ޕީޕީއެމް ފަސާދަކުރާނެ ފުރުސަތެއް ރައީސް ނަޝީދަށް ނުދޭނަން: ސުޖާއު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއެކު އިދިކޮޅު ކޯލިޝަނުން ސިޔާސީ ގޮތުން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށާ، ޕީޕީއެމް ފަސާދަ ކުރާނެ ފުރުސަތެއް ރައީސް ނަޝީދަށް ނުދެއްވާނެކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީޕީއެމް ދޫކޮށްދިޔަ ބައެއް މެންބަރުން އެ ޕާޓީއާ އަލުން ގުޅުމުން އެކަން ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ރައީސް ނަޝީދާ އެކީ ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނޯންނާނެކަމަށެވެ. […]

ތިން ދާއިރާއެއްގެ ބައިއިލެކްޝަން ސެޕްޓެމްބަރު 11 ގައި ބާއްވަނީ

      ތިން ދާއިރާއެއްގެ ބައި-އިލެކްޝަން އަންނަ ސެޕްޓެމްބަރުމަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ. މި ބައި އިލެކްޝަން ތަކަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، އިންތިހުބު ނުކުރެވޭ އެއް ދާއިރާއާއި، އިންތިހާބުވި ފަހުން މަގާމުން އިސްތިއުފާދެއްވި ދެ ދާއިރާއެއްގެ ބައި އިލެކްޝަނެވެ. އެއީ ހދ. ނޭކުރެންދޫއާއި، ނ. ކެނދިކުޅުދޫގެ އިތުރުން ރ. މަޑުއްވަރީގައެވެ. މިތިންދާއިރާގެ ތެރެއިން ހދ.ނޭކުރެންދޫގައި އަންނަ މަހުގެ 7 ވަނަ ދުވަހުވެސް އިންތިހާބު އޮންނާނެއެވެ. ނޭކުރެންދޫގައި އިތުރު […]

މިނިސްޓަރު އިމްރާން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

    ހޯމް މިނިސްޓަރ އިމްރާން އަބްދުއްލާ ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު އިމްރާން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެގުނީ އިއްޔެއެވެ. އިމްރާން ކޮވިޑަށް ޓެސްޓް ހެއްދެވީ ބަލިވެ އުޅުއްވާތީ މިދިޔަ ބުދަދުވަހުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ އިމްރާން ވަނީ ކޯވިޑް ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަކޮށްފައެވެ. ސަރުކާރުގެ އިސް ބޭފުޅުންގެ ތެރެއިން މީގެކުރިން ނާއިބު ރައީސް ފައިސަލް ނަސީމާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ […]

ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ހަދައިދޭނެ ބަޔަކު ހޯދަނީ

ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ހައިދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނު ކޮށްފި އެވެ. ސިޓީ ކައުންސިލުން ވަނީ އަމިއްލަ ތަކެތީގައި ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރުމަށް ޝައުގުވެރިވރިވާ ފަރާތެއް ހޯދުމަށް އިއުލާނެއް ކޮށްފައެވެ. މިކަމަށް ޝަޢުގުވެރިވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި، އަގުހުށަހެޅުއްވުމަށް މާލޭ ސިޓީ ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ދިއުމަށް ވެސް އެ އިއުލާނުގައި ވެއެވެ. މި މަޝްރޫއާ ގުޅޭ މައުލޫމާތު ދިނުން އޮތީ އޮގަސްޓް 22 ވަނަ ދުވަހުގެ ހެނދުނު […]

ވިލިމާލޭގައި ދިރިއުޅޭފަރާތްތަކަށް ހާއްސަ ޕާކިން ޒޯނެއްގައި މާލޭގައި ހަދައިފި

  ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން  ޕާކިން ޒޯނެއް މާލޭގައި ހަދައިފިއެވެ. ހަތަރު ފުރޮޅުލީ އުޅަނދު ފަހަރަށް ހާއްސަކޮށްފައިވާ މިޕާކިން ޒޯން ހަދާފައިވަނީ ވިލިމާލެ ފެރީޓާމިނަލް ސަރަހައްދުން ސުނާމީ ބިނާ މައިޒާން ކުރިމަތީ ބޮޑުތަކުރުފާނުމަގުގައެވެ. މާލޭސިޓީކައުންސިލުން ބުނީ މި ޕާކިން ޒޯނުން ޖާގަ ދޫކުރަން ހަމަޖައްސާފައިވާނީ ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަށްވެހިވެފައިވާ ފަރާތްތަކަށާއި، ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށެވެ. ސިޓީކައުންސިލުން ބުނީ ޖުމްލަ 20 ޖާގަ ހިމެނޭ މި ޕާކިންޒޯނުގައި ޖާގަތައް ދިނުމަށް ހަމަޖެހިފައިވަނީ ވިލިމާލޭ ރަށްވެހިންނަށް […]

ތުރުކީ ވިލާތުން ބްލެކް ސީގައި އަލިފާން ރޯކޮށްފި

ބްލެކް ސީ ގެ ސަކަރްޔާ ފީލްޑުންނެގި ގޭހުގައި ތުރުކީ ވިލާތުން ފުރަތަމަ ފަހަރަށް އަލިފާން ރޯކޮށްފިއެވެ. މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ބްލެކް ސީއިން ފެނިފައިވާ ގޭސް ހަކަތައަށް ބަދަލުކޮށް ބޭނުންކުރުމުގެ ގާބިލުކަން އެ ގައުމަށް ލިބުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ގޭހުގައި އަލިފާން ރޯކޮށް ބްލެކް ސީ ދިއްލާލާފައި ވަނީ މި އުފާވެރި މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުންނެވެ. ތުރުކީގެ ރައީސް، އުރުދުޣާން ވަނީ އޮންލައިން ކޮންފަރެންސެއްގައި މިކަމާ ގުޅިގެން ވާހަކަފުޅުދައްކަވާފައެވެ. […]

އޮލިމްޕިކްސްގައި އިޒްރޭލުން ބައިވެރިވި ކުޅުންތެރިންނަށް ޖަޕާނުގެ ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވެއްޖެ

ޖަޕާނުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސްގައި ބައިވެރިވުމަށް އޮލިމްޕިކް ސިޓީއަށް ގޮސް ތިބި ކުޅުންތެރިން ނިދުމަށް ޖަޕާނުން އުފައްދާފައިވާ ހާއްސަ ކާޑުބޯޑު އެނދުތަކުގެ ވާހަކައަކީ ވަރަށް ގިނަ މީސްމީޑިޔާ ޕްލެޓްފޯމް ތަކުގައި ދެކެވެމުންދާ ވާހަކައެކެވެ. މި އެނދުތައް ފަރުމާކޮށްފައިވަނީ އެންމެ މީހަކަށް ނިދޭގޮތަށެވެ. ދާދިފަހުން އިޒްރޭލުގެ ބޭސްބޯލް ކުޅުންތެރިޔާ، ބެން ވޭންގާ އޭނާގެ ޓިކްޓޮކް އެކައުންޓުގައި އާންމުކޮށްފައިވާ ވީޑިޔޯއަކާ ގުޅިގެން ޖަޕާނުގެ ރައްޔިތުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މި ވީޑީޔޯގައި އޭނާ ވަނީ އިޒްރޭލުގެ އެހެން ކުޅުންތެރިންނާ އެކު […]

ހުޅުމާލޭ ކޮވިޑް-19 ފެސިލިޓީ: ފަރުވާދޭނެ އެއްވެސް ބަލި މީހަކު ނެތި މުޅި ފެސިލިޓީ ހުސްވެއްޖެ!

ހުޅުމާލެ މެޑިކަލް ފެސިލިޓީ ޤާއިމް ކުރި ފަހުން ފުރަތަމަ ފަހަރަށް އެ ފެސިލިޓީގައި ކޮވިޑް-19 ބަލި ޖެހިފައިވާ މީހުންނަށް ފަރުވާދީ ހުރިހާ ބަލި މީހުން ބަލިން ރަނގަޅުވެ، އެތަނުން ދޫކޮށްލައިފިއެވެ. ​މާލެ ސަރަހައްދުގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ގާއިމުކުރި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19 ބަލި ޖެހިފައިވާ އެއްވެސް މީހަކަށް ފަރުވާ ދެމުން ނުދާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ވިދާޅުވެއްޖެއެވެ. ކޮވިޑް ޖެހިގެން މާލެ ސަރަހައްދުގައި އެޑްމިޓުކޮށްގެން މިއަދު […]

ކަރަންޓް ބިލު ބޮޑުވަނީ ކުރީސަރުކާރުގެ އިހުމާލުން ކަމަށް އާޒިމް ވިދާޅުވެއްޖެ

  ކަރަންޓްބިލު ބޮޑުވަނީ ކުރީގެ ސަރުކާރުގެ އިހުމާލުންކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މި މޭރުމުން ވާހަކަފުޅު ދެއްކެވީ މިމަހުގެ މާލޭގެ ކަރަންޓް ބިލުތަކަކީ ރައްޔިތުންނަށް ދެއްކޭވަރަށްވުރެ ބޮޑު ބިލުތަކެއްކަމަށް ވިދާޅުވެ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުން ނެވެ. ‏އާޒިމް ވިދާޅުވީ މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއްކަމަށާ އެއީ ކުރީ ސަރުކާރުގެ […]

އައްޑޫސިޓީގައި ކަރަންޓް ލޯޑް ހިފެހެއްޓުމަށް ސްޓޯރޭޖް ސިސްޓަމެއް ގާއިމުކުރަނީ

    އައްޑޫސިޓީގައި ކަރަންޓްގެ ލޯޑު އެއްވަރަކަށް ހިފަހައްޓުމަށް އެއް މެގަވޯޓްގެ ބްޓްރީ ސްޓޯރޭޖް ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެންވަޔަރަމަމްންޓް މިނިސްޓްރީން ބުނީ އައްޑޫސިޓީގައި ފެންވަރު ރަގަޅު ކަރަންޓްދިނުމުގެ ނިޒާމެއް ގާއިމު ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ދަށުން އެ ސިޓީގައި އެއް މެގަވޯޓުގެ ބެޓެރި ސްޓޯރޭޖް ސިސްޓަމެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.   އައްޑޫ ސިޓީގައި 1.6 މެގަވޯޓުގެ ޕަވާ ޔުޓިލިޓީ ސްކޭލާ ސޯލާ ޕަވާ ސިސްޓަމެއް މިހާރުވެސް ހުންނައިރު އަލަށް ގާއިމުކުރާ ބެޓެރީ […]