ތިން ދާއިރާއެއްގެ ބައިއިލެކްޝަން ސެޕްޓެމްބަރު 11 ގައި ބާއްވަނީ

11

 

 

 

ތިން ދާއިރާއެއްގެ ބައި-އިލެކްޝަން އަންނަ ސެޕްޓެމްބަރުމަހުގެ 11 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

މި ބައި އިލެކްޝަން ތަކަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، އިންތިހުބު ނުކުރެވޭ އެއް ދާއިރާއާއި، އިންތިހާބުވި ފަހުން މަގާމުން އިސްތިއުފާދެއްވި ދެ ދާއިރާއެއްގެ ބައި އިލެކްޝަނެވެ.

އެއީ ހދ. ނޭކުރެންދޫއާއި، ނ. ކެނދިކުޅުދޫގެ އިތުރުން ރ. މަޑުއްވަރީގައެވެ. މިތިންދާއިރާގެ ތެރެއިން ހދ.ނޭކުރެންދޫގައި އަންނަ މަހުގެ 7 ވަނަ ދުވަހުވެސް އިންތިހާބު އޮންނާނެއެވެ.

ނޭކުރެންދޫގައި އިތުރު ގޮޑިއެއް ހުސްވެފައިވަނީ، އަންހެނުންގެ ކޮމެޓީއަށް އިންތިހާބުވި މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެނެވެ. ކެނދިކުޅުދޫގައާއި، މަޑުއްވަރީގައިވެސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ، އެދެރަށުގެ އަންހެނުންގެ ކޮމެޓީތަކަށް އިންތިހާބުވި އެއް މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ސެޕްޓެމްބަރު 11ގައި ބާއްވާ ބައި އިލެކްޝަންތަކުގެ އިތުރުން މިއަހަރު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އިންތިހާބުނުކުރެވޭ ދާއިރާތަކުގެ ތެރެއިން ހަތަރު ދާއިރާއެއްގައި އަންނަ މަހުގެ ހަތެއްގައި ބައި-އިލެކްޝަން ބޭއްވުމަށްވެސް ވަނީ ތާވަލުކޮށްފައެވެ. އެއީ ހދ. ނޮޅިވަރަމާއި، ކ. ދިއްފުއްޓާއި، އއ. ފެރިދޫގެ އިތުރުން ނ. ކެނދިކުޅުދޫގައެވެ.

އަންނަ މަހުގެ ހަތް ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ފަސް ދާއިރާއެއްގެ ފައިނަލް ވޯޓާސް ލިސްޓު މިހާރު ކޮމިޝަނުން ދަނީ އެކުލަވާލަމުންނެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، އިންތިހާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން ފަސް ދާއިރާއެއްގައި ކަނޑައެޅިފައިވާ އަދަދަށް މެމްބަރުން ކުރިމަތިލުމުން އެމެމްބަރުން ވަނީ އިންތިހބަކާއި ނުލައި، އިންތިހާބުވެފައެވެ.
އެ ދާއިރާ ތަކަކީ ލ. މާބައިދޫ، ބ. ފުޅަދޫ، މ. ރަތްމަންދޫ، ވ. ރަކީދޫ އަދި ހއ. ވަށަފަރުގެ އަންހެނުގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށެވެ.

މީގެ ތެރޭގައި ހިމެނެނީ ސަރުކާރު ހިންގާ މައިޕާޓީގެ ފަސް މެމްބަރުންނާއި، އިދިކޮޅު ޕީޕީއެމްގެ ފަސް މެމްބަރުންނާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ތިން މެމްބަރުންނެވެ. ދެން އިންތިހުބުވި މެމްބަރުންނަކީ އަމިއްލަ ގޮތުން ކުރިމަތިލި ކެނޑިޑޭޓުންނެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ