ހުޅުމާލޭ ޖަލުގައި ހުރި ގައިދީއަކު ކުއްލިގޮތަކަށް ނިޔާވެއްޖެ!

ހުޅުމާލެ ޖަލުގައި 3 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ މިރޭ ނިޔާވީ ގދ. ވާދޫ/ ޖަނަވަރީގެ މުޙައްމަދު އަސްލަމް ކަމަށެވެ. އެއީ އުމުރުން 40 އަހަރުގެ މީހެކެވެ. އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޛުކުރަމުންދިޔަ ފަރާތެއް ކަމަށާއި ނިޔާވިއިރު އޭނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ ފަރާތެއް ނޫންކަމަށް ވެސް ކަރެކްޝަންސްއިން ވަނީ ފާހަގަ ކޮށްފައެވެ. އޭނާ މިރޭ ގާތްގަނޑަކަށް 18:00 […]
ކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ޖަލުގައި ބަހައްޓަން އަމުރު ކުރުމަކީ އަނިޔާއެއް

ދުނިޔޭގެ ގިނަ ގައުމުތަކުގައި ޝަރީޢަތް ނިމެންދެން ޖަލުގައި ބަހައްޓަނީ ވަރަށްބޮޑެތި ކުށް ކޮށްގެން ގެންދެވޭމީހުންނެވެ. މިސާލަކަށް ރާވައިގެން މީހުން މަރާ މީހުންނާއި ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާއި މަސްތުވާތަކެތީގެ ވިޔާފާރި ހިންގާ ބޮޑުންނާއި ސިޔާސީ ބޮޑެތި މައްސަލަ ތަކުގައި ޝާމިލްވާ މީހުންނާއި ރޭޕް މައްސަލަ ތަކުގައި ހިމެނޭ މީހުންނާއި ބަޣާވާތް ކުރަން ރާވާ މީހުންނެވެ. ކަންމިހެން ހުރިނަމަވެސް ރާއްޖޭގެ ކޯޓުތަކަށް ހުށަ ހެޅޭ މައްސަލަ ތަކުގެ %90އިން ސައްތަ މީހުން ވާނުވާ ޖަހާފައި ޖަލުގައި ބަހައްޓާކަމީ އިޖްތިމާޢީ […]
ބަދަލު ދިނުމުގައި އަމަލުކުރާ ގޮތާމެދު އޭސީސީ އިން ސުވާލު އުފެއްދުމުން ރައީސް އޮފީހުން ރައްދު ދީފި

ދައުލަތުން ދައުލަތުން މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގައި އަމަލުކުރާ ގޮތާ މެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލު އުފެއްދުމުން ރައީސް އޮފީހުން އެކަމަށް ރައްދުދީފިއެވެ. ބަދަލު ދިނުމުގެ ކަންކަން ދައުލަތުން ކުރަމުންދާ ގޮތް ބަލައި ދިރާސާކުރުމަށްފަހު އޭސީސީން ނެރުނު ހުދުކަރުދާސް ރިޕޯޓްގައި ވަނީ ދައުލަތުން މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލުދޭ ގޮތުގެ ނިޒާމުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެއްދާފައެވެ. ހުދުކަރުދާސް ރިޕޯޓަކީ ދައުލަތާ ގުޅުންހުރި ކަންކަމުގައި ކޮރަޕްޝަންގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން އެކި ދާއިރާތަކުގައި […]
އަނިޔާކުރި މައްސަލައިގައި ފުލުހުން ގަސްތުގައި ތަހުގީގު ކުރިއަށް ނުގެންދިއުމަށް މަސައްކަތްކުރާކަމަށް ސިފަވޭ: އިންތި

ކޮޓަރިއެއްގެ ތެރޭގައި ޒުވާނަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯގެ މައްސަލައިގައި ފުލުހުން ގަސްތުގައި ތަހުގީގު ކުރިއަށް ނުގެންދިއުމަށް މަސައްކަތް ކުރާކަމަށް ސިފަވާކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ. ލ. ކަލައިދޫ، ސުވީޓްހާޓު، އަހުމަދު ސިރާޖަށް ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓެއް މިއަދު މަޖިލީހަށް ހުށަހަޅާފައިވާއިރު އެ ރިޕޯޓުގައިވާ ކަންކަމަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ އަނިޔާގެ ވާހަކަ […]
މާލޭގެ އިހުތިސާސްތެރޭގައި ހުޅުމާލެ ނުހިމެނޭ މައްސަލަ މަޖިލީހަށް

މާލޭ ސިޓީ ކައުންސިލުގެ އިހުތިސޯސްގެ ތެރޭގައި ހުޅުމާލެ ނުހިމެނޭ މައްސަލަ މާލޭ ސިޓީ ކައުންސިލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މަޖިލީހުގެ ރިޔާސަތު ފައްޓަމުން މިއަދު މަޖިލީހުގެ ނާއިބު ރައީސް އިވާ އަބްދުއްލާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން އެ ކައުންސިލުން މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ. މާލެ ސިޓީކައުންސިލުން ހަތް މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން އެންމެ ބޮޑަށް ދިމާވެގެން އުޅެނީ ކައުންސިލުގެ އިހުތިސޯސްގައި ހުޅުމާލެ ނުހިމެނޭ މައްސަލަ ކަމަށް […]
ކްރިމިނަލް ކޯޓްގެ ފަޑިޔާރުކަމަށް ދެ ބޭފުޅަކު އައްޔަންކޮށްފި

ކްރިމިނަލް ކޯޓްގެ ފަޑިޔާރުކަމަށް ދެ ބޭފުޅަކު އައްޔަންކޮށްފި އެވެ. ކްރިމިނަލް ކޯޓަށް ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރީ އދ.މާމިގިލި، ފްރީޕާކް، އަލްއުސްތާޒު އަލީ ނަދީމް އަދި ހ.އަސްރަފީވިލާ، އަލްއުސްތާޒު އިސްމާއީލް ޝަފީއު އެވެ. އަލީ ނަދީމް ވަނީ މިސްރުގެ އަޒްހަރު ޔުނިވާރސިޓީއިން ޝަރީއާވަލްގާނޫނުގެ ޑިގްރީ ހާސިލުލްކުރައްވާފައެވެ. މީގެ އިތުރުން ޕްރޮސިކިއުޓާރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މާމުގައި 2 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވެއެވެ. އިސްމާއީލް ޝަފީއު ވަނީ ޔޫކޭގެ ކާރޑިފް ޔުނިވާރސިޓީއިން ބެޗެލާރސް […]
ބެލެނިވެރިންނަށް “ ގްރީން ކާޑު“ ދޫކޮށް ނިމިއްޖެ

ވެކްސިން ފުރިހަމަކޮށްފައިވާ ބެލެނިވެރިންނަށް ”ގްރީން ކާޑު“ ދޫކުރުމުގެ މަސައްކަތް ހުރިހާ ސްކޫލެއްގައި މިހާރު ނިމިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. ގްރީން ކާޑަކީ ސްކޫލްތަކަށް ދަރިވަރުން ބަލާ ދާ ބެލެނިވެރިންނަކީ ކޮވިޑް-19 އިން ދިފާއުވުމަށްޖަހާ ވެކްސިން ފުރިހަމަ ކޮށްފައި ތިބި ބައެއްކަން ކަށަވަރު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ތައާރަފުކުރި ކާޑެކެވެ. މި ކާޑު ޑިޒައިންކޮށް ބެލެނިވެރިންނަށް ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސީ ސްކޫލް ތަކުންނެވެ. ވެކްސިން ފުރިހަމަކޮށްފައިވާ ކަން ޔަގީން ކުރުމަށްފަހު ގްރީން ކާޑު ދޫކުރުމުގެ މަސައްކަތް ސްކޫލްތަކުގައި […]
އަންހެނުންނަށް ތައުލީމު ހާސިލު ކުރެވޭނީ އަންހެނުންނަށް ޚާއްޞަ ޔުނިވާސިޓީތަކުން: ޠާލިބާން

އަފްޣާނިސްތާނުގެ އަންހެނުންނަށް ޔުނިވާސިޓީތަކުން ޕޯސްޓް ގްރެޖުއޭޓް އާއި ހަމައަށް ތައުލީމު ހާސިލު ކުރުން ކުރިއަށް ގެންދެވޭނީ ދެ ޖިންސުގެ ދަރިވަރުންނަށް ވަކިން ކިޔަވައިދޭ ސްކޫލް ތަކުން އެކަނިކަމަށް ޠާލިބާނުން ބުނެފިއެވެ. އަދި ބުރުގާ އެޅުމަކީ މަޖުބޫރު ކަމެއްކަމަށް ޠާލިބާނުން ދަނީ ބުނަމުންނެވެ. މަތީ ތައުލީމާ ބެހޭ މިނިސްޓަރު ޢަބްދުލް ބާޤީ ޙައްޤާނީ މި ގަވާއިދުތައް ތައާރަފު ކޮށްފައި ވަނީ އާދިއްތަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައެވެ. އެއީ ރައީސްގެ ގަނޑުވަރުކޮޅުގާ ޠާލިބާނުގެ ދިދަ އުފުލައި ހުސް ފިރިހެނުންގެ […]
ބަޠަލާ ސަބާ ޤަމަރު ހައްޔަރުކުރަން ކޯޓުން އަމުރު ނެރެފި

ހިންދީ މީޑިއަމްގެ ރޯލުން މަޝްހޫރުވި ޕާކިސްތާނުގެ ބަޠަލާ ޞަބާ ޤަމަރު ހައްޔަރުކުރަން ކޯޓުން ޢަމުރު ނެރެފިއެވެ. މިދިޔަ ބުދަ ދުވަހު ޕާކިސްތާނު ކޯޓުގައި އޮތް އަޑުއެހުމެއްގައި އޭނާ ހައްޔަރުކުރަން ނިންމާފައިވަނީ ލާހޯރުގެ ޤަދީމީ މިސްކިތެއްގައި ނަށާތަން ފެންނަ ވީޑިޔޯއެއް ކުޅުމުގެ ސަބަބުންނެވެ. ރިޕޯޓުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި ކޯޓު އަޑުއެހުންތަކަށް ހާޒިރު ނުވުމުން ލާހޯރުގެ މެޖިސްޓީރިއަލް ކޯޓުން ވަނީ ޤަމަރު އާއި ލަވަކިޔުންތެރިޔާ ބިލާލު ސަޢީދަށް ރުފިޔާ ދައްކާފައި ސަލާމަތް ވެވޭ ގޮތަށް އަމުރު ނެރެފައެވެ. ދެން […]
ސްޓްރާޑާ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެދެނީ!

ނިއުޕޯޓު ވިއުގެ މައި ކުންފުނި ކަމަށްވާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެދޭނެ ކަމަށް ބުނެ، އެ ކުންފުނީގެ ފަރާތުން މާލެސިޓީ ކައުންސިލާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފިއެވެ. ސްޓްރާޑާއިން މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފައި ވަނީ އެ ކުންފުނިން ލޮނު ޒިޔާރަތްކޮޅުގައި ތަރައްޤީކޮށްފައިވާ ބްރިޖު ވިއުއިންގް ޕްލެޓްފޯމާއި އިންވެގެން ހަދައިފައިވާ ގުދަނެއްގެ ތެރޭގައި ހުރި މުދާތައް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ޤަވާއިދާ ހިލާފަށް ގެންގޮސްފައިވާ […]