ރައީސް ޔާމިން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

 

 

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ އަޑު އެހުންތައް މިއަދު ފަށާފައިވާއިރު އެމަނިކުފާނު ވަނީ އިސްތިއުނާފް ފޯމާ އެކީ ދެ ހުށަހެޅުމެއް ހުށަހަޅާފަ އެވެ.

އެއީ ކަފާލާތުގެ ދަށުން ދޫކޮށްލުމާއި އަދި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުން ފަސްކޮށްދިނުމަށެވެ.

މި ހުށަހެޅުމާ ގުޅޭ ގޮތުން ވާހައެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މި ހުށަހެޅުންތަކަށް ދައުލަތުގެ ފަރާތުން ޖަވާބު ދީފައި ވަނީ އިއްޔެ ވަރަށް ލަސްވި ފަހުން ކަމަށާ އެޔަށް ރައްދު ދޭން ދެ ދުވަހުގެ ފުރުސަތެއް ބޭނުންވާ ކަމަށެވެ. އެހެންކަމުން ޝަރީއަތުން ވަނީ އެކަމާ ގުޅިގެން ތައްޔާރުވާން ދެ ދުވަހުގެ ފުރުސަތެއް ދީފަ އެވެ.

މަނީ ލޯންޑްރިންގގެ ހުކުމާއި ގުޅިގެން ޔާމީންގެ ފަރާތުން ވަނީ 22 އިސްތިއުނާފީ ނުކުތާއެއް ކޯޓުގައި ހުށަހަޅައިފައެވެ.

މައިގަނޑު ގޮތެއްގައި އިސްތިއުނާފީ ނުކުތާތައް ބިނާކޮށްފައި ވަނީ ދަށު ކޯޓުތަކުން މައްސަލަ ނިންމުމުގައި ހަދާފައިވާ ގޯސްތައް ފާހަގަކޮށްފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގްގެ ކުށުގެ ދައުވާ އުފުލާފައިވަނީ ގއ.ވޮޑަމުއްލާ ނަމަކަށް ކިޔާ ފަޅުރަށެއް، އެމްއެމްޕީއާރްސީ މެދުވެރިކޮށް ވިއްކައިގެން ލިބުނު އެއް މިލިޔަން ޑޮލަރު، މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކުރިކަމުގެ ތުހުމަތުގައެވެ.

ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރު މީރާއަށް ދެއްކުމަށް ހުކުމް ކުރީ ނޮވެމްބަރު 28، 2019 ގައެވެ. ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

 

މި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔައިރު މިއަދު މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ޑރ. މުހައްމަދު އިބްރާހީމެވެ.

ރައީސް ޔާމިންގެ ޝަރީއަތް ކުރިއަށްދާއިރު އެމަނިކްފާނުގެ ސަޕޯޓަރުން ދަނީ ސްޕްރީމްކޯޓުގެ ކުރިމަތިގައި މުޒާހަރާ ކުރަމުންނެވެ. އެމަނިކްފާނަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ބަޔަކުއެ ސަރަހައްދައް އެއްވެފައިވާއިރު އެމީހުން ގޮވަމުންދަނީ ޔާމިން މިނިވަންކޮށް ދޫކޮށްލުމަށެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް