މާލޭ ސިޓީގެ މޭޔަރު ތުރުކީގެ ގުންގޮރެން ޑިސްޓްރިކްޓްގެ މޭޔަރާ ބައްދަލުކުރައްވައިފި

Loading

Facebook
Twitter
WhatsApp

 

މާލޭ ސިޓީގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު، ތުރުކީވިލާތުގެ ގުންގޮރެން ޑިސްޓްރިކްޓްގެ މޭޔަރު ބުންޔާމީން ޑެމިރު އާއި ބައްދަލުކުރައްވައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މި ބައްދަލު ކުރެއްވުމަކީ މޭޔަރު މުއިއްޒު ތުރުކީ އަށް މިހާރު ކުރައްވަމުންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމެއްކަމަށެވެ.

މި ބައްދަލުވުމުގައި  ދެ ކައުންސިލުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ. އެގޮތުން ދެ ފަރާތުގެ ތަޖުރިބާތަށް ހިއްސާކޮށް މުއައްޒަފުން ތަމްރީން ކުރުމާއި އެކިއެކި ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރިކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީކައުންސިލުން ބުނީ ޑރ. މުއިއްޒުގެ މި ދަތުރު ފުޅަކީ ތުރުކީވިލާތުގެ ކައުންސިލްތަކާ ގުޅުން ބަދަހިކޮށް ތަޖުރިބާ ހިއްސާކުރުމަށާއި މާލޭ ސިޓީގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.  މިދަތުރުފުޅުގައި މޭޔަރު ފުރަތަމަ ވަޑައިގެންނެވީ އިސްތަމްބޫލަށެވެ.

ތުރުކީ އަށް  ފުރާވަޑައިގެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑަގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޭޔަރު ވިދާޅުވީ މި ދަތުރުފުޅުގައި ތުރުކީވިލާތުގެ އެކި ސިޓީތަކުގެ ކައުންސިލްތަކާ ބައްދަލުކުރައްވާ މާލެސިޓީގެ ތަރައްގީއަށް ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން މަޝްވަރާ ކުރައްވާނެކަމަށާ އަދި އެ ކައުންސިލްތަކާއެކު ސިސްޓާ ސިޓީ ހެއްދެވުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ.

މޭޔަރ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ތުރުކީވިލާތުގެ އިތުރުން އެހެން ގައުމުތަކުގެ ކައުންސިލްތަކާއެކުވެސް މަޝްވަރާކުރައްވާނެ ކަމަށެވެ.

މާލޭ ސިޓީގެ މޭޔަރ ޑރ. މުހައއްމަދު މުއިއްޒު ތުރުކީ އަށް ކުރައްވާ މިދަތުރުފުޅަކީ 6 ދުވަހުގެ ދަތުރުފުޅެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް