އިނާމަށް އެދި ގިނަ އަދަދެއްގެ ބަޔަކު ފޯމު ހުށަހަޅުއްވާފައިވާތީކަމަށެވެ. ރަރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ގައުމީ އިނާމާބެހޭ ކޮމިޓީއާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި، ގައުމީ އިނާމާއި، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާބެހޭ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދަވާގޮތާ ބެހޭގޮތުން ކޮމިޓީގެ […]
މާލެ އަތޮޅު ކައުސިލް އިދާރާގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ކ. ތުލުސްދޫގައި ހުންނަ އަތޮޅުކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައި، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ. މި އަތޮޅުކައުންސިލް އޮފީސް ފަޅާލާ ފައިވަނީ ރޭ ގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތިޖޫރީ ފަޅާލިއިރު ތިޖޫރީގައި ލައްކަ އަކާ ގާތްކުރާ އަދަދަކަށް ފައިސާ ހުއްޓެވެ. ފުލުުހުން ބުނީ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލި މައްސަލަ މިއަދު ހެނދުނު 8:15 ގައި އެ މުއައްސަސާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ޓީމެއް […]
ހިޔާ ފްލެޓްތައް ބަދަލުކުރަން ބޭނުންވި ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރަންފަށައިފި

ހިޔާ ފުލެޓްތައް ލިބުނު ދެ ފަރާތެއްގެ ދެމެދުގައި ފްލެޓްތައް ބަދަލުކުރަން އެދި ހުށަހަޅާފައިވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރަން ފަށައިފި އެވެ. އެޗްޑީސީން ބުނީ ލިބުނު ފްލެޓް އެހެން ފްލެޓަކަށް ބަދަލުކުރަން 400 މީހަކު އެދިފައިވާ ކަމަށާ އެ ފަރާތްތަކާއި އެކުގައި ކުރެވޭ އެއްބަސްވުންތަކުގައި މިއަދު ސޮއިކުރަން ފަށާފައިވާ ކަމަށެވެ. މި އެއްބަސް ވުންތަކުގައި ސޮއިކުރުން ކުރިއަށް ދަނީ ހުޅުމާލޭގެ ހުރަވީ ސްކޫލްގައެވެ. އެޗްޑީސީން ބުނީ ހުރަވީ ސްކޫލުގައި މި އެއްބަސްވުންތަކުގައި ސޮއިކުރަމުންދާއިރު، އެންމެ ފުރަތަމަ […]
އެއިޑްސް ޖެހުމާ ގުޅިގެން ވަޒީފާ ގެއްލުނު ޕައިލެޓް އެޓެންޑެންޓް އެދުނު މިންވަރަށް ބަދަލު ނުދޭން ހުކުމް ކޮށްފި

އެއިޑްސް ޖެހުމުން ފްލައިޓް އެޓެންޑެންޓެއްގެ ވަޒީފާ ގެއްލުނު ކަމަށް ބުނެ ބަދަލު ހޯދަން ހުށަހެޅި ނަމަވެސް އޭނާ އެދުނު މިންވަރަށް ބަދަލު ނަގައިދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ. މެގަ މޯލްޑިވްސްގައި ވަޒީފާ އަދާކުރި މި ފްލައިޓް އެޓެންޑެންޓް މި މަސައްލައިގައި ބުނެފައިވަނީ މެގަ މޯލްޑިވްސް އާ އެކު 28 ސެޕްޓެމްބަރު 2010 އަކުން ފެށިގެ ދެ އަހަރުގެ މުއްދަތަކަށް ވަޒީފާގެ އެއްބަސްވުމެއް ވެފައިވާކަމަށެވެ. އަދި ޖޫން 2012ގައި […]
މާލޭ ސިޓީގެ މޭޔަރު ތުރުކީގެ ގުންގޮރެން ޑިސްޓްރިކްޓްގެ މޭޔަރާ ބައްދަލުކުރައްވައިފި

މާލޭ ސިޓީގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު، ތުރުކީވިލާތުގެ ގުންގޮރެން ޑިސްޓްރިކްޓްގެ މޭޔަރު ބުންޔާމީން ޑެމިރު އާއި ބައްދަލުކުރައްވައިފިއެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ މި ބައްދަލު ކުރެއްވުމަކީ މޭޔަރު މުއިއްޒު ތުރުކީ އަށް މިހާރު ކުރައްވަމުންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމެއްކަމަށެވެ. މި ބައްދަލުވުމުގައި ދެ ކައުންސިލުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ. އެގޮތުން ދެ ފަރާތުގެ ތަޖުރިބާތަށް ހިއްސާކޮށް މުއައްޒަފުން ތަމްރީން ކުރުމާއި އެކިއެކި […]
ރައީސް ޔާމިން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ އަޑު އެހުންތައް މިއަދު ފަށާފައިވާއިރު އެމަނިކުފާނު ވަނީ އިސްތިއުނާފް ފޯމާ އެކީ ދެ ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އެއީ ކަފާލާތުގެ ދަށުން ދޫކޮށްލުމާއި އަދި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުން ފަސްކޮށްދިނުމަށެވެ. މި ހުށަހެޅުމާ ގުޅޭ ގޮތުން ވާހައެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ […]
ޔުނައިޓެޑަށް އެނބުރި އައުމަށްފަހު ފުރަތަމަ މެޗުގަ ރޯނާލްޑޯގެ ދެ ގޯލް!

ޖުމްލަ 12 އަހަރަށްފަހު އެނބުރި މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުގައި ދެ ލަނޑު ޖަހާ ޔުނައިޓެޑް އަށް ފަސޭހަ މޮޅެއް ހޯދައިދީފިއެވެ. ޔުނައިޓަޑްގެ ދަނޑުގައި މިރޭ ނިއުކާސަލް އާއި ދެކޮޅަށް ކުޅުނު ޕްރިމިއާ ލީގުގެ މެޗު ޔުނައިޓެޑް ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް ވަނީ ތާވަލް ގެ އެއްވަނަ އަށް އަރާފައެވެ. މި މެޗްެގެ ފުރަތަމަ ގޯލް ރޮނާލްޑޯ […]
ރާއްޖެ ވަކަވަކި 19 ދައުލަތަށް ބައިކުރަން ވާހަކަ ދައްކަވާތީ ހައިރާންވޭ، މީ ވަރަށް ނުރައްކާތެރިކަމެއް : ޝަރީފް

ރާއްޖެ ވަކިވަކި 19 ދައުލަތަށް ބައިކުރަން ބަޔަކު ވާހަކަ ދައްކަވާތީ ހައިރާންވާ ކަމަށާ، އެއީ ވަރަށް ނުރައްކާތެރިކަމެއްކަމަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ބައިބައިކޮށް ފެޑަރަލް ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރާ ވާހަކައަކީ ވަރަށް ނުރައްކާތެރި ވާހަކައެއް ކަމަށެވެ. “ މި ދިވެހިރާއްޖެ ވަކި ވަކި 19 ދައުލަތަށް ބައި ކުރަން ޖެހޭ ކަމަށް ބައެއް ބޭފުޅުން ވާހަކަ ދައްކަވާތީ […]