ސްޓްރާޑާ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެދެނީ!

Loading

Facebook
Twitter
WhatsApp

​ނިއުޕޯޓު ވިއުގެ މައި ކުންފުނި ކަމަށްވާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެދޭނެ ކަމަށް ބުނެ، އެ ކުންފުނީގެ ފަރާތުން މާލެސިޓީ ކައުންސިލާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފިއެވެ.

ސްޓްރާޑާއިން މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފައި ވަނީ އެ ކުންފުނިން ލޮނު ޒިޔާރަތްކޮޅުގައި ތަރައްޤީކޮށްފައިވާ ބްރިޖު ވިއުއިންގް ޕްލެޓްފޯމާއި އިންވެގެން ހަދައިފައިވާ ގުދަނެއްގެ ތެރޭގައި ހުރި މުދާތައް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ޤަވާއިދާ ހިލާފަށް ގެންގޮސްފައިވާ ކަމަށް ބުނާ މައްސަލައެއްގައެވެ.

ސްޓްރާޑާއިން މި މައްސަލައިގައި އެދިފައި ވަނީ އެ ގުދަނުގައި ހުރި މުދާ ކައުންސިލުން ނަގައިފައި ވަނީ ކައުންސިލަށް ލިބިފައިވާ ބާރުގެ ބޭރުން ކަމުގައި ކަނޑައަޅައި، އަދި އެ ގުދަނުގައި ހުރި މުދަލަށް ސިޓީ ކައުންސިލުން ޒިންމާވާންޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

​ނިއުޕޯޓު ހިންގާ ސަރަހައްދު ސްޓްރާޑާއަށް ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި ޒާހިދު ރަމީޒެވެ. ނަަމަވެސް ދާދި ފަހުން ޒާހިދު ވަނީ އެ މަގާމުން ވަކިވެފައެވެ. މިހާރު ސްޓްރާޑާގެ މެނޭޖިންގް ޑިރެކްޓަރަކީ އޭނާގެ އަނބިކަނބަލުން މަލަކާ އަބްދުލްއަޒީޒެވެ.

ސްޓްރާޑާ ކުންފުންޏަށް ބަދަލުގެ ގޮތުގައި 741،820.22 އެމެރިކާ ޑޮލަރު މާލެ ސިޓީ ކައުންސިލުން ނަގައި ދިނުމަށް ވެސް އެކުންފުނިން ވަނީ އެދިފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް