ރާއްޖެ ވަކަވަކި 19 ދައުލަތަށް ބައިކުރަން ވާހަކަ ދައްކަވާތީ ހައިރާންވޭ، މީ ވަރަށް ނުރައްކާތެރިކަމެއް : ޝަރީފް

Loading

Facebook
Twitter
WhatsApp

 

ރާއްޖެ ވަކިވަކި 19 ދައުލަތަށް ބައިކުރަން ބަޔަކު ވާހަކަ ދައްކަވާތީ ހައިރާންވާ ކަމަށާ، އެއީ ވަރަށް ނުރައްކާތެރިކަމެއްކަމަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ ބައިބައިކޮށް ފެޑަރަލް ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރާ ވާހަކައަކީ ވަރަށް ނުރައްކާތެރި ވާހަކައެއް ކަމަށެވެ.

“ މި ދިވެހިރާއްޖެ ވަކި ވަކި 19 ދައުލަތަށް ބައި ކުރަން ޖެހޭ ކަމަށް ބައެއް ބޭފުޅުން ވާހަކަ ދައްކަވާތީ ވަރަށް ހައިރާންވޭ. މީ ވަރަށް ނުރައްކާތެރިކަމެއް.  19 ވަކި ވަކި ދައުލަތް އުފައްދަން ޖެހޭހާ މީހުން ގިނަ ތަފާތު ނަސްލުތަކާ ދީންތައް އޮތް ގައުމެއް ނޫން ރާއްޖެ އަކީ“

ޝަރީފް ވިދާޅުވިއެވެ.ޝަރީފް ވަނީ 19 ވަކިވަކި މިނިވަން ދައުލަތްތަކެއްގެ މައްޗަށް އެކުލެވޭ އީޔޫ ކަހަލަ ޔޫނިއަނެއްގެ ވާހަކަ މި ދައްކަނީ

ކޮން ބޭނުމެއްގައިތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ. އަދި ރާއްޖެއަކީ އެހާ މީހުން ގިނަ، ބިޔަ ބޮޑު އަދި ތަފާތު ނަސްލުތަކާއި ދީންތަކާއި، ތަފާތު ބަސް ބަހުން ވާހަކަ ދައްކާ މީހުން ތިބި ތަނެއްތޯ ވިދާޅުވެ ޝަރީފް ވަނީ ސުވާލު އުފައްދާފައެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް. ރައީސް މުހައްމަދު ނަޝީދު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް