ހުޅުމާލޭ ކޮވިޑް-19 ފެސިލިޓީ: ފަރުވާދޭނެ އެއްވެސް ބަލި މީހަކު ނެތި މުޅި ފެސިލިޓީ ހުސްވެއްޖެ!

Loading

Facebook
Twitter
WhatsApp

ހުޅުމާލެ މެޑިކަލް ފެސިލިޓީ ޤާއިމް ކުރި ފަހުން ފުރަތަމަ ފަހަރަށް އެ ފެސިލިޓީގައި ކޮވިޑް-19 ބަލި ޖެހިފައިވާ މީހުންނަށް ފަރުވާދީ ހުރިހާ ބަލި މީހުން ބަލިން ރަނގަޅުވެ، އެތަނުން ދޫކޮށްލައިފިއެވެ.

​މާލެ ސަރަހައްދުގައި ކޮވިޑް ބަލި މީހުންނަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ގާއިމުކުރި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19 ބަލި ޖެހިފައިވާ އެއްވެސް މީހަކަށް ފަރުވާ ދެމުން ނުދާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ވިދާޅުވެއްޖެއެވެ.

ކޮވިޑް ޖެހިގެން މާލެ ސަރަހައްދުގައި އެޑްމިޓުކޮށްގެން މިއަދު ތިން މީހަކަށް ފަރުވާދެވެމުން ދިޔައެވެ. ނަމަވެސް ރޭ 8 ޖެހިއިރު އެންމެ ފަހުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައިފަރުވާ ދެމުން ދިޔަ ޕޭޝިއަންޓްގެ ހާލު ރަނގަޅުވުމުން ދޫކޮށްލައިފައިވާ ކަމަށް އެޗްއީއޯސީ އިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިހާރު ކޮވިޑް ބަލި މީހުންގެ ގޮތުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ ދެމީހުންނަށެވެ. ދެ މީހުންނަށް ވެސް ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.

ރާއްޖޭގައި ފައްސިވާ މީހުންގެ އަދަދުތައް އިތުރުވާން ފެށުމުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި ގިނަ ބަޔަކަށް މިހާރު ވެކްސިން ދީފައި ވާތީ އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ހުޅުމާލޭ ކޮވިޑް-19 ފެސިލިޓީ ޤާއިމްކޮށްފައި ވަނީ މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައެވެ.​

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް