މާލޭ ސިޓީ ކައުންސިލުގެ އިހުތިސޯސްގެ ތެރޭގައި ހުޅުމާލެ ނުހިމެނޭ މައްސަލަ މާލޭ ސިޓީ ކައުންސިލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ ރިޔާސަތު ފައްޓަމުން މިއަދު މަޖިލީހުގެ ނާއިބު ރައީސް އިވާ އަބްދުއްލާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން އެ ކައުންސިލުން މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ.
މާލެ ސިޓީކައުންސިލުން ހަތް މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން އެންމެ ބޮޑަށް ދިމާވެގެން އުޅެނީ ކައުންސިލުގެ އިހުތިސޯސްގައި ހުޅުމާލެ ނުހިމެނޭ މައްސަލަ ކަމަށް އީވާ ވިދާޅުވިއެވެ.
އިވާ ވިދާޅުވީ ލާމަރުކަޒީ ކޮމިޓީއަށް ހުށަހަޅައި ސަރުކާރުގެ އިދާރާތަކާ މާލޭ ސިޓީ ކައުންސިލާ ގުޅިގެން ކަންކަން ބަލާނެ ކަމަށެވެ.
އަދި ކައުންސިލުގެ މެމްބަރުންނާއި މާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މިމަހުގެ ފަސް ވަނަ ވަނަ ދުވަހު މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށް ވެސް އީވާ ވިދާޅުވިއެވެ. އެ މަޝްވަރާ ބައްދަލުވުމުގައި ވެސް ސިޓީ ކައުންސިލަށް ދިމާވެފައިވާ އިހުތިސާސްގެ މައްސަލަ ފާހަގަކުރެވުނު ކަމަށް އީވާ ވިދާޅުވިއެވެ.
އެ މަޝްވަރާތަކަށް ފަހު އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހުށަހަޅައިގެން ކުރިއަށް ގެންގޮސް އަންނަ އަހަރުގެ ބަޖެޓު ފާސް ކުރުމުގެ ކުރިން އެ މައްސަލަތަކަށް ހައްލެއް ހޯދައި ދޭން މަސައްކަތް ކުރަން ނިންމި ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުގެ އިހުތިސޯސުގެ ތެރެއަށް ހުޅުމާލެ ގެންދިއުމާމެދު އެޗްޑީސީއާ ސިޓީ ކައުންސިލާ ދެމެދު ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ.