ހުޅުމާލޭ ޖަލުގައި ހުރި ގައިދީއަކު ކުއްލިގޮތަކަށް ނިޔާވެއްޖެ!

Loading

Facebook
Twitter
WhatsApp

ހުޅުމާލެ ޖަލުގައި 3 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ ​މިރޭ ނިޔާވީ ގދ. ވާދޫ/ ޖަނަވަރީގެ މުޙައްމަދު އަސްލަމް ކަމަށެވެ. އެއީ އުމުރުން 40 އަހަރުގެ މީހެކެވެ.

​އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޛުކުރަމުންދިޔަ ފަރާތެއް ކަމަށާއި ނިޔާވިއިރު އޭނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ ފަރާތެއް ނޫންކަމަށް ވެސް ކަރެކްޝަންސްއިން ވަނީ ފާހަގަ ކޮށްފައެވެ.

​އޭނާ މިރޭ ގާތްގަނޑަކަށް 18:00 އެހާ އިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން ވަނީ އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ މިރޭ 20:23 ގައި ނިޔާވެފައިވާ ކަމަށް ވަނީ މައުލޫމާތު ދީފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވިއެވެ.

މުޙައްމަދު އަސްލަމް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން ކަރެކްޝަންސްއިން ވަނީ ވަގުތުން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައި ކަމަށް ވެސް އެ ސާވިސްއިން ބުނެފައިވެއެވެ.

އެ މައްޔިތާގެ ޖަނާޒާގެ ކަންތައްތައް ޢާއިލާއާ ގުޅިގެން ކުރިއަށް އެބަގެންދެއެވެ.​

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް